ޓްރާންސްފޯމަރު ވަގު: ރެންޗު ހަމަލާ ސްޓެލްކޯ މުވައްޒަފުގެ ބޮލަށް

ހުޅުމާލޭގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އެއިން ވައްކަން ކުރަން އުޅުނު މީހަކު އަތުލައިގެންފިއެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެފައިވަނީ އެމީހާ އަތުލައިގެންފައިވަނީ ސްޓެލްކޯގެއް މުވައްޒަފުން ކަމަށެވެ. އެމީހާ އަތުލައިގަތުމަށް ސްޓެލްކޯ މުވައްޒަފު ދިޔުމުން ވައްކަންކުރި މީހާވަނީ އެތަނަށްދިޔަ މުވައްޒަފުގެ ގައިގައި ރެންޗަކުން ޖަހައި މާރާމާރީ ހިންގާފައި ކަމަށްވެސް ފަހުމީ ވަނީ ވިދާޅުވެފައެވެ. އެމީހާ މިހާރުވަނީ ފުލުހުންނާ ހަވާލު ކޮށްފައެވެ. ޓްރާންސްފޯމަރަށް ގެއްލުންދިނުމުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައެވެ. ކަރަންޓުގެ […]
އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޜަރީ ކައުންސިލާ މަޝްވަރާ ކުރައްވައިފި

އެސްޓޯނިއާގެ ރައީސަށް ލަފާ އަރުވާ އެޤައުމުގެ ޑިޖިޓަލް އެޑްވައިޜަރީ ކައުންސިލާއެކު ރައުންޑްޓޭބަލް މަޝްވަރާތަކުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައިވެރިވެވަޑައިގެންފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންދަވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެންނެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ މެންބަރުންނާއި، ޓެކްނޮލޮޖީގެ ދާއިރާގެ މަންދޫބުން ވަނީ ޑިޖިޓަލް ވެށްޓަކަށް އެސްޓޯނިއާއިން ކުރި ފާހަގަކޮށްލެވޭ ދަތުރާ ބެހޭ މަޢުލޫމާތު ހޯއްދަވައި، އެމަސައްކަތްތައް ބައްލަވައިލައްވާފައެވެ. ރައުންޑްޓޭބަލް މަޝްވަރާތަކުގައި […]
އެސްޓޯނިއާގެ މިނިސްޓަރ އޮފް ހެލްތު، ރައީސްގެ އަރިހަށް ޒިޔާރަތެއް

އެސްޓޯނިއާގެ މިނިސްޓަރ އޮފް ހެލްތު، ރީނާ ސިކުޓް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުން މައިގަނޑު ގޮތެއްގައި އަމާޒުކުރެވުނީ އެސްޓޯނިއާއިން ޑިޖިޓަލައިޒޭޝަންގެ ތެރެއިން ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު އެކިއެކި މަޢުލޫމާތާއި ޢިލްމު ހިއްސާކުރެއްވުމަށެވެ. އެ ގޮތުން އެސްޓޯނިއާގެ ހެލްތު މިނިސްޓަރ ވަނީ އެ ބަދަލުގެ ތެރެއިން އެ ޤައުމުގެ ރައްޔިތުންނަށް ލިބެމުންދާ […]
އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރަށް ރައީސް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެސްޓޯނިއާގެ ވެރިރަށް ޓަލިންގައި ހުންނަ އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި، އެމަނިކުފާނަށާއި، އަރިހުގައި ގެންދެވި ވަފުދަށް އެސްޓޯނިއާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ދަތުރާ ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ހުށައެޅި ކަަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، އެސްޓޯނިއާގެ ޑިޖިޓަލް މުޖުތަމަޢު އަދި އީ-ގަވަރނަންސްގެ އައު އީޖާދުތަކާއި، އީ-ރެސިޑެންސީ، ޑިޖިޓަލް އައިޑީ، އީ-ޓެކްސޭޝަން، އަދި އެކްސް-ރޯޑް ސިސްޓަމްތަކުގެ ތެރެއިން ރައްކާތެރި ޑޭޓާ ބަދަލުކުރުން ފަދަ ޑިޖިޓަލް ނިޒާމުތައް އެއްކޮށްލުމުގައި […]
