ފަލަސްތީނު ހަނގުރާމަ ހުއްޓާލުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

އދ. މަޖިލީހުގައި ރައީސް ތަގުރީރު ކުރައްވަނީ/ފޮޓޯ ރައީސް އޮފީސް

އިޒުރޭލުން ފަލަސްތީނަށް ދެމުންގެންދިޔަ ހަމަލާތައް ފަނަރަ މަސް ފަހުން ނަމަވެސް ހުއްޓާލުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ހަނގުރާމަ ހުއްޓާލަން އެއްބަސްވި ޚަބަރު ލިބިވަޑައިގެންނެވުމުން އުފާކުރައްވާ ކަމަށެވެ. މިކަން މިހެންވާން މެދުވެރިވުމަށް މަސައްކަތްކޮށްދިން ގައުމުތަކުގެ މަސައްކަތް ރާއްޖެއިން ބަލައިގަންނަ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ހަނގުރާމަ ހުއްޓާލުމަށްފަހު އެކަން ދެމެހެއްޓުން ވަރަށް މުހިންމު ކަމަށެވެ. އަދި ހަނގުރާމައިގެން ސަބަބުން ގައުމު ދޫކޮށްފައި […]

ރައީސް ޑިޖިޓަލް ކުރިއެރުން ހޯދައިދިނުމުގައި، ވަޒީރު ވައްކަން ކުރުމުގައި: ފައްޔާޒު

ރާއްޖެއަށް ޑިޖިޓަލް ކުރިއެރުން ހޯއްދަވައި ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ހުންނެވީ އެސްޓޯނިއާ ގައެވެ. ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ހޯއްދަވާށެވެ. ރައީސް މި މަސައްކަތް ކުރައްވަމުން ގެންދަވާއިރު އެމަނިކުފާނުގެ، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިޔުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހުސާން ގެންދަވަނީ ރާމާދުވާލު ރައްޔިތުންގެ އައިޑެންޓިޓީއިން ވައްކަން ކުރައްވަމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ ”މިއީ މި ރާއްޖޭގައި ޑިޖިޓަލް އަދި […]

ފަލަސްތީނުގެ ރައްޔިތުން ތަހައްމަލް ކޮށްފައިވަނީ މިންނުކުރެވޭ ވަރުގެ ވޭނެއް: ފައްޔާޒު

އެކުވެރި ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކޮށްފައިވަނީ މިންނުކުރެވޭ ވަރުގެ ވޭނާއި ތަކުލީފު ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މެދުކެނޑުމެއްނެތި ފަނަރަ މަސް ވަންދެން އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދިޔަ ހަމަލާތައް ހުއްޓާލިކަން އެމެރިކާގެ ރައީސް (މުންތަޚަބް) ޑޮނަލްޑް ޓްރަމްޕު އިއުލާން ކުރެއްވުމުން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުން ހަމްދު ކުރައްވާ ކަމަށެވެ. ”އަލްހަމްދުލިއްލާހިއެވެ. ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކޮށްފައިވަނީ މިންނުކުރެވޭ ވަރުގެ ވޭނާއި ތަކުލީފެވެ. އެހެން ކަމުން ހަނގުރާމަ ހުއްޓުމާއެކު ދެމިގެންދާ […]

ސްޓެލްކޯގެ ”މެޑަލް އޮފް ބްރޭވަރީ“ ވިޝާނަށް

ސްޓެލްކޯގެ މުވައްޒަފު، އަޙުމަދު ވިޝާނަށް މި ޝަރަފް އަރުވާފައިވަނީ 2025 ވަނައަހަރު ޖަނަވަރީ 14 ވީ އަންގާރަ ދުވަހުގެރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ޓްރާންފޯމަރަކުން ވައްކަން ކުރަން އުޅުނު ދެމީހަކު ހުއްޓުވައި އެމީހުން ކަމާބެހޭ ފަރާތްތަކާއި ހަވާލުކުރުމުގައި އިސްކޮށް ޙަރަކާތްތެރިވެ ކާމިޔާބު ހޯދައިފައިވާތީއެވެ. ވައްކަން ކުރަން އުޅުނު ދެމީހުން ހުއްޓުވަން ވިޝާން ކުރި މަސައްކަތުގައި އެމީހުން ވަނީ އޭނާއަށް ރެންޗަކުން ހަމަލާދީފައެވެ. އެހެންނަމަވެސް ވިޝާން ވަނީ މިކަމުގެ ހިތްވަރު ނެރެ ކާމިޔާބު ހޯދައިފައެވެ. މީގެ އިތުރުން […]

ހަނގުރާމަ ހުއްޓާލުމަށް ހަމާސްއާއި އިޒްރޭލް އެއްބަސްވެއްޖެ

ފަނަރަ މަސް ވަންދެން އިޒްރޭލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާއެކު ކުރަމުންދިޔަ ހަނގުރާމަ ހުއްޓާލާން ދެ ފަރާތުން އެއްބަސްވެއްޖެއެވެ. މި ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައިވާކަން އިއުލާން ކުރީ އެމެރިކާގެ ރައީސް ކަމަށް އިންތިޚާބު ކޮށްފައިވާ ޑޮނަލްޑް ޓްރަމްޕެވެ. ހަނގުރާމަ ހުއްޓާލުމުގައި އެމެރިކާއި މިސްރުން ވަނީ މުހިންމު ދައުރެއް އަދާ ކޮށްފައެވެ. އަނިޔާވެރިކަން ހައްދުން ނެއްޓިފައިވާ ހަނގުރާމަ ހުއްޓާލަން އެއްބަސްވިޔަސް ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމް ކުރުމުގެ ވާހަކަ އެއްބަސްވުމުގައި ނެތެވެ. އެހެންނަމަވެސް ދެފަރާތުން އަތުލައިގެންފައިވާ ހަނގުރާމައިގެ އަސީރުން ދޫކޮށްލުމަށް […]

ރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު ދަތުރު ފެށުމަކީ ބޮޑު ކާމިޔާބެއް

އަޒަރުބައިޖާންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނާއިބު، އެލްނޫރު މަމަދޮވް، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ވިދާޅުވެފައިވާ ގޮތުގައި މި ބައްދަލުވުން ބާއްވައިފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އަޒަރުބައިޖާނާއި ދެމެދު ވައިގެ މަގުން ސީދާ ދަތުރުތައް ފެށިގެން ދިއުމަކީ ފަތުރުވެރިކަން ކުރިއެރުވުމަށާއި ދެ ގައުމުގެ މެދުގައި އޮތް ގުޅުން […]

ތައިލޭންޑާއި، ޔޫއޭއީ އިން އާސަންދަ ލިބޭނޭގޮތް ހަދައިފި

ބެންކޮކް ހޮސްޕިޓަލާއެކު އާސަންދައިން ސޮއިކުރުން

އާސަންދަ މެދުވެރިކޮށް އިތުރު ދެ ގައުމަކުން ބޭސްފަރުވާ ކުރެވޭނޭގޮތް މިއަދުން ފެށިގެން ހަމަޖެހިފައިވާ ކަމަށް އާސަންދަ ކުންފުނީން މިއަދު ބުނެފައެވެ. އެ ދެގައުމަކީ ތައިލޭންޑާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އެވެ. އާސަންދަ ކުންފުނީން މިއަދު ވިދާޅުވީ މި ދެގައުމުން އާސަންދަ ލިބޭ ހޮސްޕިޓަލް ތަކުން ޚިދުމަތްދޭނީ ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން ކަމަށެވެ. މި ދެ ގައުމުންވެސް ޚިދުމަތް ހޯދުމުގައި އަމަލުކުރާނީ ރާއްޖެއިން ބޭރުގެ އެހެން ގައުމުތަކުން މިހާރުވެސް ޚިދުމަތް ދިނުމުގައި އަމަލުކުރާ ގަވާއިދާއި ނިޒާމުގެ […]

މާލެސިޓީ ޑަބްލިޔޫޑީސީގެ ހުނަރުވެރިންގެ ޕްރޮގްރާމް ނިންމާލައިފި

މާލޭސިޓީގެ އަންހެނުންނަށް އުންމީދީ މުސްތަގުބަލެއް ފަހިކޮށްދެމުން މާލޭސިޓީގެ ޑަބްލިޔުޑީސީން ސަތޭކަ ހުނަރުވެރީން ތަމްރީން ކުރުމުގެ ޕްރްގްރާމެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ސަތޭކަ ހުނަރުވެރީންގެ ޕްރޮގްރާމްއަކީ މާލެ ސިޓީ ޑަބްލިޔުޑީސީއިން އިސްނަންގަވައިގެން، މޯލްޑިވްސް ޕޮލިޓެކްނިކް އާ އެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މިފަހަރު ހިންގި ސަތޭކަ ހުނަރުވެރީން އުފެއްދުމުގެ ޕްރޮގްރާމުގެ ދަށުން ހަ ދާއިރާއަކުން ވަނީ މީހުންނަށް ތަމްރީން ދީފައި ކަމަށް މާލޭ ސިޓީ ޑަބްލިޔުޑީސީން މައުލޫމާތު ދެއްވިއެވެ. އެއީ: ދިގުހެދުންފަހަން ދަސްކޮށްދިނުން ދިވެހިލިބާސް ފަހަން ދަސްކޮށްދިނުން ކަރަންޓް މަސައްކަތް […]

އެސްއެމްގެ އެއްވެސް ޕްލެޓުފޯމެއް ބްލޮކުކުރުމަށް ނިންމާފައިނުވޭ: ހީނާ

ސޯޝަލް މީޑިޔާ (އެސްއެމް) ގެ ބައެއް ޕްލެޓުފޯމުތައް ބްލޮކުކުރުމަށް ސަރުކާރުން ވިސްނަމުންދާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ސަރުކާރުން ދޮގުކުރައްވައިފިއެވެ. ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ސޯޝަލް މީޑިޔާގެ އެއްވެސް ޕްލެޓުފޯމެއް ބްލޮކު ކުރުމަށް ސަރުކާރުން ނިންމާފައި ނުވާކަމަށެވެ. އެފަދަ ފިޔަވަޅެއް އެޅުމަށް ސަރުކާރުން މަޝްވަރާކޮށްފައިވެސް ނުވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. ”ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން، ގާނޫނުއަސާސީގެ އިންތަކާއި ހުދޫދުގެ ތެރޭގައި އެންމެ ފުޅާ ދާއިރާއެއްގައި […]

ފެބުރުއަރީ ހައެއް ބަންދު

އަންނަ ފެބުރުއަރީ 6 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، އެއީ މިއަހަރު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަށްވުމުންނެވެ. ”މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް މި އަހަރު ރިޔާސީ ބަޔާން އިއްވަވާ ދުވަސް ކަމަށްވާ 2025 ފެބުރުވަރީ 6 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމުގައި“ ރައީސް އޮފީހުން […]