މީހަކު އޮޔާދަނިކޮށް އެމްޓީސީސީގެ ފެރީއަކަށް ނަގައިފި

ހުޅުމާލޭގައި މޫދަށްއެރި އުޅެނިކޮށް އޮޔާދިޔަ މީހަކު އެމްޓީސީސީގެ ފެރިއަކަށް ނަގައިފިއެވެ. ފުލުހުން ވިދާޅުވީ މޫދަށް އެރިއުޅެނިކޮށް މީހަކު އޮޔާދިޔަ ކަމުގެ މައުލޫމާތު މިއަދު 15:55 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ. ”އެމީހާ ވަނީ އެމްޓީސީސީ ފެރީއަކަށް ނަގައިފައި“ ފުލުހުން ވިދާޅުވިއެވެ. އޮޔާ ދިޔައީ ދިވެއްސެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެމީހާއަށް ފަރުވާ ދިނުމަށްފަހު އިތުރުފަރުވާ ބޭނުންވާތީ ވަނީ މާލެ ގެންގޮސްފައެވެ. އެމީހާގެ ހާލަތު ރަނގަޅު ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުންވަނީ ވިދާޅުވެފައެވެ. މިކަމާ ގުޅިގެން […]
މާރާމާރީ ހިންގި މަންޒަރު ރެކޯޑުކުރި ދިވެއްސަކަށް ބިދޭސީން ހަމަލާދީފި

ރާއްޖޭގެ ވެރިކަންކުރާ ފުރަމާލޭގެ، ހެދިގޮނޑުދޮށުގައި މިރޭ ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގައިފިއެވެ. ފުލުހުން ވިދާޅުވީ މި މާރާމާރީގެ މައްސަލަ މިރޭ 20:30 އެހައިކަންހާ އިރު ވަނީ ރިޕޯޓުކޮށްފައި ކަމަށެވެ. މި މާރާމާރީއާ ގުޅިގެން ބިދޭސީ ތިން ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެއީ އިންޑީއާ ތިން މީހަކު ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މަރާމާރީގެ ހިންގި ވަގުތު މަންޒަރުތައް ރެކޯޑުކުރި ދިވެއްސަކަށް ވެސް އެވެރީން ވަނީ ހަމަލާދީފައެވެ. ”މި މާރާމާރީގެ މަންޒަރު ރެކޯޑުކުރި ދިވެއްސަކާމެދު ވެސް […]
އެސްޓޯނިއާ ދަތުރުފުޅަށްފަހު ރައީސް މާލޭ ވަޑައިގެންފި

ރިޕަބްލިކް އޮފް އެސްޓޯނިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މާލޭ ވަޑައިގެންފިއެވެ. މިއީ އެސްޓޯނިއާގެ ރައީސް، ޑޮކްޓަރ އަލާރް ކަރިސްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މިއީ ދިވެހިރާއްޖޭގެ ރައީސަކު އެސްޓޯނީއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މިދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުން ވަނީ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަނީ އެސްޓޯނިއާގެ ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ވަޒީރުންނާއި، […]
