އެމެރިކާގެ ސިޔާސީ މައިދާނުގައި އިންޑިއާ ދަރިކޮޅުގެ މީހުން

އެމެރިކާގެ 47 ވަނަ ރައީސްގެ މަގާމަށް ޓްރަމްޕް ހުވައި ކުރެއްވުމުން އެމެރިކާގައި ދިރިއުޅޭ އިންޑިއާ ނަސްލުގެ މީހުންގެ ޖަމިއްޔާއިން ވަނީ ޓްރަމްޕަށް ތަހުނިޔާ ދަންނަވާފައެވެ. މި ތަހުނިޔާގައި އެ ޖަމިއްޔާއިން ވަނީ އެމެރިކާގެ ސިޔާސީ މައިދާނުގައި އިންޑިއާ ދަރިކޮޅުގެ މީހުންގެ ނުފޫޒު އިތުރުވަމުންދާކަން ފާހަގަކޮށްފައެވެ. އިންޑިއާސްޕޯރާއިން ޖަމުއިއްޔާއިން ބުނާ ގޮތުގައި އެ ޖަމިއްޔާ 2012 ވަނަ އަހަރު އުފެދުނު ފަހުން، އެމެރިކާގެ ސިޔާސީ މަސްރަހުގައި އިންޑިއާ ދަރިކޮޅުގެ އެމެރިކާ މީހުންގެ ބަސްވިކޭ މިންވަރު ވަނީ އިތުރުވެފައެވެ. އަދި […]
ޓްރަމްޕަށް މޮދީގެ ސިޓީފުޅެއް

ވޮޝިންޓަން ޑީސީގައި ބޭއްވި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހުވައިކުރައްވާ ރަސްމިއްޔާތުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މަންދޫބުގެ ގޮތުގައި ވަޑައިގަތީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރެވެ. ޖަޔަޗަންކަރު ވަނީ، ރައީސް ޓްރަމްޕަށް ބޮޑުވަޒީރު ގެ ފަރާތްޕުޅުން ސިޓީއެއްވެސް ގެންދަވާފައި ކަމަށް މަސްދަރުތަކުން ބުނެ އެވެ. އިނޑިއާއިންގެންގުޅޭ އާންމު އުސޫލަކީ ސަރުކާރުތަކުގެ އިސްވެރިން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ބޮޑުވަޒީރުގެ ސްޕެޝަލް އެންވޯއީން ފޮނުއްވުން ކަމަށް ވެސް އިންޑިއާ ސަރުކާރުން ބުނެއެވެ. 2023 ވަނަ އަހަރުގެ މެއި […]
އިންޑިއާ އާއި ފިލިޕީންސްގެ މެރިޓައިމް ގުޅުން އިތުރަށް ބަދަހިވަނީ

އިންޑިއާ އާއި ފިލިޕީންސްގެ ޑިޕްލޮމެޓިކް ގުޅުމުގެ 75 އަހަރު ފާހަގަކުރުމާ ދިމާކޮށް، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދެ ގައުމުގެ މެދުގައި ފުރަތަމަ ”ޓްރެކް 1 މެރިޓައިމް ޑައިލޮގް“ ބޭއްވިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ ދެ ގައުމުގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންގެ ބައިވެރިވުމާ އެކުގައެވެ. ދެ ގައުމުގެ މެދުގައި ގުޅުން ބަދަހި ވުން، ނިސްބަތުން ލަސްވެގެން ދިޔަ ނަމަވެސް، ޗައިނާއާ ގުޅޭ ކަންބޮޑުވުންތަކާއި ދެކުނު ޗައިނާ ކަނޑުގެ ކޯޅުންތަކުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި […]
ޗައިނާ: ބޭރު މީހުން މެދުވެރިކޮށް މަޢުލޫމާތު އެއްކުރުމުގެ މަސައްކަތުގައި

ޗައިނާއިން އެކި ގައުމުތަކުގެ ނާޒުކު މަޢުލޫމާތު ހޯދުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުވަމުން އަންނަ ކަމަށް ފާހަގަކުރެވެއެވެ. މި ގޮތުން އެ ގައުމުން އަންނަނީ ޗައިނާގެ ނަސްލުގެ މީހުންނާއި ބޭރުގެ ރައްޔިތުން މެދުވެރިކޮށް ޖާސޫސީ ހަރަކާތްތައް ހިންގަމުންނެވެ. މިކަން ހާމަވެގެން ދިޔައީ ޗައިނާގެ ވިޔަފާރިވެރިޔާ-ކަމް-ސްޕައި ޔަންގް ޓެންގްބޯ އާއި އިނގިރޭސިވިލާތުގެ ޕްރިންސް އެންޑްރޫގެ ގުޅުމުގެ ތެރެއިންނެވެ. ބެއިޖިންގ އިން އަމާޒު ކުރާ ގައުމުތަކުގެ އެތެރޭގެ ކަންކަމަށް ވަދެ، ނާޒުކު މަޢުލޫމާތު އެއްކުރުމާއި އެ ގައުމުތަކުގެ ސިޔާސަތުތަކަށް ނުފޫޒު ފޯރުވުމަށް […]
މައިކްރޯސޮފްޓުން 3 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ

މައިކްރޯސޮފްޓްގެ ޗެއާމަން އަދި ސީއީއޯ ސަތުޔާ ނަޑޭލާ ވަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގެ ކްލައުޑް އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށް 3 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް އިއުލާން ކޮށްފަ އެވެ. މި އިންވެސްޓްމަންޓަކީ އިންޑިއާ ސަރުކާރުގެ ”އިންޑިއާ އޭއައި“ އިނިޝިއޭޓިވްގެ ދަށުން، އެ ގައުމުގައި އޭއައި ގެ އީޖާދުތައް ހަލުއި ކޮށްދިނުމަށް ކުރާ އިންވެސްޓްމަންޓެކެވެ. އިންޑިއާގެ އޭއައި ލޭންޑްސްކޭޕް ހަލުވި ދުވެލީގައި ކުރިއަރަމުންދާ […]
އުނގޫފާރު ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ބަދަލުކުރަނީ

ތިން އަހަރު ދުވަހުގެ ޕްލޭނެއްގެ ދަށުން ރ. އުނގޫފާރުގެ ހޮސްޕިޓަލަކީ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލު ކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއާއެކު ރަށުގެ ޞިއްޙީ ދާއިރާއަކީ އެންމެ މަތީ ފަންތީގައި ޚިދުމަތްދޭ ދާއިރާއަކަށް ވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އުނގޫފާރަށް ވަޑައގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ވިސްނުންފުޅަކީ އެއްވެސް ރައްޔިތަކު ބާކީ ކުރުމެއް ނެތި، ކުޑަ ރަށެއް، ބޮޑު ރަށެއް […]
މިއަހަރު ދެ އަތޮޅަކަށް އާރުޓީއެކް ޚިދުމަތް ފަށާނަން: ރައީސް

މިއަހަރު މެދުތެރޭގައި ރ. އަތޮޅާއި، ބ. އަތޮޅަށް، ރރާއްޖެ ޓްރާންސްޕޯރޓް ލިންކް (އާރުޓީއެލް) ގެ ޚިދުމަތް ފަށްޓަވާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު އުނގޫފާރަށް ވަޑައިގެން އެރަށުގެ ރައްޔިތުން ރޭ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަ ފުޅުގައި ރައީސް ވިދާޅުވީ ރ. އަތޮޅަށް މި ޚިދުމަތް ފަށްޓަވާނީ މިއަހަރު ޖޫންމަހު ކަމަށެވެ. ބ. އަތޮޅަށް ޚިދުމަތް ފަށާނީ މިއަހަރު ޖުލައިގައި ކަމަށެވެ. […]
ބޯޓުފަހަރަށް މުދާ ނުލިބި ”ފުނޑިއްޖެ“

ޖަނަވަރީ އެއްތިރީހުގައި އެމްޑީޕީން މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުލްހަވެރި ހިނގާލުން ޕްރޮމޯޓު ކުރުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މާލޭ މަސްކާރުކޭޓު ސަރަހައްދަށް އިއްޔެ ވަޑައިގެންނެވެ. އެސަރަހައްދަށް ވަޑައިގެންނެވުމުން އެތައް ބަޔަކުވަނީ ފައްޔާޒު އިސްމާއީލާ ބައްދަލުކޮށް އެމީހުންގެ ޝަކުވާ އޮއްސާލައިފައެވެ. އެސަރަގައްދުގައި ވިޔަފާރި ކުރާމީހުން ވިޔާފާރި ނުކުރެވިގެން ފުނޑޭ ކަމުގެ ޝަކުވާއެވެ. ދަތުރުވެރީން ބޯޓަށް އަރުވާނޭ މުދާނުލިބިގެން ފުނޑޭ ކަމުގެ ޝަކުވާއެވެ. އޭގެ ސަބަބުން މާލޭގައި މަޑުކުރަންޖެހޭ ދުވަސްތައް ގިނަވެ ގެއްލުންވެ ފުނޑެމުންދާ ޝަކުވާ ހިމެނޭ ކަމަށް […]
ވަގު ފޯމު މައްސަލާގައި ފުލުހުން ސުވާލު ކުރަމުންދާ ކަމަށް ބުނެފި

ވަގަށް ފޯމު ފުރައިގެން ވެރިކަންކުރާ ޕީއެންސީއަށް މީހުން ވައްދާ މައްސަލަ ސީރިއަސްކޮށް ބަލަމުންދާ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ. ވަގަށް ފޯމު ފުރައިގެން އިދިކޮޅު އެމްޑީޕީގެ 3،000 އަށްވުރެ ގިނަ މެންބަރުން ޕީއެންސީއަށް ވައްދާފައިވާ ކަމަށްބުނެ އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅީ ވެސް އެމްޑީޕީންނެވެ. އެ މައްސަލަ ފުލުހުން ބަލަމުން ގެންދޭތޯ ބެލުމަށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން މިއަދު ފުލުހުންގެ އޮފީހަށް ދިއުމަށްފަހު، އެކަމާބެހޭ މައުލޫމާތު މީޑިޔާވަނީ ހިއްސާކޮށްފައެވެ. […]
ވަޒީފާގެ އެއްބަސްވުން ބާތިލްކުރި މައްސަލައަށް ޖަވާބުދާރީވާން އަމުރުކޮށްފި

ޗީފް އެކައުންޓެންޓް އެގްޒެކްޓިވްގެ އެއްބަސްވުން ބާތިލް ކުރި މައްސަލައަށް ޖަވާބުދާރީވާން ހެލްތު މިނިސްޓްރީއަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ. މި މައްސަލައަކީ ހުޅުމާލެ އިތާ 18/04 އާރު، އިސްމާއީލް ހަމީދުގެ ފަރާތުން ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) އާ ދެކޮޅަށް ހުށަހެޅި މައްސަލައެކެވެ. އޭނާ މި މައްސަލަ ހުށަހެޅީ، ހެލްތު މިނިސްޓްރީގެ ޗީފް އެކައުންޓެންޓް އެގްޒެކްޓިވްގެ މަގާމަށް އައްޔަން ކުރުމަށް ކުރިމަތި ލުމުން އެންމެ މަތިން މާކްސް ލިބުނު މީހެއްގެ ގޮތުން އެ މަގާމަށް އޭނާ ހޮވިފައިވާކަން 16 […]