އޭސީސީގެ ތަހުގީގުތައް އަވަސް ކުރަން ޕީޖީ އަމުރުކޮށްފި

ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޢައްބާސް ޝަރީފު

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހިނގާ ޖިނާއީ ތަޙުޤީޤުތައް އެކަށީގެންވާ އަވަސްމިނެއްގައި ހިނގަމުން ނުދާކަމުގެ ޝަކުވާ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ ސަމާލުކަމަށް އައިސްފައިވާތީ، އެ ތަހުގީގުތައް އަވަސް ކުރަން ޕީޖީ އައްބާސް ޝަރީފު އަމުރުކުރައްވައިފިއެވެ. ޕީޖީ އޮފީހުން މިއަދު ބުނީ، ތަހުގީގުތައް ލަސްވާ މައްސަލަ ޕީޖީ ބެއްލެވިއިރު، ދިވެހި ދައުލަތާއި ޢާންމު ރައްޔިތުންގެ މަޞްލަޙަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގެ ތަޙުޤީޤު ހިމެނޭގޮތުން، އޭސީސީން ހިންގާ ޖިނާއީ ތަޙުޤީޤުތައް ލަސްވެ، ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތަކުގައި ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ […]

”އެމްކޭ-84“ ގެ ބޮން އިސްރާއީލަށް ދޫކުރަން އަމުރުކޮށްފި

އެމެރިކާގެ ކުރީގެ ރައީސް ބައިޑަންގެ ވެރިކަމުގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ބޭނުން ކުރުމަށް އިސްރާއީލަށް ދޭން ނިންނުމަށްފަހު، ހިފަހައްޓާފައިވާ ”އެމްކޭ-84“ ގެ ބޮންތައް އިސްރާއީލަށް ދޫ ކުރުމަށް މިހާރު ވެރިކަމުގައި ހުންނެވި ރޮނަލްޑް ޓްރަމްޕް ޕެންޓަގަންއަށް އަމުރު ކޮށްފިއެވެ. ޓްރަމްޕްގެ އެ ނިންމުމާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ޕެންޓަގަން އިން އެކަން އިސްރާއީލަށް ވަނީ އަންގާފައެވެ. ބައިޑެންގެ ވެރިކަމުގައި ޣައްޒާގެ ރަފާހަށް އިސްރާއީލުން އަރައިގަތް ދުވަސްވަރު މި ބޮންތަކުގެ ޝިޕްމަންޓް އޮތީ އިސްރައީލަށް ފޮނުވުން މެދުކަނޑާލާފައެވެ. […]

އިންޑިއާ އިންޑޮނޭޝިއާ މުހިންމު ދައުރެއް ކުޅޭ ދެޤައުމު

ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވަނީ، އިންޑޮނޭޝިއާއަކީ އާސިއާންގައި އަދި އިންޑޯ ޕެސިފިކް ސަރަޙައްދުގައި އިންޑިއާގެ ”މުހިންމު ބައިވެރިއެއް“ ކަމުގައެވެ. އިންޑިއާއާއި އިންޑޮނޭޝިއާއިން މި ސަރަހައްދުގައި ގާނޫނުގެ ވެރިކަން ދަމަހައްޓަން ބޭނުންވާ ކަމަށްވެސް މޮދީ ވިދާޅުވިއެވެ. އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއާންތޯއާ އެކު އޮތް ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ބޮޑުވަޒީރު މޯދީ ވިދާޅުވީ، އިންޑޮނޭޝިއާއަކީ އާސިއާންގައި އަދި އިންޑޯ-ޕެސިފިކް ސަރަޙައްދުގައި މުހިންމު ބައިވެރިއެއް ކަމަށެވެ. މި ސަރަޙައްދުގައި ސުލްޙައާއި ސަލާމަތްތެރިކަން، އަދި ތަރައްޤީ ގެ މަސައްކަތާއި ޤާނޫނުގެ ބާރު […]

އައިސިސް ޕާކިސްތާންގައި އުޅޭ ކަމަށް ތާލިބާނުން ތުހުމަތު ކުރޭ

ތާލިބާނުން ބުނާ ގޮތުގައި އައިސިސްއާއި އެހެން ޓެރަރިސްޓް ޖަމާއަތްތަކުގެ މެމްބަރުން ވަނީ ބަލޫޗިސްތާނާއި ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚްވާގެ ބައެއް ގަބީލާ ސަރަހައްދުތަކުގައި އެމީހުންގެ މަރުކަޒުތައް ހަދާފައެވެ. ތާލިބާން ސަރުކާރުން މިދޔަ ހަފްތާގައި ޝާއިއުކުރި އަހަރީ ސަލާމަތީ ރިޕޯޓުގައި ސެންޓްރަލް ކޮމިޝަން ފޯ ސެކިއުރިޓީ އެންޑް ޕާޖިން އޮފް ދަ ތާލިބާނުން ވަނީ ޕާކިސްތާނުން އައިސިސްއަށް ތާއީދުކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ އަފްޣާނިސްތާނުގައި އައިސިސް ކޮންޓްރޯލުކޮށް އެމީހުން ފިއްތާލާފައިވާ ކަމަށެވެ. ނަމަވެސް ޕާކިސްތާނުގެ […]

ފެންޓަނިލް އާ ހެދި އެމެރިކާ ޗައިނާ ވިޔަފާރިއަށް ހިޔަނި އެޅިއްޖެ

މަސްތުވާ މަސްނޫއީ ބާވަތެއް ކަމަށްވާ ފެންޓަނިލް ދައުރުވުން ހުއްޓުވުމަށް އެމެރިކާއިން ކުރާ މަސައްކަތްތަކުގެ ސަބަބުން އެމެރިކާ އާއި ޗައިނާގެ މެދުގައި މިންވަރެއްގެ އެއްބާރުލުމެއް އުފެދިފައިވެއެވެ. މިގޮތުން ފާއިތުވި އޯގަސްޓް މަހު ބޭޖިންގުން ފެންޓަނިލްއާ ގުޅޭ ގަވާއިދުތައް ހަރުކަށިކޮށްފައިވެއެވެ. ނަމަވެސް، ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާ މުދަލަށް ޓެރިފް ނެގުމަށް ކުރައްވާ އިންޒާރުތަކުގެ ސަބަބުން ގުޅުންތަކަށް ހީނަރުކަން އައިސްފައިވެއެވެ. އަދި މިކަމުގެ ސަބަބުން އެމެރިކާ އާއި ޗައިނާގެ ގުޅުމަށް އަސަރުކުރުމުގެ ފުރުސަތު އެބައޮތެވެ. އެމެރިކާގެ އިންޒާރާއެކު ޗައިނާގެ ހިއްސާބާރަށް […]

އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަސް ކުލަގަދަކޮށް ފާހަގަ ކޮށްފި

އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިންޑިއާގެ އެކި ސްޓޭޓްތަކުން 16 ފުޅަނދުތައްޔާރު ކޮށްގެން ބައިވެރި ކުރިއެވެ. އިންޑިއާއިން ޖުމްހޫރީ ދުވަސް ފާހަގަކުރަނީ 1950 ވަނަ އަހަރު ގާނޫނުއަސާސީ ތަސްދީގު ކުރުމާއި، ޖުމްހޫރިއްޔާއެއްގެ ގޮތުގައި އިންޑިއާއިން ކުރި ދަތުރު ފާހަގަކުރުމުގެ ގޮތުން ޖެނުއަރީ 26 ވާ އާދީއްތަ ދުވަހު އެވެ. މިއަހަރުގެ ހަރަކާތުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯއަށް ދައުވަތު އަރުވާފައި ވެއެވެ. އެ އިޙުތިފާލުގައި ވީވީއައިޕީގެ އިއްޒަތްތެރިންގެ […]