ކުންފުންޏަކަށް 28.1 މިލިޔަން ރުފިޔާދޭން ފެނަކައަށް ހުކުމްކޮށްފި

އަމިއްލަ ކުންފުންޏެއް ކަމަށްވާ ދިމަހް ޕްރައިވެޓް ލިމިޓެޑަށް 28.1 މިލިޔަން ރުފިޔާ ދޭން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ. މިއީ ދިމަހް އިން ފެނަކައަށް ދީފައިވާ ހިދުމަތާއި މުދަލުގެ އަގަށްވާ 31.1 މިލިޔަން ރުފިޔާ ހޯދުމަށް އެފަރާތުން ހުށަހެޅި މައްސަލައެކެވެ. މި މައްސަލަ ކޯޓުން ބޭރުން ހައްލު ކުރުމަށް 14 ދުވަހުގެ ފުރުސަތަކަށް މީގެ ކުރިން ފެނައިން އެދުނެވެ. ނަމަވެސް ކޯޓުން ބޭރުން މައްސަލަ ހައްލު ނުވުމުން، މައްސަލައިގެ އިތުރު އަޑުއެހުމެއް ބޭއްވުމެއްނެތި، […]
ނިހާދު ފިނޭންސްގެ ސްޓޭޓް މިނިސްޓަރަކަށް

ސަސްޕެންޑްކޮށްފައިވާ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ނިހާދު ފިނޭންސްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ނިހާދު ސަސްޕެންޑްކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އޭނާ އެ މަގާމުން ސަސްޕެންޑްކޮށްފައިވަނީ މިދިޔަ ޑިސެމްބަރުގެ 23 ވަނަ ދުވަހުގެ ރޭ ޕީއެންސީން ބޭއްވި […]
ރާއްޖެއަށް ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ރައްޖެއަށް 21 މިލިޔަން ރުފިޔާގެ ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު ބަޔަކު އަތުލައިގެންފިއެވެ. ”ޓައިމްސް އޮފް އިންޑިއާ“އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާގެ ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރުއައި) އިން އަތުލައި ގަތީ، ޔޮޓެއްގައި 12 ކިލޯގެ ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު ހަތަރު މީހެކެވެ. އެމީހުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބުމާ އެކު ޑީއާރުއައި އިން ޓުޓިކޮރިންގެ ޕޯޓު ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކުރިއެވެ. އެގޮތުން ޕޯޓު ސަރަހައްދުގައި މިދިޔަ ބުދަ […]
ޗައިނާ އަންހެނަކު ގެއްލިގެން ފުލުހުން ހޯދަނީ

ޗައިނާ އަންހެނަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ. ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ ޗައިނާ ރައްޔިތެއްކަމަށްވާ ސޫ ޒިއޯނިންގ (30އ) ކަމަށެވެ. ސޫ ޒިއޯނިންގ ރާއްޖެ އައިފަހުން އާއިލާއަށް ޚަބަރެއް ވެފައި ނުވާތީ، ވީނުވީއެއް ނޭނގި ގެއްލިގެން، ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް އާއިލާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މިމަހު 22 ވަނަ ދުވަހުއެވެ. މިމައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު އޭނާ ހޯދުމަށްޓަކައި ފުލުހުންގެ ކަމާގުޅުންހުރި އެންމެހައި ބަހާތަކަށް މައުލޫމާތު ހިއްސާކޮށް ހޯދުމުގެ މަސައްކަތް […]
ވަގު ފޯމުތަކުގެ މައްސަލައިގައި ޑިމޮކްރޭޓުންވެސް ފުލުހަށް

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން ބޭނުންކޮށްގެން ވަގަށް ފޯމު ފުރައިގެން ވެރިކަން ހިންގާ ޕީއެންސީ އަށް މެންބަރު ވައްދާ މައްސަލައިގައި ދަ ޑިމޮކްރެޓްސްގެ ފަރާތުންވެސް ފުލުހުންނަށް މައްސަލަ ހުށަހަޅައިފިއެވެ. އެ ޕާޓީގެ ފަރާތުން މިއަދު ފުލުހުންނަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައި ތިބި އެ ޕާޓީގެ 700 އެއްހާ މެންބަރުން ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވަގަށް ވައްދާފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެ ޕާޓީން […]
