ސްޓެލްކޯ ރެކްރިއޭޝަން ކްލަބުން މުވައްޒަފުންގެ އަޚްލާޤު ހިފަހައްޓައިދިން: އެމްޑީ ފަހުމީ

ސްޓެލްކޯ ރެކްރިއޭޝަން ކްލަބުންވަނީ އެ ކުންފުނީގެ މުވައްޒަފުންގެ އަޚްލާޤު ހިފެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކޮށްފައި ކަމަށް މެނޭޖިންޑިރެކްޓަރ އަދި އެ ކުލަބުގެ ބޯޑު ޗެއާޕަރސަން ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. ފަހުމީ ވިދާޅުވީ އެ ކްލަބް އަލުން ވުޖޫދުކުރުމުގެ އެއް ބޭނުމަކީ އެ އަޚްލާޤު މުވައްޒަފުންގެ ތެރޭގައި އަލުން އަށަގެންނެވުން ކަމަށެވެ. ސްޓެލްކޯ ރެކްރިއޭޝަން ކްލަބް އަލުން އުފައްދައި، އަންގާރަ ދުވަހު ބޭއްވި އެ ކްލަބްގެ އިފްތިތާޙީ ޖަލްސާގައި ފަހުމީ ވިދާޅުވީ، ސްޓެލްކޯ ރެކްރިއޭޝަން ކްލަބުން ހޯދައިދިން ކާމިޔާބީތަކުގެ […]
ރިޔާސީ ވައުދުތަކުގެ މަތީން ހަނދާން އެބަހުރި: ރައީސް

ރިޔާސީ ވައުދުތަކުގެ މަތީން ހަނދާން އެބަހުރި ކަމަށާއި، ކުރިއަށްއޮތީ ތަރައްގީގެ ބައިވަރު މަސައްކަތްތަކެއް ހިނގަމުންދާނެ ދުވަސްތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހއ. މާރަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ކުޅިވަރުގެ ދާއިރާ ކަމުގައިވިޔަސް، ބަނދަރާއި ރަށްގިރުމުގެ މައްސަލަކަމުގައި ވީ ނަމަވެސް، އުމްރާނީ ކަންކަން ކަމުގައިވިޔަސް، ކުނި މެނޭޖުކުރުމާއި، އިޖުތިމާއީ، ސިއްޙީ އަދި ތައުލީ ދާއިރާއިން ރަށަށް ބޭނުންވާ ކަންކަމުގައި ކުރިއަށްއޮތްތަނުގައި ހަގީގި ކުލަޖެހޭނޭ ކަމަށެވެ. ރައީސް […]
މުހައްމަދު ބުން ފަހުދު އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ސަޢޫދީ ޢަރަބިއްޔާގެ ޝާހީ ޚާންދާނަށް ނިސްބަތްވެވަޑައިގަންނަވާ، އަލްއަމީރު މުޙައްމަދު ބިން ފަހުދު އަލް ސަޢޫދު އަވަހާރަވުމާއި ގުޅިގެން ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އަލްމަރުޙޫމް އަލްއަމީރު މުޙައްމަދު، އިޖުތިމާޢީ ގޮތުންނާއި އިންސާނިއްޔަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިންނާއި، އަދި މީގެތެރެއިން ވެސް ޒުވާނުންގެ ކުރިއެރުމަށާއިި، ޞިއްޙީ ޚިދުމަތުގެ ވަސީލަތްތައް ހޯދުމަށް ފަސޭހަ ގޮތްތައް މަގުފަހި ކޮށްދެއްވުމާއި، ދިރިއުޅުމުގެ ފެންވަރު […]
ކްލީން މޯލްޑިވްސްއަށް އެއްބާރުލުން ދޭނަން: މޭޔަރު އާޒިމް

މިހާރުގެ ޖީލާއި، އަންނަން އޮތް ޖީލުތަކަށް ޤުދުރަތީ ވެށްޓެއް ޤާއިމް ކުރުމަށް ކްލީން މޯލްޑިވްސް އިން ކުރަމުން އަންނަ މަސައްކަތަކީ ވަރަށް ފުރިހަމަ މަސައްކަތެއް ކަމަށް މާލާސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އެހެންކަމުން ތިމާވެށި ހިމާޔަތް ކުރުމަށް ކްލީން މޯލްޑިވްސްއިން ކުރާ މިފަދަ މަސައްކަތްތަކަށް މާލެ ސިޓީ ކައުންސިލުން ދެވެން އޮތް އެއްބާރުލުން ދެއްވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. މޭޔަރޔ މިހެން ވިދާޅުވީ ކުރިއަށް އޮތްތަނުގައި މާލެ ސިޓީ ކައުންސިލުން ކްލީން މޯލްޑިވްސް އާއެކު ގުޅިގެން […]
ރައްޔިތުންގެ އެދުމުގެ މަތީން ގަސް ކޮށާދޭން ފަށައިފި

މާލެ ސިޓީ ކައުންސިލަށް ހުށަހެޅެމުންދާ ޝަކުވާތަކާ ގުޅިގެން، ކައުންސިލުން، މާލޭގެ ބައެއް ސަރަހައްދުތަކުން ގަސް ކޮށުމުގެ މަސައްކަތް ފަށައިގެން ކުރިއަށްގެންދާ ކަމަށް އެ ކައުންސިލުން ވިދާޅުވެއްޖެއެވެ. ސިޓީކައުންސިލުން ވިދާޅުވެފައިވަނީ މާލޭގެ އެކި ސަރަހައްދުތަކަގައި ހުރި ގަސްތަކުގެ ގޮފިތައް އެލި، ބައެއް އިމާރާތްތަކަށް ގެއްލުން ވަމުންދާކަން ފާހަގަވެފައިކަމަށެވެ. މި ގޮތަށް ހުންނަ ގޮފިތަކުގެ އެހީގައި ވައްކަން ކުރާ މީހުންނަށް ގެތަކަށް ވަންނަން މަގުފަހިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން މީދާ ފަދަ ތަކެތި ގޭގެއަށް ވަންނަ ކަމަށް ބުނެ، […]
އެމްއާރުއެމް އުވާލަން ނިންމައިފި

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރު.އެމް) އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރިކުރުމަށް ނިންމައިފި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އެޕާޓީ އުވާލަން ނިންމީ ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ ތިންހާސް މެންބަރުން ހަމަނުވާތީއެވެ. އެ އަދަދު ހަމަނުވާތީ އަދަދު ހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެޕާޓީއެއް މުއްދަތެއްވެސް ދެއްވިއެވެ. އެހެންނަމަވެސް މުއްދަތު ހަމަވިއިރުވެސް ތިންހާސް މެންބަރުން ހަމަވެފައިނުވާ ކަމަށް އީސީން ވިދާޅުވެފައިވެއެވެ. މި ޕާޓީއަކީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުއްގައްޔޫމް އިސްވެ […]
ރާއްޖެއަށް ސިނގިރޭޓް އެތެރެކުރި މައްސަލައެއް ތަހުގީގު ކުރަނީ

ރާއްޖެއަށް 200 މާސްޓަރ ކާޓަން މެންޗެސްޓަރ ސިނގިރޭޓް ސިއްރުން އެތެރެކުރި މައްސަލައެއް ތަހުގީގު ކުރަން ފަށައިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވެފައިވަނީ މިމައްސަަލަ ބަލަނީ ފުލުހުންނާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ކަމަށެވެ. މި ސިނގިރޭޓްތައް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ފޮރިންގޮއިންގ އުޅަނދެއް ކަމަށްވާ ދަ ހޯކްސް ޖަވާހިރު ބޯޓުން ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. ”މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި، 2024 އޮކްޓޯބަރ 24 ވަނަ […]
