ފަނަރަ މީހުންނާއެކު ދަތުރުކުރި ލޯންޗެއް އަޑިއަށް ހިންގައްޖެ

ފަނަރަ މީހުންނާއެކު ދަތުރުކުރި ލޯންޗެއް އަޑިއަށް ހިނގައްޖެއެވެ. ފުލުހުން ބުނީ މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުފަހު 2:30 އެހައިކަންހާއިރު ކަމަށެވެ. އެ ލޯންޗުގައި ތިބީ ހަ އަންހެނުންނާއި، ހަތަރު ފިރިހެނުންނާއި، ފަސް ކުޑަކުދިންނެވެ. މި އެންމެން ވަނީ ސަލާމަތްކޮށްގެން ށ. މިލަންދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ. މިއީ ރ. އުނގޫފާރުން ށ. މިލަންދުއަށް ދަތުރުކުރި ލޯންޗެކެވެ. ލޯންޗު އަޑިއަށް ދިޔައީ ށ. މާކަނޑޫދޫ ކައިރިއަށް ކަމަށް ފުލުހުންވަނީ […]

ޒަކާތު ފަންޑުން ބޮޑު ޚިޔާނާތެއް ހިންގާފައިވާކަން ހާމަވެއްޖެ

ޕާކިސްތާން ޒަކާތު ފަންޑުން އެތައް މިލިއަން ރުޕީސްގެ ޚިޔާނާތްތަކެއް ހިންގާފައިވާކަން ޕާކިސްތާންގެ އިންކުއަރީ ކޮމިޓީއަކުން ވަނީ ފާހަގަކޮށްފައެވެ. އަދި މި ކޮރަޕްޝަންގެ އަމަލުގައި ބައިވެރިވި އޮފިޝަލުންނާމެދު ފިޔަވަޅު އެޅުމަށް ސަރުކާރަށް ވަނީ ލަފާދީފައެވެ. 2024ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެކުލަވާލި އިންކުއަރީ ކޮމިޓީގެ ހޯދުންތަކުން ދައްކާގޮތުގައި، ޒަކާތު ފަންޑު އޯޑިޓް ކުރަމުން ގޮސްފައެއް ނުވެއެވެ، އަދި ޕާކިސްތާންގެ ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަންގެ ބައެއް އޮފިޝަލުންނާއި ޒަކާތު ކޮމިޓީގެ ލޯކަލް ޗެއާމަން ވަނީ ޒަކާތު ފައިސާއަށް ޚިޔާނާތްތެރިވަމުން ގޮސްފައެވެ. މި […]

ހަތަރުވަނަ ކުއާޓަރުގައި އެސްޓީއޯއަށް ތިން ބިލިއަން ރުފިޔާ

އެސްޓީއޯގެ ހަތަރުވަނަ ކުއާޓަރުގައި ލިބިފައިވާ ޖުމްލަ އާމްދަނީއަކީ 3.8 ބިލިއަން ރުފިޔާ ކަމަށް އެކުންފުނީން ބުނެފިއެވެ. މިއީ މީގެ ކުރީ ކުއާޓަރަށްވުރެ ހަތް ޕަސެންޓުގެ ކުރިއެރުމެއް ކަމަށް އެކުންފުނީން ވަނީ ބުނެފައެވެ. މިކުރިންއެރުން ލިބިފައިވަނީ ކުންފުނިން ކުރަމުންގެންދާ ވިޔަފާރިތައް ރަނގަޅުވެ އާމްދަނީ އިތުރުވަފެއިވުން ކަމަށް އެކުންފުނީން މައުލޫމާތު ދީފައިވެއެވެ. މިއާއިއެކު ޖުމްލަ ފައިދާ ވަނީ ކުރީގެ ކުއާޓަރާ އަޅާ ބަލާއިރު އަށް ޕަސެންޓު އިތުރުވެފައެވެ. މި ކުރިއެރުމާއެކު ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 637 މިލިއަން ރުފިޔާ […]

ހުޅުގަލި ބަލައި ފާސްކުރަން ފަށައިފި

ހ. ހުޅުގަލި ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނެފައިވަނީ އެގެ ބަލައި ފާސްކުރަމުންދަނީ އެގޭގައި ހިންގާ އަމިއްލަ އޮފީހެއްގެތެރޭގައި ސިގިރެޓު އުފައްދާ ކަމަށް ލިބިނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. އެގެ ބަލައި ފާސްކުރަނީ ކޯޓު އަމުރު ހޯދައިގެން ކަމަށް ފުލުހުން ބުންޏެވެ. މިކަމާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ. ސިގިރެޓު އުފެއްދުމަށް ބޭނުންކުރާ ސާމާނު ރާއްޖެއަށް އެތެރެކުރުންވަނީ މަނާކޮށްފައެވެ. އަދި ސިގިރެޓުގެ ޑިޔުޓީވެސް ވަނީ ބޮޑުކޮށްފައެވެ.

މަކިޓާ ބްރޭންޑުގެ ފޭކު އުފުއްދުންތަކެއް ބާޒާރުގައި، ސަމާލުވޭ!

މަކިޓާ ބްރޭންޑުގެ ފޭކު އުފެއްދުންތަކެއް ރާއްޖޭގެ ބާޒާރުގައި ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެސްޓީއޯއިން އެދިއްޖެއެވެ. އެސްޓީއޯއަކީ ”މަކިޓާ“ ބްރޭންޑުގެ އުފެއްދުންތަކުގެ ރާއްޖެއަށް އެތެރެކުރާ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރެވެ. އެ ކުންފުނީން ”މަކިޓާ“ ބްރޭންޑުގެ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތްވާ، ފެންވަރު ރަނގަޅު އޮރިޖިނަލް އުފެއްދުންތައް ރާއްޖެ އެތެރެކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަތާ މިހާރުވަނީ އެތައް އަހަރެއްވެފައެވެ. މި ބްރޭންޑުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން ވެސް މިހާރު ވަނީ އިތުރުވެފައެވެ. އެހެންނަމަވެސް ފޭކު އުފެއްދުންތައް ބާޒާރުގައި ދައުރުވަމުންދާ ކަން އެސްޓީއޯއަށް ފާހަގަވެގެން […]

ހއ. ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ. ރައިސްގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ ދިހަ ރަށަކަށް ވަޑައިގެންނެވިއެވެ. އަދި އެރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށްރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ރައްޔިތުންގެ ގާތަށް، ރަށްރަށަށް ވަޑައިގެން، ރައްޔިތުންގެ ހާލު ބައްލަވާ، އެ ރައްޔިތުންނަށް އެންމެ […]

ޕީޕީއެމް އުވާލިޔަސް ކައުންސިލަރުންގެ ގޮނޑި ނުގެއްލޭނެ: އީސީ

ޕީޕީއެމް އުވާލިޔަސް އެޕާޓީގެ ޓިކެޓުގައި ހޮވިފައިވާ ކައުންސިލަރުންގެ ގޮނޑި ނުގެއްލޭނޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އީސީގެ މެންބަރު އަދި ސްޕޯކްސް ޕާސަން ހަސަން ޒަކަރިއްޔާ ވިދާޅުވީ ޕީޕީއެމްގެ ނަމުގައި ކައުންސިލްތަކަށާއި ޑަބްލިޔުޑީސީއަށް ހޮވިފައިވާ މީހުން މިހާރު ތިބޭނީ މިނިވަން ބައެއްގެ ގޮތުގައެވެ. އެ މީހުންގެ ގޮނޑި ގެއްލޭނީ އެހެން ޕާޓީއަކަށް ސޮއިކުރާ ހިސާބުން ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ. ”އެންޓި ޑިފެކްޝަން ގާނޫނު ބުނާގޮތުން އެ މީހުން އެހެން ޕާޓީއަކަށް ސޮއިކޮށްފިއްޔާ ގޮނޑި ގެއްލޭނެ. އެހެން ނޫނީ […]

ޕީޕީއެމް އުވާލައިފި

މިއަދުން ފެށިގެން ޕީޕީއެމް އުވާލައިފި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އެކޮމިޝަނުން ވިދާޅުވީ ޕާޓީ އުވާލާފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނު ގެ 30 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތީން ޕީޕީއެމް އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމައި، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް އެ ކޮމިޝަނަށް ހުށަހެޅުމުން ކަމަށެވެ. މިއަދުން ފެށިގެން އެޕާޓީ ވަނީ ސިޔާސީ ޕާޓީގެ ދަފްތަރުން ވެސް އުނިކޮށްފައެވެ. ޕީޕީއެމްއަކީ މިހާރުގެ ވެރިކަން ގެނައުމަށް މަސައްކަތްކުރި ކޯލިޝަންގެ މައިޕާޓީ އެވެ. […]

މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލައަށް ދެޕާޓީއަކުން ތަދައްހުލް ވެއްޖެ

ޕާޓީ ބަދަލުކުރާ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހަކީ ގާނޫނުއަސީއާ ހިލާފު އިސްލާހެއް ކަމަށް ބުނެ އެ އިސްލާހު ބާތިލު ކުރަން ހުށަހެޅި މައްސަލައަށް އިދިކޮޅު އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްއިން ތަދައްހުލްވެއްޖެއެވެ. ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ސުޕްރީމްކޯޓަށް ހުށަހެޅުއްވީ، ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިންއެވެ. އޭނާ މިމައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ގަ އެވެ. ހަމަ އެމަހު […]

ޓްރާންސްފޯމަރުން ވައްކަން ކުރަނިކޮށް ހައްޔަރުކުރީ ނިޔާޒު

ރޭ ދަންވަރު މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރު ސަބްސްޓޭޝަނަށް ވަދެ، ވައްކަން ކުރަން އުޅެނިކޮށް ހައްޔަރުލުރީ މ. ރޫބީ، ހުސެއިން ނިޔާޒު 36އ. ކަމަށް ފުލުހުން ބުނެފިއެވެ. އޭނާ ހައްޔަރު ކުރީ ރޭ 2:50 އެހާއިރުއެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ. ސްޓެލްކޯއިން މިއަދު ބުނީ އެމީހާ ވައްކަން ކުރަން އެޅެނިކޮށް ފުލުހުންނަށް އެންގީ، ސީސީޓީވީ ކެމެރާއިން ފެނިގެން ކަމަށެވެ. ސްޓެލްކޯއިން ބުނީ، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުން، އެމީހުންގެ […]