ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނުގައި އަތްލި މީހަކު ޖަލަށްލާން ހުރި ހުކުމް ބަދަލެއްނުކުރި

ކުޑަ ކުއްޖެއްގެ ޖިންސީ ގުނަވަނުގައި އަތްލި މައްސަލައިގައި، މީހަކަށްކުރި 10 އަހަރު ދުވަހުގެ ޖަލު ހުކުމަށް ބަދަލު ނުގެންނަން ހައިކޯޓުން ހުކުމް ކޮށްފިއެވެ. މި މައްސަލަ އަކީ، ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި ކުޑަ ކުއްޖެއްގެ ޖިންސީ ގުނަވަނުގައި އަތްލައިގެން އަބްދުއްސަލާމް މޫސާ ކިޔާމިހެއްގެ މައްޗަށް ދައުލަތުން ކުރި ދައުވާއެކެވެ. މި ދައުވާގައި ހދ. ކުޅުދުއްފުށީ މެޖިސްތްރޭޓް ކޯޓުން އޭނާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށެވެ. އެ މައްސަލަ އަބްދުއްސަލާމްގެ […]