އިންޑިއާގެ ބަޖެޓްގައި ރާއްޖެއަށް 69 މިލިޔަން ޑޮލަރު ހިމަނައިފި

މި ހިނގާ މާލީ އަހަރު އިންޑިއާ އިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 600 ކްރޯޑް ރުޕީސް (69 މިލިއަން ޑޮލަރު) ދޭން އެގައުމުގެ ބަޖެޓުގައި ހިމަނައިފިއެވެ. ކޮންމެ އަހަރެއްގެ އެޕްރީލުން އަންނަ އަހަރުގެ މާޗުގެ ނިޔަލަށް އިންޑިއާގެ މާލީ އަހަރު ގުނާއިރު، އިންޑިއާގެ ފިނޭންސް މިނިސްޓަރު ނިރްމަލާ ސީތާރަމަން މިއަދު 2025 އިމް 2026 އަށް އެކުލަވާލާ ބަޖެޓު އެ ގައުމުގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ. އެ ބަޖެޓްގައި އެހީގެ ގޮތުގައި ރާއްޖެއަށް 69 މިލިއަން ޑޮލަރު […]

ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން ކުރި އިއުލާން ބާތިލްކުރަން އަންގައިފި

އެ އިއުލާން ބާތިލް ކުރަން އަންގައި އިމާރާތް ކުރުމާއި ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ތިނާދޫ ސިޓީގެ މޭޔަރު ސައުދު އަލީއަަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ސަރުކާރުން، ހައުސިން ޔުނިޓްތައް އިމާރާތް ކުރުމާއި އެތަންތަން އެކި ފަރާތްތަކަށް ދޫކުރުމުގެ މަސައްކަތް ކުރުމާއި، އެކަންކަން ވިލަރެސް ކުރުމުގެ މަސައްކަތަކީ އެ މިނިސްޓްރީގެ މެއިންޑޭޓްގެ ތެރޭގައި ހިމަނާފައިވާ ކަމެއް ކަމަށެވެ. މިގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާރާތްކުރާ ހައުސިން ޔުނިޓްތައް ހަވާލު ކުރަމުންދަނީ އެ މިނިސްޓްރީން އެންޑޯޒްކޮށް ހުއްްދަދޭ އުސޫލަކާ އެއްގޮތަށް […]

ސައިކަލް އެކްސިޑެންޓެއްގައި ބިދޭސީއަކު ނިޔާވެއްޖެ

ސިނަމާލޭ ބްރިޖު ހައިވޭގައި ހިނގި ސައިކަލް އެކްސިޑެންޓެއްގައި ބަނގްލަދޭޝް ފިރިހެނަކު ނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެ އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހެނދުނު 8:19 އެހައިކަންހާއިރު ކަމަށެވެ. އެކްސިޑެންޓް ހިނގީ ހުޅުމާލެއިން މާލެ އަންނަ ލޭންގައި ހުންނަ ސޯލާ ޕެނަލްތައް ކަރީގައި މަސައްކަތް ކުރާކަން އަންގައި ދިނުމުގެ ގޮތުން ބަހައްޓާފައިހުރި ކޯނެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓަށްފަހު އޭނާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންދިޔައެވެ. އެމީހާ ނިޔާވެފައިވަނީ އެ ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާދެމުން ދަނިކޮށް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ނިޔާވެފައިވަނީ […]