”މަގުތައް ބަންދުކުރިޔަސް މާދަމާ ނިކުންނާނަން“

މާދަމާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ރިޔާސީ ބަޔާން އިއްވާ ދުވަހެވެ. މާދަމާއާ ދިމާކޮށް އެމްޑީޕީން ވަނީ ”ބަޔާން އަޑުއެހުމަށް“ މަޖިލިސް ދޮށަށް އެއްވާން ނިންމައިފައެވެ. އަދި މަޖިލިސްކުރާގެ ހުންނަ ސަރަހައްދަށް އެންމެން އެއްވުމަށް އެދި އެމްޑީޕީން އިސްތިހާރު ކުރަމުންނެވެ. އެމްޑީޕީން ބުނެފައިވަނީ މާދަމާ ހެނދުނު އަށެއް ޖަހާއިރު އެންމެވެސް މަޖިލިސްކުރާގެ ހުންނަ ސަރަހައްދަށް އައުމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާސީ ބަޔާން އަޑުއަހަށް ގޮސްތިބޭއިރު، މިސަރުކާރުން ގާނޫނު އަސާސީއަށް ބަދަލުގެނައި މައްސަލާގައި އަޑު އުފުލާނެއެވެ. […]
އަންނަ ރޯދަމަހު ދަތިކަމެއްނެތި މުދާ ފޯރުކޮށްދިނުމަށް ތައްޔާރު: އެސްޓީއޯ

އެހެން އަހަރު ތަކުގެ ރޯދަމަހެކޭ އެއްފަދައިން މިއަހަރުގެ ރޯދަމަހުގައި ވެސް އެއްވެސް ދަތިކަމެއްނެތި މުދާ ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަމަށް އެސްޓީއޯއިން ވިދާޅުވެއްޖެއެވެ. އެކުންފުނީން ވިދާޅުވީ ކުރީ އަހަރުތަކުގެ ތަޖުރިބާއާއެކު، މިއަހަރު ވަކިން ހާއްސަކޮށް ވަނީ އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ލުއިވާނެހެން ކަންކަން ރާވާފައި ކަމަށެވެ. އެގޮތުން ބާޒާރުގެ އަގުތައް ދުވަހުން ދުވަހަށް މޮނިޓަރކޮށް، އަގު މައްޗަށް ދާ ބާވަތްތައް ދެނެގަނެ، އަވަސް ފިޔަވަޅު އަޅުއްވާނޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް މުދާ އިމްޕޯޓްކޮށް، ރާއްޖޭގެ […]
”އޮޕަރޭޝަން ކުރަނގި“ ރެހެންދި ސްކޫލުގައި

އޮޕަރޭޝަން ކުރަނގީގެ ޚާއްސަ މަސައްކަތްތަކެއް މިއަދު ހަވީރު ރެހެންދި ސްކޫލުގައި ކުރިއަށްގެންދަން ނިންމައިފިއެވެ. މިއީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ހިންގާ ”އޮޕަރޭޝަން ކުރަނގި“ ދަށުން ބާއްވާ ހަރަކާތެކެވެ. ރެހެންދި ސްކޫލް ހޯލްގައި މިއަދު ހަވީރު ހަތަރަކުން މިރޭ އެގާރައަށް ބާއްވާ ހަރަކާތަކީ ވަޒީފާދޭ ފަރާތްތަކާ ގާތުން އަދި އަވަހަށް މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ބަޔޯމެޓްރިކްސް ނެގުމަށް ބާއްވާ ހަރަކާތެކެވެ. މި ހަރަކާތް މިސަރުކާރުން ފަށާފައިވަނީ މިދިޔަ އަހަރުގެ […]
”ތައުޒަންވަން ނައިޓްސް ލޯންޖު“ ހުޅުމާލެއަށް

ތައުޒަން ވަން ނައިޓްސް އަކީ ރެސްޓޯރެންޓަކަށް ކިޔާ ނަމެކެވެ. މިއީ ވަރަށް ފަހުން ހުޅުމާލޭގައި ހުޅުވި ފެންވަރު ރަނގަޅު ރެސްޓޯރެންޓެކެވެ. ތައުޒަންވަން ނައިޓްސް ލޯންޖު ކީއްވެ؟ މިއީ ސުވާލެއްވެސް އުފައްދަންޖެހޭ ކަމެއްނޫނެވެ. އެއް ރެސްޓޯރެންޓަކުން ބޭނުންވާ ހުރިހާ ޚިދުމަތެއް މިތަނުން ލިބޭނެއެވެ. މީރު ކެއުން ލިބޭނެއެވެ. ތަފާތު ވައްތަރުގެ ބުއިން ލިބޭނެއެވެ. އެހެން ތަންތަނުން ނުލިބޭ ބްރޭންޑުތަކުގެ ބުއިންތައް އޭގެ ތެރޭގައި ހިމެނެއެވެ. އަދި ބުނަންހެއްޔެ؟ ތިޔަ ބޭނުންވާ ފެންވަރުގެ ކަރޯކޭ ރޫމެއް ހުންނާނެއެވެ. އެންމެ ޒަމާނީ […]
މާލޭގެ ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަމަށް މަޝްވަރާ

މާލެގެ ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމާގުޅޭ މަޝްވަރާ ބައްދަލުވުމެއް މާލެ ސިޓީ ކައުންސިލާއި މަދަނީ ޖަމްޢިއްޔާތަކާއި އެކު ބާއްވައިފިއެވެ. އިއްޔެ މާލެ ސިޓީ ކައުންސިލްގައި ބޭއްވި މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރ، އާދަމް އާޒިމް އާއި ބައެއް ކައުންސިލަރުންނާއި، މަދަނީ ޖަމްއިއްޔާތަކުގެ ތެރެއިން މެންޓަލް ހެލްތް ޕިއަރ ސަޕޯޓް ގްރޫޕާއި ޖާރނީ އެންޖީއޯ،ސޮސައިޓީ ފޯ އެވެއަރނެސް ފޯސްޓަރިންގ އެންޑް އެންލައިޓްމަންޓް (ސޭފް)، މޯލްޑިވްސް ނާރސަސް އެސޯސިއޭޝަން އާއި ދަ ވައިބް އެންޖީއޯ ގެ އިތުރުން […]
ހިމަންދޫން ޣައްޒާއަށް ދެލަކައަށްވުރެ ގިނަރުފިޔާ

އއ. ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުންގެ އިސްނެގުމާއެކު ކުރިއަށް ގެންދިޔަ ފަންޑްރައިޒިން ހަރަކާތަކުން ދެލައްކަ ފަސްދޮޅަސްހާސް އަށްސަތޭކަ ރުފިޔާ އެއްކޮށްފިއެވެ. މީގެ ތެރެއިން އެއްލައްކަ ސައްބީސްހާސް ފަސްސަތޭކަ ފަސްދޮޅަސް ރުފިޔާ އަކީ އިންޖީނުގޭގެ މުވައްޒަފުން ހަދިޔާކުރި ފައިސާއެވެ. މިއީ އިންޖީނުގޭގެ އިސްނެގުމުގެ މަތީން އެރަށު ކައުންސިލާއި، ސަރުކާރުގެ މުއައްސަސާތަކާއި، ކްލަބް ޖަމްޢިއްޔާތައް ގުޅިގެން ބޭއްވި ހަރަކާތެކެވެ. ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ”ހެލްޕް ޣައްޒާ-ދިވެހިން ހަނދާނެއް ނުނެތޭ“ ގެ ނަމުގައި ހިންގި މިހަރަކާތަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. […]
ދަރުމަވަންތަ އިމާރާތްކުރި ފަރާތަށް ދެލައްކަ ރުފިޔާ ދިނުން ހުއްޓުވައިފި

ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތް އެޅި ކުންފުންޏަށް 227،560 ރުފިޔާ ދޭން ދައުލަތް (މިނިސްޓްރީ އޮފް ފިނޭންސް އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް)ގެ މައްޗަށް ސިވިލްކޯޓުން ކުރި ހުކުމް ތަންފީޒު ނުކޮށް މަޑުޖައްސާލަން ހައިކޯޓުން އަމުރު ކޮށްފިއެވެ. އައިޖީ އެމްއެޗްގައި 25 ބުރީގެ އިމާރާތެއް އެޅުމަށްޓަކައި އެކެއް މާޗް 2016 ގައި ދިވެހި ދައުލަތާއި ޗައިނާގެ ޗަންގް ހުއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކުރި އެއްބަސް ވުމުގައި ކޮންޓްރެކްޓް އަގު ކަމަށް ހިމަނާފައިވާ […]
