ކަޅުއޮށްފުންމީގެ ފަހުލަވާނުންގެ ޒިކުރާ އައުކުރަން ބޭނުން: ރައީސް

ހަމައެއާއެކު، އަޅުގަނޑު ގަސްތުކުރަނީ، ވީހާވެސް ފުރިހަމަގޮތެއްގައި، ޖެހިޖެހިގެން ދެ އަހަރު، މި އަހަރާއި މި އަންނަ އަހަރު ޤައުމީ ފެންވަރުގައި ޤައުމީ ދުވަސް، ހއ. އުތީމުގައި ފާހަގަކުރަން. އުތީމު މަހާރަދުންނާއި، ކަޅުއޮށްފުންމީގެ ފަހުލަވާނުން މިގައުމަށްޓަކައި ވެވަޑައިގެންފައިވާ މަތިވެރި ގުރުބާނީގެ ޒިކުރާ ވީއެންމެ މަތީދަރަޖައެއްގައި އާކުރަން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި، ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ”އުތީމު މަހާރަދުންނާއި، ކަޅުއޮށްފުންމީގެ ފަހުލަވާނުން […]
ޣައްޒާގެ ބިމަކީ ފަލަސްތީނު ރައްޔިތުންގެ މިލްކެއް: ރައީސް

ޣައްޒާ ބިމަކީ ފަލަސްތީނު ރައްޔިތުންގެ މިލްކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަމުން އެމަނިކުފާނު ވިދާޅުވީ ޣައްޒާއިން ފަލަސްތީނު ރައްޔިތުން ބޭލުމަށް އެއްވެސް ފަރާތަކުން ކުރާ އެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދު ނުކުރައްވާނޭ ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެ ބިމުން ފަލަސްތީނުގެ ރައްޔިތުން ބަލާއި އެމެރިކާގެ ބެލުމުގެ ދަށަށް އެތަން ގެންނާނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވިދާޅުވެފައިވާ ވަގުތެއްގައެވެ. […]
މިސްކިތްތައް ބަލަހައްޓަން މިދިޔަ އަހަރު ހަތްމިލިއަން ރުފިޔާ

މިސްކިތްތައް ބަލަހައްޓަން މިދިޔައަހަރު ދައުލަތުގެ ބަޖެޓުންވަނީ 7.8 މިލިއަން ރުފިޔާ ޚަރަދު ކޮށްފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި މިއަދު އިއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އެ ފައިސާ ޚަރަދު ކޮށްފައިވަނީ މިސްކިތްތައް މަރާމާތު ކުރުމަށާއި ބެކެހެއްޓުމަށް ކަމަށެވެ. ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ މިއަހަރުވެސް ރާއްޖޭގައި މިސްކިތްތައް ބިނާ ކުރުމުގެ މަޝްރޫއުތައް ހިންގެވުމަށް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން މިއަހަރު 35 މަޝްރޫއެއް ކުރިއަށް ގެންދަވާނޭ ކަމަށް ވިދާޅުވިއެވެ. […]
މެރިން އެކްސްޕޯގައި ދައްކާލަނީ ”ރީކްލެއިމްޑް ވޭލް“ އެއް

”މޯލްޑިވްސް މެރިން އެކްސްޕޯ 2025ގެ މެރިން އިންޝުއަރަންސް ޕާޓްނަރ، އެލައިޑް އިންޝުއަރަންސް؛ މިއަހަރުގެ މެރިން އެކްސްޕޯގައި ފީޗަރކުރުމަށް ހަމަޖެހިފައިވަނީ ޕްލާސްޓިކާއި އެހެނިހެން ރީކްލެއިމްޑް ތަކެތިން ތައްޔާރުކޮށްފައިވާ ސްކަލްޕްޗަރއެކެވެ. އެހެންއަހަރުތަކާއި ހިލާފަށް، މިއަހަރު މެރިން އެކްސްޕޯ ޕްލެޓްފޯމް އެލައިޑުން ބޭނުންކުރާނީ ތިމާވެށި ރައްކާތެރިކުރެވޭނެ ގޮތްތަކާއި މެދު ހޭލުންތެރި ކުރުމަށެވެ. ”ރިޑިއުސިންގ ޕްލާސްޓިކް ވޭސްޓް، ޕްރޮމޯޓިންގ އޯޝަން ކޮންޒަރވޭޝަން“ މިޝިއާރުގެ ދަށުން ތައްޔާރުކޮށްފައިވާ މި ސްކަލްޕްޗަރއަކީ އެލައިޑް އިންޝުއަރަންސްގެ 40ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކ.ހިންމަފުށީގައި ބޭއްވި ކިކްއޯފް އިވެންޓް […]
ކެފޭ މާރާމާރީ: ނޭޕާލް މީހާ ހައްޔަރު ކޮށްފި

މާވެޔޮމަގުގައި ހުންނަ ކެފޭ އެއްގައި ހިންގި މާރާމާރީ އާ ގުޅިގެން ނޭޕާލުގެ ރައްޔިޔަކު ހައްޔަރު ކޮށްފޮއެވެ. އުމުރުން 24 އަހަރުގެ އެ މީހާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެރެއްގެ ދަށުން ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ ހައްޔަރު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންނަށް ކޯޓަށް ވެސް ވަނީ ގެންގޮސްފަވެ. ކޯޓުންވަނީ ފަސް ދުވަހަށް އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައެވެ. މިމާރާމާރީގައި އަނިޔާވި ބަނގްލަދޭޝް މީހާއަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗުގެ އައީސީޔޫގައެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް އެ […]
ރައީސް މިއަދު އިއްވީ އުންމީދީ ބަޔާނެއް: ނާޒިމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް އިއްވި ރިޔާސީ ބަޔާނަކީ، އުންމީދުން ފުރިގެންވާ އަދި އެހާމެ ތަފްސީލީ ބަޔާނެއް ކަމަށް މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްއެންޕީގެ ރައީސް، މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ބަޔާނަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނާޒިމް ވިދާޅުވީ ”މިރިޔާސީ ބަޔާނުގައިވާ ކަންކަން ހާސިލްކުރުމަށް ސަރުކާރާއި ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރެވިއްޖެނަމަ މިކަންކަމުގައި ވަރަށް ފުރިހަމަކަމާއެކީ ކުލަޖެހިގެން ދާނެކަން ޔަގީން،“ ކަމަށެވެ. އުންމީދު ކުރައްވަނީ […]
ގައުމީ ދަފްތަރުގައި ގިނައަދަދެއްގެ ދޯނިފަހަރު ރަޖިސްޓްރީ ވެއްޖެ: ރައީސް

މަސްވެރިންގެ ޤައުމީ ދަފުތަރުގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިފަހަރުގެ 95 އިންސައްތަ މިހާތަނަށް ރަޖިސްޓަރީވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހަށް މިއަދު އެމަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ މި ދަފްތަރުގައި ރަޖިސްޓަރީވާ މަސްވެރިންނަށް ބޭންކިންގ ނިޒާމުގެ ތެރެއިން ލުއިލޯނު ހޯދުމުގެ ފުރުސަތާއި، އެސް.ޓީ.އޯ. ކްރެޑިޓް ފެސިލިޓީ ފަދަ ކަންކަމަށް އެޕްލައި ކުރުމުގެ ފުރުޞަތު މި އަހަރު ނިމުމުގެ ކުރިން ފަހިވެގެންދާނޭ ކަމަށެވެ. ”އަޅުގަނޑު ބޭނުންވަނީ، ގައުމީ މިފަދަ ކޮންމެ ދާއިރާއެއްގެވެސް […]
ވީއައިއޭގެ ޓަރމިނަލް މި އަހަރު އޮކްޓޫބަރުގެ ކުރިން ހުޅުވޭނެ: ރައީސް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ ޓަރމިނަލް މި އަހަރު އޮކްޓޫބަރު މަހުގެ ކުރިން ހުޅުވޭނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު އިއްވި ރިޔާސީ ބަޔާނުގައެވެ. އެމަނިކުފާނު ވިދާޅުވީ ޖިއޮގްރެފިކަލީ ރާއްޖެ އުފެދިފައި އޮންނަ ގޮތުން، އެއްރަށުން އަނެއްރަށަށް ދަތުރުފަތުރު ކުރުމަކީ، ޒަރޫރީ ބޭނުމަކަށް ވެފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން، އާންމު ރައްޔިތުންނަށްވެސް ޒަމާނުއްސުރެ އޮތް ދަތުރުފަތުރުގެ ދަތިކަމަށް ޙައްލު ހޯދައިދިނުމަށާއި، ފަތުރުވެރިކަން ރާއްޖޭގައި […]
ރިޔާސީ ބަޔާން: ހުރިހާ ރަށަކަށް އެޓީއެމްގެ ޚިދުމަތް

ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް މިއަހަރު ނިމުމުގެ ކުރީން ފަށްޓަވާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހަށް މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ބޭންކިން ޚިދުމަތް، އެ ރައްޔިތަކު ދިރިއުޅޭ ފަސްގަނޑަކުން ލިބޭނޭގޮތް ފަހިވެފައި އޮތުމަކީ، ކޮންމެހެން ބޭނުންތެރިކަމެއްކަމަށެވެ. އެހެންކަމުން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، ވެސް ކިތަންމެ އާބާދީ ކުޑަޔަސް ބީއެމްއެލްގެ އޭޓީއެމް ބަހައްޓައި، މިއަހަރު ނިމުމުގެ ކުރީން ޚިދުމަތް ދޭން ފަށާނޭ ކަމަށް ރައީސް ވިދާޅުވިއެވެ. […]
ރައީސް މުއިއްޒަށް އިދިކޮޅުގެ އަޑު ފަނޑުކޮށް ނުލެވޭނެ: ޝާހިދު

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދުގެ ރިޔާސީ ބަޔާން އިއްވެވީ އިދިކޮޅު މެމްބަރުން ގަދަ ބާރުން މަޖިލިހުގެ ތަޅުމުން ނެރެ، މިނިވަންކަމާއެކު އަޑު އުފުލުމުގެ ހުރިހާ ދޮރެއްމެ ބަންދުކޮށްފައި ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ، މީގެ އިތުރުން މިއަދުގެ ރިޔާސީ ބަޔާން އިއްވާފައިވަނީ، އަސްކަރީ ސިފައިން ހަތިޔާރާއެކު މާލޭގެ މަގުތަކަށް ނެރެގެން ކަމަށެވެ. އޭގެ ސަބަބުން ރައްޔިތުން ބޮޑު ބިރުވެރިކަމެއްގެތެރެއަށް ދިޔަކަމަށް ވެސް ވިދާޅުވެފައިވެއެވެ. ރައްޔިތުން […]