ރިޔާސީ ބަޔާން: އެމްޑީޕީގެ ނުވަ މެންބަރަކު ތަޅުމުން ބޭރުކުރި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރަށް ރިޔާސީ ބަޔާން އިއްވަމުން ދިޔަ ޖަލްސްގާއި އިހުތިޖާޖުކުރި އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރެއިން ނުވަ މެންބަރެއްގެ ނަން އިއްވައި މިއަދު މަޖިލީހުގެ ތަޅުމުން ބޭރުކޮށްފިއެވެ. ނަން އިއްވުމުން ވެސް ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުގައި މަޑުކުރެއްވުމުން އެމީހުން ނެރެންޖެހުނީ ގަދަކަމުންނެވެ. އެމީހުން ނެރެންކުރި މަސައްކަތުގެ ތެރެއިން ބައެއް މެންބަރުންނަށް އަނިޔާވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އެންމެ ބޮޑަށް އަނިޔާ ވެފައިވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލަށެވެ. […]
ރިޔާސީ ބަޔާން: ފަގީރުކަން ނެތްދުވަހެއް ދިވެހީން ވަރަށް އަވަހަށްދެކޭނެ: ރައީސް

ޒަކާތުގެ ނިޒާމު ޒަމާނީކުރެވި އުސޫލުތައް ހިނގާންފެށުމުން ޤައުމުގެ މާލީ، އިޖުތިމާޢީ ޢަދާލަތަށް، އަދި މުޖުތަމަޢުގެ އާންމު ފޯރުންތެރިކަމުގެ ނިސްބަތަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސް، މާތް ﷲގެ އިރާދަފުޅާއެކު އިންތިހާއީ ފަގީރުކަން ނެތް ދުވަހެއް ވަރަށް އަވަހަށް ދިވެހީން ދެކޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މި ފަދައިން ވިދާޅުވީ 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވެވި، ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، […]
މިއަދު މިތިބީ ރައްޔިތުންގެ ބާރުކެނޑިފައި: ފައްޔާޒު

ރައްޔިތުން ޑިމޮކްރަސީއަށް ކުރި ދަތުރުގައި މިއަދު ތިބީ ރައްޔިތުންގެ ބާރުކެނޑިފައި ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު ވިދާޅުވީ މިހެންވާންޖެހުނީ މަޖިލީހުގެ ސުޕަރމެޖޯރިޓީ ބޭނުން ކޮށްގެން ގާނޫނުއަސާސީއާ ޚިލާފަށް އެއަށް ބަދަލުގެނެސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހެދުމުންނެވެ. ”ގާނޫނުއަސާސީއަށް ބަދަލުގެނެސްފައިވަނީ ވެސް ގާނޫނުއަސާސީއާ ޚިލާފަށް. ހިތާމައަކީ ޑިމޮކްރަސީއަށް ކުރި ދަތުރުގައި މިއަދު މިތިބީ ރައްޔިތުންގެ ބާރުކެނޑިފައި. އަނެއްކާވެސް މިޖެހެނީ ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ ބާރުގެ ތެރެއިން ގެއްލިފައިވާ ބާރު ހޯދައިގަންނަން،“ ފައްޔާޒު ވިދާޅުވިއެވެ. […]
ރިޔާސީ ބަޔާން: ސެޕްޓެމްބަރުގެ ކުރިން ހަތަރުހާސް ފުލެޓު ދޫކުރާނެ: ރައީސް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހަދަމުންދާ 4،000 ފުލެޓް ލިބޭ މީހުންނަށް އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް ފުލެޓުތައް ހަވާލުކޮށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު އެ ޔަގީންކަން ދެއްވީ މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް އިއްވަވަމުންނެވެ، ރައީސް ވިދާޅުވީ ފްލެޓް ލިބޭމީހުންގެ ލިސްޓު މި މަހު އިއުލާންކުރާނެކަމަށެވެ. ރައީސް ވިދާޅުވީ، އިންޑިއަން އެގްޒިމް ބޭންކުގެ ލޯނުގެ އެހީގައި ކުރިއަށް ގެންދާ 4،000 ފްލެޓް ނިންމުމާއި އެ ތަންތަން ލިބޭނެ […]