ޝިއުނާގެ ދެމައިންގެ މަރުގެ ޒިންމާ މިސަރުކާރުން ނަގަންޖެހޭނެ: އެމްޑީޕީ

ގއ. ވިލިނގިލި ޒަމާނީވިލާ ފާޠިމަތު ޝިއުނާ އާއި އޭނާގެ ތުއްތު ދަރިފުޅު ނިޔާވުމުގެ ޒިންމާ މިސަރުކާރުން އުފުލަމްޖެހޭނޭ ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން ބުނެފިއެވެ. ”މި ހާދިސާގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު މި ކަމުގައި ގއ. އަތޮޅު ހޮސްޕިޓަލްގެ އިހުމާލު ވަރަށް ބޮޑު ކަމަށް ބެލެވެއެވެ. އަދި ހަމަ އެއާއެކު ބަލިމީހެއް ބަލާ ދާ އެއަރ އެމްބިއުލަންސްއެއްގައި ފަރުވާދިނުމަށް ބޭނުންވާ ސިއްޙީ އާލާތްތައް ނެތި، އޮކްސިޖަން ދެވޭނެ ގޮތެއް ނެތުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.“ […]
އެމްޑީޕީގެ ވެރިކަން ވައްޓާލުން، ޑިމޮކްރަސީއަށްދިން ބޮޑު ހަމަލާ: ފައްޔާޒު

އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ޑިމޮކްރަސީއަށް ދިން އެންމެ ބޮޑު ހަމަލާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ”އެއީ ވެރިކަމުގެ ނިޒާމާއި ދައުލަތުގެ އިދާރާތަކަށް އޮތް ރައްޔިތުންގެ އިތުބާރު ގެއްލުވާލައި ޑިމޮކްރަސީގެ ދަތުރުގައި ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ ދުވަހެއް،“ ކަމަށެވެ. މީގެ ތޭރައަހަރު ކުރިން ހިންގު އެ ބަޣާވާތުގެ މައްޗަށް ރައްޔިތުންގެ ބާރުވެރިކަމާއި ކުރި ހޯދީ ބިރުވެރި މާހައުލެއްގައި އެތައް ބަޔަކު […]
އައްޑޫގައި ބްރިޖު އަޅުއްވާނޭ ވާހަކަ ރިޔާސީ ބަޔާނުގައިނެތް: ޑީޑީ

އައްޑޫ ސިޓީގައި ވަކިން އޮތް ދެރަށާއި އެއްފަސްވެފައިވާ ރަށްރަށާމ ބްރިޖަކުން ގުޅާލައްވާނޭ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ހުށަހެޅުއްވި ރިޔާސީ ބަޔާނުގައި އޮވެފައި މިއަހަރުގެ ބަޔާނުގައި ނެތް ކަމަށް އެމްޑީޕީގެ ޑެޕިޔުޓީ ޕީޖީ ލީޑަރު އަދި މަރަދޫ ދާއިރާގެ މެންބަރު، އަހުމަދު ދީދީ (ޑީޑީ) ވިދާޅުވެއްޖެއެވެ. އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑީޑީ ވިދާޅުވީ ކުރީގެ ބަޔާނުގައި ރައީސަށް އެހެން ވިދާޅުވެވިފައި މިފަހަރުގެ ބަޔާނުގައި ވިދާޅުނުވެވުނީ ހަންކެޑެ ބްރިޖު […]
”ނާއިބުރައީސާއި ޕީޖީލީޑަރުނެތީސް، މަޖިލީހުގެ ރައީސަކަށް މަޖިލީހަކު ދެން ނީނދެވޭނެ“

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމާއި ޕީއެންސީގެ ޕީޖީލީޑަރު އިބްރާހީމް ފަލާހު، މަޖިލީހުގައި ނެތީސް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ އަށް ދެން މަޖިލީހަކު ނީނދެވޭނޭ ކަމަށް އެމްޑީޕީގެ ޑެޕިޔުޓީ ޕީޖީލީޑަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެ ދެ ބޭފުޅުން މަޖިލީގައި ތިއްބަވައިގެން ކަންކަން ކުރަންވީގޮތް އަތައި އިނގިލީގެ އިޝާރާތުން މަޖިލީހުގެ ރައީސަށް އަންގަވަމުން ގެންދެވި ކަމަށެވެ. އެހިސާބަށް ކަންތައް ދިޔުމުން އެ […]
އެމްޑީޕީ ނޫނީ ރަނގަޅު އިގްތިސާދެއް ގެނެސްދެވޭނޭ ޕާޓީއެއްނެތް: ނާޒިލް

އެމްޑީޕީ ނޫނީ ރާއްޖެއަށް ރަނގަޅު އިގްތިސާދެއް ގެނެސްދެވޭނޭ ޕާޓީއެއްނެތް ކަމަށް ބޭރުގެ ބޮޑެތި އިގްތިސާދުތައް އޮންނަ އެމެރިކާފަދަ ގައުމުތަކުގެ މީހުންވެސް ގަބޫލު ކުރާކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ. އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ މިސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ސަބަބުން ކުދި ވިޔަފާރިތައް ފުނޑިއްޖެ ކަމަށެވެ. މެދުފަންތީގެ ވިޔަފާރީތައް ހުއްޓިއްޖެ ކަމަށެވެ. އަދި ބޮޑެތި ވިޔަފާރިތަކަށް އުދަގުލަކަށް ވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން […]
ތެލެސީމިއާ ހޮސްޕިޓަލެއް އެޅުމަށް ކުރަންޖެހޭ ކަންކަން މިދަނީ ކުރަމުން: ރައީސް

ސްޓޭޓް އޮފް ދި އަރޓް ތެލެސީމިއާ ހޮސްޕިޓަލެއް އެޅުމަށް ކުރަންޖެހޭ ކަންކަން ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދޅުވީ މިއީ އެކޮމޮޑޭޝަން ބްލޮކާއެކު އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލެއް ކަމަށެވެ. މި ހޮސްޕިޓަލު އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ. ”ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް، ހުޅުމާލޭގައި މި މަޝްރޫއށް ޚާއްސަ ކުރެވިފައިވާ ބިމުގައި މި އަހަރު ނިމުމުގެ ކުރިން އިރާދަކުރެއްވިޔާ ފެށިގެންދާނެ،“ ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިފަދަ ހޮސްޕިޓަލެއް އެޅުއްވުމަކީ އެމަނިކުފާނުގެ […]
އާސަންދައިން ނާޖާއިޒު ފައިދާ ނަގަމުންދިޔަކަން ޔަގީން: ރައީސް

އާސަންދަ ނިޒާމުން ނާޖާއިޒު ގޮތުގައި ބަޔަކު ފައިދާ ނަގަމުންދިޔަކަން ސަރުކާރަށް ވަނީ ޔަގީންކުރެވިފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ނާޖާއިޒު ފައިދާ ނަގަމުންދާތީ އާސަންދައިގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ނިމިދިޔަ އަހަރު ވާނީ މުހިއްމު ފިޔަވަޅުތަކެއް އަޅުއްވާފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަމުން ރައީސް އިއްޔެ ވިދާޅުވެފައިވަނީ އާސަންދައިގެ ނިޒާމު ހަރުދަނާ ކުރުމަށް ބޭހުގެ ބަލްކް ޕްރޮކިއުމަންޓްގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް ގެންނަން […]
ސިގިރެޓުން އިތުރަށް ލިބޭ އާމްދަނީ ޚަރަދުކުރާނީ ދުންފަތުން ޖެހޭ ބަލިތަކުން ދުރުކުރުމަށް: ރައީސް

ސިގިރެޓުގެ އަގަށް ސަރުކާރުން ގެނައި ބަދަލާއެކު، އިތުރަށް ލިބޭ އާމްދަނީއެއް އެއްކޮށް ޚަރަދުކުރަން ނިންމާފައިވާނީ ދުންފަތުގެ އިސްތިއުމާލު ކުރުމުންޖެހޭ ބަލިތަކުން ދުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް އިއްޔެ ބޭއްވި، ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ އެގޮތުން އެފައިސާ ޚަރަދުކުރާނީ ދުންފަތުން އިސްތިއުމާލު ކުރުމުން ޖެހޭ ބަލިތަކުން ދުރުވުމަށް ”ހިންގަންޖެހޭ ޕްރިވެންޓިވް ހެލްތް ކެއަރ ޕްރޮގްރާމްތަކާއި މަޝްރޫޢުތައް ހިންގުމަށް“ ކަމަށެވެ. އެމަނިކުފާނު […]
މިއަހަރުގެ އިގްތިސާދީ ކުރިއެރުން ހަލުއިވާނެ: ރައީސް

މިދިޔަ އަހަރަށްވުރެ މިއަހަރުގެ އިގްތިސާދީ ކުރިއެރުން ހަލުއިވާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މި އަހަރު 6.4 އިންސައްތައިން ކުރިއަރާނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ރަސްމީ ރިޒާވްވެސް ވަނީ މިދިޔަ އަހަރު އިތުރުވެފައިކަމަށެވެ. އެ އަހަރު (2024) ނިމުމުއިރު ދައުލަތުގެ ރަސްމީ ރިޒަރވްގައި 673.2 މިލިއަން އެމެރިކާ ޑޮލަރު ހުއްޓެވެ. މިއީ، 2023 ވަނަ އަހަރު ނިމުނުއިރު ރިޒަރވްގައި ހުރި 590.5 މިލިއަން އެމެރިކާ […]
