ސަރުކާރުން އެ ނިކުންނަނީ ޓެކްސީ ޑްރައިވަރުންނާ ވާދައަށް: ޝާހިދު

ސަރުކާރުން ޓެކްސީލައިންގެ ޚިދުމަތް ފެށުމުގެ ގޮތުން ޓްރާންސްޕޯޓު މިނިސްޓްރީއާއި އެމް.ޓީ.ސީ.ސީ އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކުރުމުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ފާޑުވިދާޅުވެއްޖެއެވެ. ޝާހިދު ވިދާޅުވެފައިވަނީ ޒަމާނުއްސުރެ ރާއްޖޭގައި އާއްމު ރައްޔިތުން ކުރާ ޓެކްސީ ވިޔަފާރީގެ ތެރެއަށް ސަރުކާރުން ވަނީ ޓެކްސީ ޑްރައިވަރުންނާ ވާދައަށް ކަމަށެވެ. މިއީ ސަރުކާރުގެ ސިޔާސަތުތަކުގައި މިސްރާބެއް ނެތްކަން ދޭހަވާކަމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ”ސަރުކާރު ވާންޖެހޭނީ އާއްމު ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކޮށް، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ރެގިއުލޭޓްކޮށްދޭ […]
ޓެކްސީ ވިޔަފާރީގެ ތެރެއަށް ސަރުކާރު ވަނުމަކީ ޑްރައިވަރުންނަށް ލިބޭ ގެއްލުމެއް: ފައްޔާޒު

ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ވަނުމަކީ އެ މަސައްކަތުން އާމްދަނީ ހޯދަމުން އަންނަ އެތައް ބަޔަކަށް ލިބިގެންދިޔަ ބޮޑު ގެއްލުމެއް ކަމަށް އެމްޑީޕީގެ ޗެއަރ ޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު މިހެން ވިދާޅުވީ ސަރުކާރުން މި ވިޔަފާރީގެ ތެރެއަށް ނުވަންނާނޭ ކަމަށް ބުނެ ޓެކްސީ ޑްރައިވަރުންނަށް ދިން ޔަގީންކަމާ ހިލާފުވެ ސަރުކާރުގެ ޓެކްސީ ލައިނެއް އުފެއްދުމަށް އެމްޓީސީސީ އާއެކު މިއަދު ސޮއިކުރުމުންނެވެ. ސަރުކާރުން ބުނެފައިވަނީ މިފަދަ ޓެކްސީ ލައިނެއް އުފެއްދިޔަސް އަމިއްލަ ވިޔަފާރިތަކަށް ގެއްލުން ނުވާނޭ […]
ޗައިނާ ސިފައިންގެ ފުޅާ ތަމްރީނެއް ބާއްވައިފި

ޓައިވާނާއި އިރުމަތީ ޗައިނާ ކަނޑުގެ ވަށައިގެން ހިންގާ އޮޕަރޭޝަންތަކުގައި އިސްވެ އުޅޭ ޗައިނާގެ ސިފައިންގެ އިރުމަތީ ސަރަހައްދުގެ ކޮމާންޑުން ވަނީ ސިފައިންގެ ހުރިހައި ޚިދުމަތެއްގެ ގުޅިފައވާ ވައިގެ ސިފައިންގެ ބޮޑު ތަމްރީނުތަކެއް ބާއްވާފައެވެ. ޗައިނާ ސިފައިންގެ ދުވަހު ނޫހުން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ މި ތަމްރީނުތަކުގައި ދިހަވަރަކަށް އެއާޕޯޓާއި އެތައް ސަތޭކަ ތަމްރީނު ސައިޓްތަކެއްގައި ހަނގުރާމައިގެ ވަސީލަތްތައް އިންޓަގްރޭޓްކޮށް، ސިފައިންނާއި ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންނަށް ކޯޑިނޭޓްކޮށް އޮޕަރޭޝަންތައް ހިންގަމުން މުހިންމު މައުލޫމާތުތައް […]
ކެނެޑާގައި ފެންޓަނީލްގެ ވިޔަފާރީގައި ޚާލިސްތާން މީހުން

އަށް ކިލޯގެ ފެންޓަނައިލް އާއި އެކު ދާދި ފަހުން ކެނެޑާގައި އިންޑިއާގެ ނަސްލުގެ ދެ މީހަކު ހައްޔަރު ކުރުމުން ޚާލިސްތާނަށް ތާއީދުކުރާ ޓެރަރިސްޓް ޖަމާއަތްތަކާއި ޓްރާންސްނޭޝަނަލް ޑްރަގް ކާޓޭލްތަކުގެ މެދުގައި އޮތް ބަދަހި ގުޅުން އަނެއްކާވެސް ހާމަވެއްޖެ އެވެ. ނަމަވެސް ސިޔާސީ މަންފާއަށް ކެނެޑާގެ ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން ޝައްކު ކުރެވޭ މީހުންގެ ގުޅުންތަކާ މެދު މައުލޫމާތު ހާމަކުރާކަށް ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް އެންމެން ދަންނަ ކަމަކީ، މަސްތުވާތަކެތިން ލިބޭ ފައިސާއިން ޚާލިސްތާނީ ޖަމާއަތުގެ މީހުން ހަރުކަށި […]
ޖައްވީ ޓެކްނޮލޮޖީއަށް އަމިއްލަ ޗިޕެއް އުފައްދައިފި

ޖައްވީ ޓެކްނޮލޮޖީގައި އަމިއްލައަށް ބަރޯސާވުމަށް އިންޑިއާއިން ކުރާ މަސައްކަތުގައި އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) އާއި އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ މަދްރަސާ (އައިއައިޓީ މަދްރަސާ) އިން ވަނީ ޖައްވީ މުހިންމު އެޕްލިކޭޝަންތަކަށް ފަރުމާކޮށްފައިވާ އަމިއްލަ މައިކްރޯޕްރޮސެސަރެއް އުފައްދާފަ އެވެ. މި ޕްރޮސެސަރަށް ނަން ދީފައި ވަނީ ޝަކްތީގެ ނަމުންނެވެ. ”އޯޕަން ސޯސް ރިސްކް-ވީ އާކިޓެކްޗާ“ގެ މައްޗަށް ބިނާކޮށްފައިވާ މި ޗިޕަކީ އިންޑިއާގެ ޖައްވީ މިޝަންތަކުގައި ބޭނުން ކުރުމަށް ބޭރުން ގެންނަ ޗިޕްތަކުގެ ބަދަލުގައި އިންޑިއާއިން […]
ޕާކިސްތާންގައި ކުއްތާގެ ކަޅުބާޒާރު ވަރަށް ތިޔާގި

ޕާކިސްތާނުގައި ކުއްތާއަކީ ހަނަފީ މަޒުހަބުގެ ފިގުހާއެއް ގޮތަށް ނަޖިސް އެއްޗެއް ކަމުގައި ބަލާ ޖަނަވާރެކެވެ. ނަމަވެސް ޕާކިސްތާނުގައި ކުއްތާގެ ވިޔަފާރިއަކީ ރަނގަޅު އާމްދަނީއެއް ލިބޭ ވިޔަފާރިއެކެވެ. ޚާއްސަކޮށް ނާދިރު ޒާތުގެ ކުއްތާގެ ވިޔަފާރީގައެވެ. ކަރާޗީގެ މުއްސަނދި ޑިފެންސް ހައުސިން އޮތޯރިޓީ (ޑީއެޗްއޭ) ގެ ސަރަހައްދުގައި އެންމެ ފަހުން ހިނގި ހާދިސާއިން ފުލުހުން ބުނަނީ އާދަޔާ ޚިލާފަށް ގިނައިން ކުއްތާ ވަގަށް ނަގަމުންދާ ކަމަށެވެ. ކުއްތާ ވަގަށް ނަގާ މީހުން ކުއްތާއާ ރައްޓެހި ހަދައިގެން އެސޮރުމެން ނަގައިގެންގެންގޮސް ކަޅު […]
