ރަސްފަންނު މޫދުން ކިސަޑު ނަގަން މާދަމާ ފަށަނީ

ރަސްފަންނު މޫދަށް އެރޭ ސަރަހައްދު/ފޮޓޯ ހިރި

މާލޭ، ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދުގެ އަޑީގައި އުފެދިފައިވާ ކިސަޑު ނެގުމުގެ މަސައްކަތް މާދަމާ ފަށާނޭ ކަމަށް މާލޭސިޓީކައުންސިލުން ވިދާޅުވެއްޖެއެވެ. އެކައުންސިލުން ވިދާޅުވެފައިވަނީ އެސަރަހައްދުގެ 500 އަކަ މީޓަރުގެ ބޮޑުމިނުގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެން ކަމުން އެ ކިސަޑު ނެގުމުގެ މަސައްކަތް މާދަމާ ހެނދުނު 9:00 ގައި ފާށާނޭ ކަމަށް ވިދާޅުވެފައިވެއެވެ. އެ ސަރަހައްދުން ކިސަޑު ނަގައި، ބީޗަށް ވެލި އެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، މަސައްކަތް ނިމެންދެން ރަސްފަންނުގެ […]

ހުޅުމާލެ މުނިސިޕަލް ޚިދުމަތް ކައުންސިލް ދަށަށް ބަދަލުކުރުމުގެ މަޝްވަރާ އަލުން ފަށައިފި

ހުޅުމާލޭ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމާ ބެހޭ ގޮތުން، ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީޑީ) އާއެކު އަލުން މަޝްވަރާ ފަށައިފި ކަމަށް މާލޭސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. މިއީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ކުރެވޭ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން އެޗްޑީސީއާއެކު ބޭއްވި ހަތަރު ވަނަ ބައްދަލުވުން ކަމަށްވެސް ސިޓީކައުންސިލުން ވިދާޅުވެފައިވެއެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ އާދިއްތަ ދުވަހު (މިއަދު) އެޗްޑީސީގައެވެ. މި މަޝްވަރާ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރ […]

މަރާމާތަށްފަހު ވީރާނާވާން ރަސްފަންނު ދުލެއް ނުކުރާނަން: ޢާޒިމް

މާލޭގެ، ރަސްފަންނު މަރާމާތު ކުރުމަށް ފަހު އެ ތަން ވީރަނަވާން ދެން ދޫކޮށް ނުލައްވާނޭ ކަމަށް މާލޭސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. ޢާޒިމް ވިދާޅުވީ އެތަން މަރާމާތުކޮށް ރީތި ކުރުމަށްފަހު އެތަން ދެން ބަލަހައްޓާނީ މާލެ ސިޓީ ކައުންސިލުން ކަމަށެވެ. އީގަލްސް ކޮމިއުނިޓީން-އެންމެން އެކުގައި ސާފްކުރުމުގެ ހަރަކާތް ފެށުމުގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ މަސައްކަތް ފަށާތާ ދެ ތިން މަސްތެރޭގައި ރަސްފަންނުގެ މަސައްކަތް ނިނޭނޭ ކަމަށެވެ. މަސައްކަތް ނިމޭއިރު ރަނގަޅު […]

އަންހެން ހެދުން އަޅައިގެން ވައްކަން ކުރަން އުޅުނު ދެމީހަކު ހައްޔަރުކޮށްފި

އަންހެން ހެދުން އަޅައިގެން ވައްކަން ކުރަން އުޅުނު ދެމީހަކު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިކަމާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ނ. މިލަދޫ، ސޯސަންގޭ، މުހައްމަދު ނައުޝާދު (42އ) އާއި ގދ. ވާދޫ، ލިލީގެ، މުހައްމަދު ސަބާހު (46އ) ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މީހުން ހައްރުކޮށްފައިވަނީ ރޭ ދަންވަރު 2:39 އެހައިކަންހާއިރު އެވެ. ހައްޔަރު ކޮށްފައިވަނީ މާވެޔޮމަގު ކަންމަތީންނެވެ. ”މާވެޔޮމަގުގެ ކަންމަތީގައި އުޅުނު ދެ ފިރިހެނަކު (ސިފަ ބަދަލުކޮށްގެން) ވައްކަން ކުރަން އުޅުނު ކަމުގެ […]

މައްސަލަ ހައްލު ކުރުމުގައި އިންޑިއާގެ ދައުރު މުހިންމު: ސުއިޒަރލެންޑްގެ ޚާރިޖީ ވަޒީރު

އިންޑިއާއަކީ ދުނިޔޭގެ ދެކުނުގެ އިސް ގައުމު ކަމަށާއި އަދި އިންޑިއާއަކީ އެންމެނާއެކުވެސް ރަހުމަތްތެރި ގުޅުމެއް ބާއްވާ ޤައުމެއް ކަން، ސްވިޒަލޭންޑްގެ ސްޓޭޓް ސެކްރެޓަރީ އެލެގްޒެންޑަރ ފަސެލް ފާހަގަ ކުރައްވައިފިއެވެ. ދުނިޔެ ނާމާންވެ މިހާރު، ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން ފަސެލް ވިދާޅުވީ، މިމައްސަލަ ހައްލު ކުރުމަށް ދުނިޔެއަށް މޝްވަރާ ބޭނުންވާ ކަމަށާއި މިހާރު މިއޮތީ އެކަމަށް ވަގުތު އައިސްޖެހިފައި ކަމަށެވެ. އޭނާ ވިދާޅުވީ އިންޑިއާއަކީ މި މަސައްލަތަކަށް މެދުވެރިއެއްގެ ގޮތުގައި ވާހަކަ ދެއްކިދާނެ […]

ލިތުއޭނިޔާގެ ރައީސާއި ބޮޑުވަޒީރަށް ރައީސްގެ ތަހުނިޔާ

ލިތުއޭނިޔާގެ ރެސްޓޮރޭޝަން އޮފް ދަ ސްޓޭޓް ޑޭގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ހިޒް އެކްސެލެންސީ ޔިޓާނަސް ނައުސިއެދާއާއި، ބޮޑުވަޒީރު ހިޒް އެކްސެލެންސީ ޔިޓާނަސް ޕަލޫކަސްއާއި، އެޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސް ނައުސިއެދާ އާއި ބޮޑުވަޒީރު ޕަލޫކަސް އަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ދެބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ލިތުއޭނިޔާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައިވެއެވެ. ލިތުއޭނިޔާގެ ރެސްޓޮރޭޝަން އޮފް ދަ ސްޓޭޓް ޑޭގެ ގޮތުގައި ފާހަގަ […]

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހަޅަން ހުޅުވާލައިފި

ދައުލަތަށް ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅަކަށް ރައީސް އިނާމް ދެއްވަނީ: ފޮޓޯ ރައީސް އޮފީސް

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މިއަހަރަށް ހުޅުވައިފިއެވެ. ޤައުމީ އިނާމާބެހޭ ކޮމިޓީން މިފުރުސަތު ހުޅުވީ މިއަދު ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. މިފުރުސަތު ހުޅުވާލުމަށްފަހު އެކޮމިޓީން ވަނީ އިނާމު ދިނުމުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ވެސް ކޮށްފައެވެ. މި އިނާމަށް ހުށަހަޅާ މީހުންގެ ނަން ހުށަހެޅޭނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ”ފޯމު ހުށަހެޅުން“ މި ޕޯޓަލް މެދުވެރިކޮށް ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. އިނާމަށް ހުށަހެޅޭނީ، […]

އެމްޑީޕީ ވިލިނގިލީ ދާއިރާގެ ރައީސް ކަމަށް ޙުސައިން ހަސަން

އެމްޑީޕީ ޤައުމީ މަޖިލީހުގެ ބައި-އިލެކްޝަންގައި ގއ. ވިލިނގިލީ ދާއިރާއަށް ވާދަކުރަން ނޫސްވެރިޔާ، ޙުސައިން ޙަސަން ނިންމައި އެކަން އިއުލާން ކޮށްފިއެވެ. ތަޖުރިބާކާރު ނޫސްވެރިޔާ އެދިފައިވަނީ ވިލިނގިލީ ދާއިރާގެ ރައީސްކަމަށް އޭނާ އިންތިޚާބު ކޮށްދިނުމަށް އެދާއިރާގެ އެމްޑީޕީ މެންބަރުން އޭނާއަށް ވޯޓު ދިނުމަށެވެ. މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިހިނގާ ފެބުރުވަރީ މަހު 22 ވަނަ ދުވަހުއެވެ. އެދުވަސް ވަނީ ހޮނިހިރު ދުވަހަކަށެވެ. މި އިންތިޚާބުގައި މާލޭގެ އިތުރުން ވިލިނގިލީގައި ވޯޓު ފޮށި ބަހައްޓާނެއެވެ. ޙުސައިން ޙަސަނަކީ ގއ. […]