ހަނިމާދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ހަތަރުމީހަކު އަތުލައިގެންފި

މަސްތުވާތަކެތި ހަނިމާދޫއަށް އެތެރެކުރުން އުޅުނު ހަތަރު މީހަކު އަތުލައިގެންފިއެވެ. ފުލުހުން ވިދާޅުވީ އެމީހުން އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނީ ވައިގެ މަގުން ކަމަށެވެ. އެމީހުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެމީހުން އަތުލައިގެންފައިވަނީ މިމައުލޫމާތަށްފަހު ފުލުހުން ހިންގި އޮޕަޜޭޝަނުގައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ނ. ވެލިދޫ / މޯނިންގސަން، ފާޠިމަތު ޝާޙާ ޙަސަން (20އ) އާއި ކ. ގުރައިދޫ / ނަލަވާ، ޙުސައިން ޝާވިން (22އ) […]

ސިހުރު ހަދަން ބޭނުންކުރާ ސާމާނުތަކެއް ކުޅުދުށްފުށީން ހޯދައިފި

ސިހުރު ހަދަން ބޭނުންކުރާ ސާމާނު ކުޅުދުށްފުށީގެ އަށް ގެއަކުން ހޯދައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެތަކެތި ހޯދައިފައިވަނީ އެރަށުގައި މިއަދު ހިންގި ސިހުރު އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަނުގައި ވަނީ ކޯޓު އަމުރެއް ހޯދައިގެން ދިހަ ގެއެއް ބަލައި ފާސްކޮށްފައެވެ. ސިހުރު ހަދަން ބޭނުންކުރާ ސާމާނު ފެނިފައިވަނީ އޭގެ ތެރެއިން އަށްގެއިންނެވެ. ”މީގެ ތެރެއިން އަށް ގެއަކުން ސިހުރު ހާހޫރަ ހަދަން ބޭނުންކުރާ ޒާތުގެ ލިޔެކިޔުމާއި، ފޮތާއި، އަދި ސިހުރު ހެދުމަށް ބޭނުންކުރާ އެކަހަލަ […]

ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމާ ގުޅިގެން ރައީސްގެ މެސެޖެއް

ދިވެހިރާއްޖެއާ ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ މުނާސަބަތުގެ ހެޔޮއެދުންތައް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ. މި ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކުގައި، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވާ، މި ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ […]

ބައިނަލްއަޤުވާމީ އިޖުތިމާޢީ އަދާލަތުގެ ދުވަހާގުޅިގެން ރައީސްގެ މެސެޖެއް

ބައިނަލްއަޤުވާމީ އިޖުތިމާޢީ އަދާލަތުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެސެޖެއް ފޮނުއްވައިފިއެވެ. މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންސާފުވެރިކަމާއި، ހަމަހަމަކަމާއި، އަދާލަތު ކުރިއެރުވުމުގެ ޢަޒުމުގައި ހުންނެވިކަން ހާމަކުރައްވައި، އިޖުތިމާޢީ އަދާލަތާއި ދެމެހެއްޓެނިވި ވެއްޓެއްގެ މައްޗަށް އެކުލެވިގެންދާ ދުނިޔެއެއް ޤާއިމުކުރުމަށް ކުރައްވާ މަސައްކަތުގައި ސާބިތުކަންމަތީ ދެމިހުންނެވިކަން ހާމަކުރައްވާފައެވެ. މި އަހަރުގެ ޝިޢާރު ”ސްޓްރެންތެނިން އަ ޖަސްޓް ޓްރާންޒިޝަން ފޯ އަ ސަސްޓެއިނަބަލް ފިއުޗަރ“ އަކީ، ދިވެހިރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ، ކުޑަ، ޖަޒީރާ ޤައުމެއްގެ ޤައުމީ […]

ރައީސް މުއިއްޒު، މަޖިލީހުގެ ރައީސާ ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި، ޕީއެންސީގެ ޕީޖީލީޑަރު އިބްރާހީމް ފަލާހުއާ މިއަދު ބައްދަލު ކުރައްވައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ މި ފެށުނު ދައުރުގައި ސަރުކާރުގެ ފަރާތުން ފޮނުއްވަންހުރި ބިލްތަކާމެދު މަޝްވަރާ ކުރެއްވި ކަމަށެވެ. މި ބައްދަލުކުރެއްވުމަކީ، މިދިޔަ އަހަރުވެސް ކޮންމެ ދައުރެއްގެ ކުރީކޮޅު ކުރިއަށްގެންދަވާފައިވާ ފަދަ މަޝްވަރާ ބައްދަލުވުމެއް ކަމަށް ހީނާ ވިދާޅުވެފައިވެއެވެ. […]

އަރުޝީފީ ދާއިރާ ކުރިއެރުވުމަށް ރާއްޖެއާއި ސައުދީ އިން ސޮއިކޮށްފި

ރާއްޖޭގެ ގައުމީ އަރުޝީފު ތަރައްގީކުރުމާއި އެ ދާއިރާ ކުރިއެރުވުމަށްޓަކައި ސައޫދީ އެރެބިޔާ އާއި ދިވެހިރާއްޖެއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އަރުޝީފު ކުރެވޭ ހުރިހައި ބާވަތެއް އަރުޝީފުކޮށް ގިނަދުވަހަށް ދެމެހެއްޓުމާއި މި ދާއިރާއިން މީހުން ބިނާކުރުމާއި، އަރުޝީފީ ސަގާފަތްތަކާއި އާ ވިސްނުންތަކާއި ޓެކްނޮލޮޖީ އާއި ދާއިރާގެ އިލްމާއި ތަޖުރިބާ ހިއްސާކޮށް ސްޕެޝަލިސްޓުން ތަމްރީނުކުރުމަށް މި އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރެވޭނެއެވެ. ސައޫދީ އެރެބިޔާގެ ވެރިރަށް ރިޔާޒުގައި ދިވެހިރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ޑިރެކްޓަރ ޖެނެރަލް އޮފް ނެޝަނަލް […]

އެސްޓީއޯއިން މަސްދަޅު ކޭސްތައް ބަހަން މިރޭ ފަށަނީ

މި އަހަރު ރަމަޟާން މަހަށް ގޭބީސީތަކަށް ސަރުކާރުން ދެއްވާ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިރޭ ފަށާނޭ ކަމަށް އެސްޓީއޯއިން ބުނެފިއެވެ. އެކުންފުނީން ބުނެފައިވަނީ މިރެއިން ފެށިގެން މިމަހުގެ 27 ގެ ނިޔަލަށް މަސްދަޅު ކޭސްތައް ބެހުން ކުރިއަށްދާނެއެވެ. މަސްދަޅުކޭސްތައް ބަހަން ކުރިން ހަމަޖެހިފައިއޮތީ މިއަދު 2:30 ގައެވެ. އެހެންނަމަވެސް މިރެއަށް ބަދަލުކުރީ ކުރީ އަހަރުގެ ތަޖުރިބާއާއި ދިމާވި ދަތިތަކަށް ރިއާޔަތްކޮށް މިއަހަރުގެ ހަދިޔާ ބެހުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާ ކޮށް ރައްޔިތުންނަށް ވީހާވެސް ފަސޭހަކޮށް މަސްދަޅު […]