ސުޕްރީމްކޯޓުގެ ފަނޑިޔާރުން މަދުކުރުމަކީ ހުތުރު އަމަލެއް: ފައްޔާޒު

ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ބައިވެރިނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ގޮވާލައްވައިފިއެވެ. ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހެޅުމުން އެކަމާ ބެހޭ ގޮތުން ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ޖުޑީޝަރީ އިސްލާހު ކުރުމަށް މިހާތަނަށް އެޅުނު އެންމެ ހަރުދަނާ ފިޔަވަޅަކީ 2019 އަދި 2020 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ބެންޗަށް ގެނެވުނު ބަދަލު ކަމަށެވެ. އެހެންނަމަވެސް މިސަރުކާރުން ސުޕްރީމް ކޯޓުގެ […]
ޔޫރަޕްގެ ޖަމާއަތުގެ ހުރިހައި ކަމިޝަނަރުން އެއްފަހަރާ އިންޑިއާއަށް

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީއާއެކު ބާއްވާ ޚާއްސަ މަޝްވަރާތަކަކަށް ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ފޮން ޑަރ ލޭއެން އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. މި ދަތުރު އޮންނާނީ، ފެބްރުއަރީ 27-28 އަށް ކަމަށް މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒ އިން ނެރުނު ބަޔާނެއްގައި ބުނެފި އެވެ. އެކަމަނާއާއެކު ޔޫރަޕިއަން ޔޫނިއަންގެ ކޮމިޝަނަރުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. މިއީ ޔޫރަޕިއަން ޔޫނިއަންގެ ރައީސް އުރުސުލާ ފޮން ޑަރ ލޭއެން އިންޑިއާއަށް ކުރައްވާ ތިންވަނަ ދަތުރުފުޅެވެ. މީގެ […]
ސްޓާލިންކް ލޯންޗް ކުރުމަށް ބަންގްލަދޭޝްގެ ޔޫނުސްގެ ދައުވަތު މަސްކަށް

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު މުހައްމަދު ޔޫނުސް ވަނީ ސްޕޭސްއެކްސްގެ ބިލިއަނަރު އެލޮން މާސްކް އަށް ބަނގްލަދޭޝަށް ޒިޔާރަތް ކުރުމަށް ދައުވަތު ދެއްވާފައެވެ. ބަނގްލަދޭޝް އިން ރާވާފައި ވަނީ ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ހިދުމަތް ބަނގްލަދޭޝްގައި ފަށާށެވެ. ފެބްރުއަރީ 19 ވަނަ ދުވަހު ފޮނުއްވި ދައުވަތު ސިޓީގައި ޔޫނުސް ވަނީ މި ދަތުރަކީ މަސްކް އަށް ބަނގްލަދޭޝްގެ ޒުވާނުންނާ ބައްދަލު ކުރުމުގެ ފުރުސަތެއް ކަމަށް ވިދާޅުވެފަ އެވެ. ޗީފް […]
މައްކާގައި މަކަރާއި ހީލަތުގެ މައްސަލައިގައި ޕާކިސްތާނުގެ ރައްޔިތުން ހައްޔަރުކޮށްފި

މައްކާގައި ލޯކަލް ޕޮލިހުން ވަނީ މާލީ ދއިރާގެ މަކަރު ހެދުމުގެ 31 މައްސަލައެއްގައި ގާތްގަނޑަކަށް 750،000 ޑޮލަރުގެ ފައިސާ ހޯދައިގެންފައެވެ. މިއީ ޕާކިސްތާނު މީހުން ގަލްފުގައި ހިންގާ ޖަރީމާތަކާއި މަސްތުވާތަކެތީގެ ވިޔަފާރިން ފެށިގެން ހިޔާނާތުގެ މައްސަލަތައް ހިމެނޭ ޖަރީމާތައް ބޭޒާރުކޮށްލާ އެންމެ ފަހުގެ ހާދިސާ އެވެ. ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ މިފަދަ ހަރަކާތްތައް ހުއްޓުވުމަށް ކުރާ މަސައްކަތްތައް ވަރުގަދަކޮށް ފައެވެ. އަދި ޕާކިސްތާނު މީހުންގެ ފަރާތުން މިކަންކަން އިތުރު ވަމުން ދިއުމާ ގުޅިގެން މައްސަލަ ހައްލުކުރުމަށް […]
