އިންޑިއާގެ ޑިޖިލޮކަރއަކީ މީހާގެ ޑޮކިއުމެންޓުތައް ރައްކާ ކޮށްދޭ އަރުޝީފް

މަގުމަތީގައި ޓްރެފިކަށް ހުއްޓުވާއިރު ޑިޖިޓަލް ލައިސަންސް ކާޑު ދެއްކުމަކީ މިހާރު ވަރަށް ގިނަ ގައުމުތަކުގައި އާންމު ކަމެކެވެ. ނަމަވެސް ސަރުކާރާއި އަމިއްލަ އިދާރާތަކުން ގަބޫލުކުރާ ފެންވަރަށް ތިމާގެ ސެޓިފިކެޓްތަކާއި ޝަރުއީ ސައްހަ ލިޔުންތައް އެ ގޮތަށް ދެއްކޭނެ ކަމުގެ ފަސޭހަކަން ޚިޔާލަށް ގެންނާށެވެ. އޯލެވެލް އަދި އޭލެވެލްއާއި ޔުނިވާސިޓީން ދޫކޮށްފައިވާ ޑިގްރީން ފެށިގެން ކާރު އިންޝުއަރެންސް އާއި ކައިވެންޏާއި ވަރިއާއި އުފަންދުވަހުގެ ސެޓްފިކެޓާއި ގޭގެ ރަޖިސްޓްރީއާއި ކޯޓު ލިޔުންތަކާ ހަމައަށް ހުރިހާ ޑޮކިއުމެންޓެއް އެއްތަނަކުން ދެއްކޭނެ ނަމަ […]
މީޑިއާ ކޮންޓްރޯލު ކުރާ ކަމަށް ބުނެ ޕާކިސްތާން ސަރުކާރަށް ފާޑުކިޔުން

ޕާކިސްތާނުގެ މީޑިއާ ދާއިރާ މިހާރު ވަނީ ސަރުކާރުން ފާސްކޮށްފައިވާ އައު ސައިބަރ ކްރައިމްއާ ބެހޭ ޤާނޫނަކާ ދެކޮޅަށް ނިކުމެފައެވެ. އަދި ޤައުމުގެ އެންމެ އިސް ނޫސްވެރިންގެ ޔޫނިއަނުން މި ޤާނޫނު ސިފަކޮށްފައިވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރާ އަދި ޑިމޮކްރަސީއަށް އަމާޒުކޮށްފައިވާ ހަންޖަރެއްގެ ގޮތުގައެވެ. ޕާކިސްތާން ފެޑެރަލް ޔޫނިއަން އޮފް ޖާނަލިސްޓްސް (ޕީއެފްޔޫޖޭ) އިން ވަނީ އިލެކްޓްރޯނިކް ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް (ޕެކާ) އަށް ގެނެވުނު އިސްލާހުތަކަށް ”ނޫސްވެރިކަމަށް އަމާޒުކޮށްފައިވާ މާޝަލް ލޯއެއް، ކަމަށާއި އަދި އެއީ، މީޑިއާ […]
ވޯޓުދޭންޖެހޭ ގޮތް ކިޔައިދިނުމުގެ ބާރެއް ރައީސަކަށް ނޯންނާނެ: ފައްޔާޒު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވޯޓު ދޭން ޖެހޭ ގޮތް ކިޔައިދިނުމުގެ ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް ނޯންނާނޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު ވިދާޅުވީ މަޖިލީހަށް ހުށަހެޅޭ ކަންކަމުގައި ވޯޓުގައި ވިޕްލައިން އަޅަން ޖެހޭނީ ރައީސް އޮފީހަކުން ނޫންކަމާއި އެއީ އެ ޕާޓީއެއްގެ ޕާލިމެންޓަރީ ގްރޫޕުން ފާސްކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވާ ގޮތަށް ވޯޓު ނުދީގެން ޕީއެންސީގެ ފިޔަވަޅު އަޅާ ކޮމިޓީ މެދުވެރިކޮށް ވަކިކުރާ ކޮންމެ މެންބަރަކު […]
