ރޯދަމަހު ފުރަތަމަ ދުވަހު ކަރަންޓު ބޭނުންކުރި މިންވަރު ދަށަށް

ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލެއާއި، ހުޅުމާލޭގައި ކަރަންޓު ބޭނުންކުރެވިފައިވާ މިންވަރު ވަރަށްބޮޑަށް ދަށްވެފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން މިހެންވީ ވިއްސާރަ ދުވަހަކަށްވެފައި، ސްކޫލްތަކާއި އޮފީސްތައް ބަންދުވުމުން ކަމަށެވެ. އެގޮތުން ކަރަންޓު ބޭނުން ކުރި މިންވަރު ވަނީ ވަރަށް ބޮޑުތަނުން ދަށަށްގޮސްފައި ކަމަށް ބުނެފައިވެއެވެ. ”އެގޮތުން އެންމެ ޕީކްގައި 78 މެގަވޮޓް ހޮނިހިރު ދުވަހު ބޭނުންކޮށްފައިވާއިރު، ރޯދަ މަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު އެވްރެޖްކޮށް ހުރީ 100 މެގަވޮޓް އިން މަތީގައި […]
ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލުން ވަގުތީ ގޮތުން ހުއްޓާލައިފި

ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ. މާލޭ ސިޓީކައުންސިލުން ވިދާޅުވީ މިވަގުތަށް ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން ހުއްޓާލީ ފެންބޮޑުވުމުގެ ސަބަބުން ކަށްވަޅުގައި 8 އިންޗި އާއި 9 އިންޗިއާއި ދެމެދަށް ފެން ހުރުމުން ކަމަށެވެ. ”މިހެން ކަމުން މިއަދު މަޣްރިބް ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މައްޔިތާ ވަޅުލުން މިހާރު ވަނީ މާލެ އާސަހަރާއަށް ބަދަލު ކުރެވިފައެވެ.“ މާލޭ ސިޓީގައި ފެންބޮޑުވުމުން މީގެ ކުރިންވެސް ވަނީ ހުޅުމާލޭ ސަހަރާގައި މީހުން […]
ފެެން ހިންދުމުގެ މަސައްކަތަށް ސިފައިން އެހީތެރިކަން ފޯރުވައިދީފި

ރާއްޖޭ އެކި ކަންކޮޅުތަކަށް ކުރި ވިއްސާރައިގައި، ބޯކޮށް ވާރޭވެހި މާލޭ ސިޓީގެ އިތުރުން ރާއްޖޭގެ ބައެއް ރަށްތަކުގައި ފެންބޮޑުވެ، އިމާރާތްތަކަށް ފެން ވަދެފައިވާތީ ފެން ހިންދުމުގައި ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެގޮތުން، މާލެ ސީޓީގެ މަގުތަކުގައި ބޮޑުވި ފެންގަނޑު ހިންދުމަށް، މާރިޗު 1 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގައި މާލެސިޓީގެ މަގުތަކުން ވަނީ 16،911 ޓަނުގެ ފެން ހިންދާފައެވެ. މި އޮޕަރޭޝަނުގައި، ސިފައިން ވަނީ މާލޭގެ 8 ސަރަހައްދެއްގައި 19 ޕަންޕު ބޭނުންކޮށްގެން ފެން […]
ދެ ޕަމްޕު ޑިފެންސުގެ ބެލުމުގެ ދަށަށް

ސިޓީކައުންސިލުން ބުނެފައިވަނީ ޑިފެންސް މިނިސްޓަރީގެ ބެލެހެއްޓުމުގެ ދަށުގައި މި ދެ ޕަމްޕު ބެހެއްޓުމަށް ނިންމުމަށްފަހު، އެކަން މީހާރުވަނީ ފެބުރުވަރީ 28 ޑިފެންސް މިނިސްޓްރީއަށް އެކަން އަންގާފައެވެ. މިކަން އަންގައި ކައުންސިލުން ޑިފެންސަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މިއީ މާލޭގައި ފެންހިންދުމަށް އާންމުކޮށް ބޭނުންކުރާ ޕަމްޕަށްވުރެ އެތައް ގުނައެއް ބާރު ސްޕީޑުގައި ފެން ބޭރު ކުރެވޭނެ ދެ ޕަމްޕު ކަމަށެވެ. މި ދެ ޕަންޕު ގެނައުމުގެ މަސައްކަތް ފަށައިފައިވަނީ މިދިޔަ އަހަރުއެވެ. ”ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމެއްގައި […]