ފަރުދުންނަށް އެއްވެސް ކަހަލަ ރައްކާތެރިކަމެއްނެތް: މޭޔަރު

މޭޔަރު އާދަމް އާޒިމް

ދިވެހި ރައްޔިތަކަށް އަނިޔާ ކުރަމުންދާތަން ފެންނަ ވީޑިއޯއެއް އާންމުވުމުން އެކަމާ މާލޭސިޓީގެ މޭޔަރު އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ސޯޝަލް މީޑިޔާއިން އެ ވީޑިއޯ ފެނުމުން ”އަޅުގަނޑު ނުހަނު ހިތާމަކޮށް އެ ކަމާ ނުހަނު ކަންބޮޑުވަން. މިއިން ދައްކައިދެނީ، މުޖުތަމަޢުގައި ދިރިއުޅޭ ފަރުދުންނަށް އެއްވެސް ކަހަލަ ރައްކާތެރިކަމެއް ނެތްކަން،“ މޭޔަރު ވިދާޅުވެފައިވެއެވެ. އާޒިމް ވިދާޅުވެފައިވަނީ މި ފަދަ ބިރުވެރި ޙާލަތަކަށް ދިވެހި މުޖުތަމަޢު ވެއްޓިގެންދިއުމަކީ، އެއް ގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ. މި އަމަލު އެންމެ […]

އިންޑިއާއާއި ތައިލެންޑް ގުޅުވާ ހައިވޭ ހުއްޓިފައި ވަނީ މިޔަންމާއާ ހެދި

އިންޑިއާ އިން މިޔަންމާ ތެރެއިން ލައިގެން ތައިލެންޑަށް ދެވޭ ގޮތަށް ހަދަމުންދާ ހައިވޭގެ މަސައްކަތް މަޑު ޖެހިފައި ވަނީ، މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ހެދި ކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖަޔަޝަންކަރު ވިދާޅުވެއެވެ. މި ހައިވޭއަކީ އިންޑިއާއާއި އާސިއާންގެ ޤައުމުތަކާ އެކު އޮންނަ ގުޅުމަށް ބޮޑު ބަދަލެއް އަންނާނެ ހައިވޭއެކެވެ. 1،400 ކިލޯމީޓަރުގެ ދިގު ރާސްތާގެ ހައިވޭގެ އިންޑިއާ ބައި ފެށެނީ، މަނީޕޫރު ސްޓޭޓްގެ މޮރޭއިންނެވެ. އަދި ތައިލެންޑުގެ މާއި ސޮޓް ޓައުންއަށް ދަތުރުކޮށް ތައިލެންޑަށް […]

އެގެއަށް ގެއްލުންދިން މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

މާލޭ ގަލޮޅުގެ ގެއަކަށް ރޭ 12:45 އެހައިކަންހާއިރު ހަތަރު މީހަކު ވަދެ އެގެއަށް ގެއްލުންދީފައިވާ މައްސަލައެއްގައި ކުށުގެ ވެށީން އެމީހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެމީހުންވަނީ ރޭ އެގޭ ވެރިމީހާއަށް އިންޒާރުވެސް ދީފައި ކަމަށެވެ. މިމައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ ކޮންމެ މީހަކު ފަނަރަ ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައެވެ. މިމައްސަލާގައި ހިމެނެނީ އއ. މާޅޮސް، ރީތިހިޔާ، މުހައްމަދު އަފްލާހު (23އ) ނ. […]

ކާށި ކިލޯއެއް ވިހި ރުފިޔާއަށް ވިއްކަން ފަށައިފި

ކާށި ކިލޯއެއް ވިހި ރުފިޔާއަށް ވިއްކަން އެސްޓީއޯއިން ފަށައިފިއެވެ. މިއީ ބާޒާރުގައި ކާށީގެ އަގު ތިރިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ. މިއަގުގައި ސީދާ އާންމު މީހާއަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ކާށި ވިއްކަމުން ގެންދާނެއެވެ. ޑިމާންޑާ އެއްވަރަށް ކާށީގެ އިތުރު ސްޓޮކްތައްވެސް ބާޒާރާ ނެރެމުން އަންނަ ކަމަށް އެސްޓީއޯއީން ވަނީ ބުނެފައެވެ. މިހާރު ބާޒާރުގައި ކާއްޓެއްގެ އަގު ހުރީ 40 އާއި 60 ރުފިޔާއާ ދެމެދުގައެވެ. މި އަގުތައް މިހެން ހުރިތާ މިހާރު […]