މުޒާހަރާ ހޫނުވެ ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

ރައްޔިތުންގެ ބާރުވެރިކަން ކަނޑުވާލައި ހުދުމުހުތާރު ވެރިކަމެއް ކުރަމުންދާތީ އަޑު އުފުލުމަށް އެމްޑީޕީން ބާއްވަމުން ގެންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން ރޭ ބޭއްވި މުޒާހަރާއިން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްފިއެވެ. މި މުޒާހަރާގައި ހައްޔަރުކޮށްފައިވަނީ އެމްޑީޕީގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ރައީސް އިބްރާހީމް އަބްދުالله އާއި، މައްޗަން ގޮޅީ މެދުދާއިރާގެ ރައީސް އަހުމަދު ޝަޒީނެވެ. އެ ދެމީހުން މިވަން ކުރުމަށް ގޮވާލަމުން ދަނިކޮށް ޝަޒީން ވަނީ ދޫކޮށްލައިފައެވެ. އިބްރާހީމް އަބްދުﷲ ހިފެހެއްޓީ މުޒާހަރާގެ ތެރެއިން ފުލުހަކަށް […]
އަނިޔާކުރިޔަސް ފަހަތަކަށް ނުޖެހޭނެ: ފައްޔާޒު

ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ނާގާބިލު ސަރުކާރެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ މިސަރުކާރުން ވަނީ ރައްޔިތުންގެ އެތަށް ހައްގެއް ފޭރި ރައްޔިތުން ބިކަކޮށްފައި ކަމަށެވެ. މި އަނިޔާވެރިކަމާ ދެކޮޅަށް އެމްޑީޕީގެ މެންބަރުން އަބަދުވެސް ނުކުންނާނޭ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. ”ރައީސް މުއިއްޒު ކިތަންމެ ވަރަކަށް ހައްޔަރުކުރިއަކަސް އަނިޔާކޮށް ބިރުދެއްކި ކަމުގައި ވިޔަސް މި ޕާޓީގެ މެންބަރުން ފަހަތަކަށް ނުޖެހޭނެ. މައްޗަންގޮޅި ދެކުނު ދާއިރާގެ ރައީސް އިބްރާހީ […]
އަންހެނުންގެ ދުވަހުގެ މުނާސަބާގެ ބައިސިކަލް ބުރު

އިންޑިއާގައި އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ މުނާސަބާގައި އިއްޔެ މުޅި އިންޑިއާގައި ބައިސިކަލް ދުއްވުން ބާއްވައިފިއެވެ. ދިއްލީގައި ބޮކްސިން ކުޅުންތެރިޔާ މަނީޝާ މައުން އާއި ޓެނިސް ކުޅުންތެރިޔާ އަންކިތާ ބަމްބްރީ ފަދަ ތަރިން ހިމެނޭ ގޮތަށް 400 އަށް ވުރެ ގިނަ ފަރާތްތައް ބައިސިކަލުގައި މަގުތަކުގައި ދުއްވިއެވެ. އިންޑިއާގެ ސައިކްލިން ފެޑެރޭޝަނާ ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 3 ކިލޯމީޓަރުގެ ”ޕިންކް ސައިކްލޮތޯން“ ޖޯއީ ރައިޑެއް ކުރިއަށް ގެންގޮސްފައި ވެއެވެ. އަދި ދުވަހުގެ ޝަރަފް ވެރި މެހުމާނަކީ، […]
