މާލޭގެ ޑެޕިއުޓީ މޭޔަރު އިސްތިއުފާ ދެއްވައިފި

މާލެގެ ޑެޕިއުޓީ މޭޔަރު ކަމުންނާއި، މާލެ ސިޓީގެ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލް މެމްބަރު ކަމުން އަޙްމަދު ނަރީޝް އިސްތިއުފާ ދެއްވައިފިއެވެ. އިސްތިއުފާ ދެއްވުމަށްފަހު ނަރީޝް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްތިއުފާ ދެއްވީ ޤައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ޚިދުމަތް ކުރުމުގެ ފުރުސަތު ލިބުމުން ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ހައިސިއްޔަތެއް ކަމެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ. ނަރީޝް އިސްތިއުފާ ދެއްވައި މާލެގެ މޭޔަރ އާދަމް އާޒިމަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި މާލެގެ […]
ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް އިތުރު ދެ ޕަމްޕް ގެނައުމަށް ނިންމައިފި

ބޯކޮށް ވަރޭވެވޭ ދުވަސްވަރު މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް، އިތުރު ގްލޯބަލް ދެ ޕަމްޕު ގެނައުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. ކައުންސިލުން ބުނީ އިތުރު 2 ޕަމްޕުގެންނަން ނިންމީ މިއަދު ކުރިއަށް ދިޔަ ކައުންސިލްގެ 4 ވަނަ ދައުރުރުގެ 187 ވަނަ ރަސްމީ ޢާންމު ޖަލްސާގައި ކަމަށެވެ. މިއަދުގެ ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުން، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، އަލަށް ގެނައުމަށް ނިންމާފައިވާ ޕަމްޕުތައް ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ، ހެންވޭރު […]
ފެބުރުވަރީ މަހު މީރާއަށް 2.47 ބިލިއަން ރުފިޔާ

ހުސްވި ފެބުރުވަރީ މަހު މީރާއަށް 2.47 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %5.4 އިތުރު އަދަދެކެވެ. އަދި، ފެބުރުވަރީ 2025 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %5.1 އިތުރު އަދަދެއް ކަމަށް މީރާއިން ވަނީ ބުނެފައެވެ. މީރާއިން މައުލޫމާތުދިން ގޮތުގައި، ފެބުރުވަރީ 2024 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ފެބުރުވަރީ 2025 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ލީސް ޕީރިއަޑް އެކްސްޓެންޝަން […]
އިހުތިޖާޖު ކުރުމުގެ ހައްގަށް ސަރުކާރުން ދަނީ އަރައިގަންނަމުން: މައުރޫފް

ރައްޔިތުންގެ މަޖިލިސް ތެރެއިން ސަރުކާރު ޒިންމާދާރު ކުރުވުމަށް ހުރި ގޮންޖެހުންތަކުގެ ސަބަބުން އެކަން ކުރަން އިހުތިޖާޖު ކުރަން ނުކުތުމުން އެކަން ހުއްޓުވަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް އެމްޑީޕީން ބުނެފިއެވެ. މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެޕާޓީގެ ނާއިބު ޕީޖީ ލީޑަރ މައުރޫފު ޒާކިރު ވިދާޅުވީ މަޖިލިސް ތެރެއިން އެކަން ނުވެގެން މަގުމައްޗަށް ނުކުމެ ހަރަކާތްރިވާން ފެށުމުން ފުލުހުން މެދުވެރިކޮށް ސަރުކާރުން ގެންދަނީ އިހުތިޖާޖު ކުރާ މީހުންނަށް ހުރަސް އަޅަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިހުތިޖާޖުގައި […]
އިންޑިއާގެ މަނަވަރު މޮރިޝިއަސްގައި

އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރު އިމްފަލް ގެ ފުރަތަމަ ދަތުރުގައި މޮރިޝިއަސްގެ ޕޯޓް ލުއިސްގައި ބަނދަރުކޮށްފިއެވެ. މި މަނަވަރުގެ ދަތުރަކީ، މޮރިޝަސްގެ 57 ވަނަ ގައުމީ ދުވަސް ފާހަގަކުރުމުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެ ވަޑައިގަންނަވާތީ ކުރާ ދަތުރެއް ކަމަށް އިންޑިއާގެ އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބުންޏެވެ. މި މަނަވަރު މޮރިޝިއަސްގައި މާޗް 14 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ. އަދި އެ މުއްދަތުގައި، މޮރިޝިއަސް ސިފައިންނާއެކު ޓްރެއިނިން ބާއްވައި ކުޅިވަރު އިވެންޓްތަކާއި ކޮމިއުނިޓީ އައުޓްރީޗް ޕްރޮގްރާމުތައް […]