މުސްލިމުންގެ ދައުރު އިންޑިއާގެ މިނިވަންކަމުގައި

އިންޑިއާގެ މިނިވަންކަމުގައި މުސްލިމުން ވެފައިވާ ގުރުބާނީތަކާ ބެހޭ ގޮތުން، އިންޑިއާގެ ޕާލަމެންޓްގައި ކޮންގްރެސްގެ ޑެޕިއުޓީ ލީޑަރު ގައުރަވް ގޯގޯއީ ތަފްސީލުކޮށް ވާހަކަ ދައްކަވައިފިއެވެ. އޭނާ ވާހަކަ ދެއްކެވީ މުސްލިމުންގެ ވަގުފު ބިންތައް އިސްލާޙު ކުރުމުގެ ނަމުގައި އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީން ހުށަހެޅި ބިލާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ، މި ބިލް މިހާރު ވަނީ ފާސްކޮށްފައެވެ. ގޮގޯއި ވަނީ އިންޑިއާގެ މިނިވަންކަމުގެ ހަރަކާތުގެ ދުވަސްވަރު ބީޖޭޕީގެ ލީޑަރުންގެ ލަދުވެތި ތާރީހު ވެސް ވެރިކަންކުރާ ބާތިޔާ ޖަނަތާ ޕާޓީ […]