އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް ބާއްވަން ނިންމައިފި

މިއަހަރުގެ އޮގަސްޓު 15 ގެ ކުރިން އާދަޔާ ޚިލާފު ކޮންގްރެސް އެއް ބާއްވަން އެމްޑީޕީން މިރޭ ފާސްކޮށްފިއެވެ. މިރޭ އެޕާޓީގެ އޮފީހުގައި ބޭއްވި ގައުމީ މަޖިލިހުގެ ޖަލްސާއިން މިގޮތަށް ފާސްކުރީ ބައިވެރިންގެ އިއްތިފާގުންނެވެ. އެމްޑީޕީން އާދަޔާ ޚިލާފު ކޮންގްރެސްއެއް ބާއްވަން މިރޭ ފާސްކުރީ މިއަހަރުގެ އޮގަސްޓުގެ ކުރިން ކޮންގްރެސް ބާއްވާނޭ ކަމަށް ޗެއާޕާސަން ފައްޔާޒު ވިދާޅުވެފައި ވަނިކޮށްގެންނެވެ. މިދުވަސްކޮޅަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓާމެދު އާންމު ބައެއް މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވާ ދުވަސްވަރެކެވެ. މިހާލަތުގައި ރައީސް ނަޝީދު […]
ސަނާބިލް ޢިމާރާތުގެ ބިންގާ އަޅައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް ޢިމާރާތްކުރަން ފެށުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ. ސަނާބިލް ބިލްޑިންގ ކޮންސްޓްރަކްޝަން ސައިޓް، (ލޮޓް ނަންބަރު 11528)ގައި މިއަދު ހަވީރު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް ޢިމާރާތްކުރަން ފައްޓަވައިދެއްވުމުގެ ގޮތުން ކޮންކްރީޓް އަޅުއްވައިދެއްވާފައެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް މަޝްރޫޢަކީ އެ ޔުނިވަރސިޓީއަށް ދެމެހެއްޓިނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ގޮތުން ހިންގޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ޔުނިވަރސިޓީގެ ބިމެއްގައި 7 […]
ފޭދޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

އައްޑޫ ސިޓީ ފޭދޫ ލިންކު ރޯޑުގައިި ހިނގި އެކްސިޑެންޓެއްގައި 37 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ. ސައިކަަލަކާއި ކާރެއް ޖެހިގެން ހިނގި މި އެކްސިޑެންޓުގައި މަރުވެފައިވަނީ ސައިކަލް ދުއްވި މީހާއެވެ. އޭނާއަކީ ފޭދޫޫ، އުލްފަތު، އިބްރާހީމް ސިޔާދު ކަމަށް ފުލުހުން ބުނެފައިވެއެވެ. އެކްސިޑެންޓުގެ ރިޕޯޓު ފުލުހަށް ލިބިފައިވަނީ މިރޭ 19:39 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ. އެކަސިޑެންޓަށްފަހު ސިޔާދުު ހޮސްޕިޓަކަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ. މިއެކްސިޑެންޓުގައި ކާރު ދުއްވީ […]
ޤުރުބާނީ (ބާވީސްވަނަ ބައި)

”ކީއްވެ އަހަރެންގެ ނަމުން އޭނާއަށް ނަންދިނީ؟“ ޝަހާ ކޮންމެވެސް ވަރަކަށް ހިތް ނުތަނަވަސްވާގޮތް ވިއެވެ. ”ސާބަސް ޝަހާ، ވެދާނެއެއްނު ޝަހާގެ ނަން ފައިސަލްއަށް ރީތީ ކަމަށްވެސް. އެއީ ދޯ އަސްލު ސަބަބަކީ ފައިސަލް،“ ޝަހާގެ ހާސްކަން ފިލުވާލަން ފާތުން މަސައްކަތް ކުރިއެވެ. ”އެކަމަކު އަހަރެންނަކަށްވެސް ނުވިސްނުނު ދުނިޔޭގަ އެތައް ބައިވަރު މުސްލިމް ނަންތަކެއް ހުރިއިރުވެސް ޝަހާގެ ނަމުން ފައިސަލްގެ ވައިފްއަށް.. ސޮރީ އެކްސް ވައިފްއަށް ނަން ދޭން ޖެހުނު ސަބަބެއް.“ އަޙްސަންވެސް އިތުރަށް އޮޅުންފިލުވަން ބޭނުންވި ކަހަލައެވެ. […]