ޒަކާތުފަންޑުގެ ސްކޮލަރޝިޕް މިހަފްތާގައި އިއުލާން ކުރަނީ

ޒަކާތުފަންޑުގެ ސްކޮލަރޝިޕް މިހަފްތާގައި އިއުލާން ކުރެވޭވަރުވާނޭ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ޒަކާތުފަންޑުން ހުޅުވާލާ ސްކޮލަޝިޕްތަކުގެ ތެރޭގައި އިސްލާމީ އިލްމުގެ ތެރެއިން މުހިންމު އެތައް ދާއިރާތަކުން މާސްޓަރސް އާއި، ޕީއެޗްޑީގެ ފުރުސަތު ހުޅުވިގެންދާނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މެޑިސިންގެ ދާއިރާއިން ވެސް ފުރުސަތު ހުޅުވާލެވިގެންދާނެއެވެ. އޭގެ ތެރޭގައި ސުޕަރ ސުޕެޝަލިސްޓުން ނެތް މުހިންމު ދާއިރާތަކުން ފުރުސަތު ހުޅުވާލެވޭނޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ. މިނިސްޓަރ ވިދާޅުވެފައިވަނީ ސްކޮލަރޝިޕްތަކަށް ފަންޑުކުރާނީ ޒަކާތުފަންޑުގެ […]

އެމްޑީޕީ ޑަބްލިޔުޑީސީ މެންބަރުންގެ ވިންގު އިފްތިތާހު ކޮށްފި

އެމްޑީޕީގެ ޑަބްލިއުޑީސީ މެންބަރުންގެ ވިންގު މިއަދު އިފްތިތާހު ކޮށްފިއެވެ. މިއީ އެ ޕާޓީގެ އިދާރީ ހިންގުމަށް މިހާރު ގެންނަމުންދާ އިސްލާހީ ބަދަލުތަކުގެ ތެރެއިން ކުރި ކަމެކެވެ. މީގެ ސަބަބުން ޑަބްލިއުޑީސީ މެންބަރުންގެ ބައިވެރިވުން ޕާޓީގެ ތެރޭގައި އިތުރުވެގެންދާނެއެވެ. މިއީ މުޅިން އަލަށް އެޕާޓީން ކުރިކަމެކެވެ. ޕާޓީގެ އިދާރީ ހިނގުމުގެ އޮނިގަނޑަށް މިހާރު ގެންދަނީ ބޮޑެތި ބަދަލުތައް ގެންނަމުންނެވެ. އޭގެ ސަބަބުން ޕާޓީ އިތުރަށް ވަރުގަދަވެގެންދާނޭ ކަމަށް އުންމީދު ކުރާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އެމްޑީޕީން ވަނީ […]