މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު އަވަހާރަވެއްޖެ، ރައީސް ވަނީ ތައުޒިޔާ ވިދާޅުވެފައި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޢަބްދުﷲ އަޙްމަދު ބަދާވީ އަވަހާރަވެއްޖެއެވެ. އެނިކުފާނު އަވަހާރަވުމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަނީ އެގައުމުގެ މިހާރު ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. މެސެޖުގައި ރައީސް ވިދާޅުވެފައިވަނީ މަރުޙޫމް އަބްދުالله އަޙްމަދު ބަދާވީއަކީ އެ މަނިކުފާނުގެ ޙަޔާތްޕުޅުގެ ބޮޑު ބައެއް، ޢާންމު ޚިދުމަތާއި މެލޭޝިއާގެ ކުރިއެރުމަށް ޚާއްޞަކުރެއްވި ޝަރަފުވެރި ބޭފުޅެއް ކަމަށެވެ. އެފަދަ ބޭފުޅަކު އަވަހާރަވުމުން ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމުގައި ރައީސް ވިދާޅުވެފައިވެއެވެ. އަދި މެލޭޝިޔާގެ އިޤްތިޞާދީ ކުރިއެރުމަށް، […]

އިޒްރޭލް ޕާސްޕޯޓު މަނާކުރަން ކޮމިޓީން ފާސްކޮށްފި

ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ކުރިއަށްގެންދާ ލާއިންސާނީ އަމަލުތައް ހުއްޓާލަންދެން އިޒްރޭލް ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ފާސްކޮށްފިއެވެ. އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަނަށް 30 މެއި 2024 ގައި މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. އޭނާގެ ބިލުގައި ހުށަހަޅާފައިވަނީ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުންގެ ގޮތުގައި ”އިޒްރޭލް ޕާސްޕޯޓް […]

ސާކު ވަޅޯ ވެފައި އެކަމަކު ބިމްސްޓެކް ކުރިއަށް

ދެކުނައި ދެކުނު އިރުމަތީ އޭޝިއާގައި އިންޑިއާގެ ޑިޕްލޮމެޓިކް އެންގޭޖުމަންޓު ކުރިއަށް ދާކަން ފާހަގަވެގެން ދަނީ، ދާދި ފަހުން މޮދީ ތައިލެންޑާއި ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުންނެވެ. ތައިލެންޑުގައި މޯދީ ވަނީ ބެންކޮކްގައި ބޭއްވި ހަ ވަނަ ބިމްސްޓެކް ސަމިޓްގައި ބައިވެރިވެވަޑައިގެން، ކެޕޭސިޓީ ބިލްޑިންގ، ޑިޒާސްޓާ މެނޭޖްމަންޓް، އަދި ޑިޖިޓަލް އިންފްރާސްޓްރަކްޗާ އަށް ”ޕްރޮސްޕެރަސް، ރެސިލިއަންޓް، އެންޑް އޯޕަން ބިމްސްޓެކް“ ޝިއާރުގެ ދަށުން ކުރިއަށް ގެންދާނެ ކަންކަން އިއުލާން ކުރައްވާފަ އެވެ. އިންޑިއާ އާއި ތައިލެންޑުން ވެސް ވަނީ ސްޓްރެޓެޖިކް […]

މަޑުލު ވަހީދު އަވަހާރަ ވެއްޖެ

ދިވެހިބަހާއި އަދަބިއްޔާތާއި، ނޫސްވެރިކަމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މަޑުލު މުހައްމަދު ވަހީދު އަވަހާރަށް ވެއްޖެއެވެ. އަވަހާރަވީ ގިނަދުވަސްތަކެއް ވަންދެން އަލާސްކަންފުޅާ އުޅުއްވުމަށްފަހު މިއަދުއެވެ. އަވަހާރަވީ އައީޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށްނެވެ. އޭރު އުމުރުންފުޅުން 77 އަހަރެވެ. ވަހީދަކީ ރާއްޖޭގައި ނޫސްވެރިކަން ތަރައްގީ ކުރުމަށް ނޫސްވެރިން ތަމްރީން ކުރުމުގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އަދި ވާހަކަ ލިޔުމުގެ ހުނަރުވެސް އެތައް ބަޔަކަށް ދަސްކޮށްދެއްވި ބޭފުޅެކެވެ. ވަހީދަކީ 1985 ވަނަ އަހަރު ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ […]

ދިވެހީންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހިބަސް: ރައީސް

ދިވެހީންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހިބަސް ކަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ދިވެހިބަހުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުވަމުން އެމަނިކުފާނު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ”ދިވެހީންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހިބަސް،“ ކަމުގައެވެ. ރައީސް ވިދާޅުވެފައިވަނީ ”ކޮންމެ އަހަރެއް، ދަހަރެއް، ސައްތައެއް، ސާސްކަފެއްވެސް ދިވެހީން ކަޑައްތުކުރާނީ ދިވެހިބަހަށް އިސްކަންދެމުން،“ ކަމަށެވެ. ޒަމާނުގެ ކޮންމެ ފުރޮޅުމަކާއި ކުރިއެރުމަކާއި ފައިހަމަކުރަމުން، ދިވެހިބަސް ދިރެމުން އާލާވަމުން ދިއުމުގެ ފޮނި އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.