އީސީން ނުކުރާ ޚަރަދެއް ކުރިކަމަށް ފިނޭންސުން ބުނެފި

އިލެކްޝަންސް ކޮމިޝަނުން ނުކުރާ ޚަރަދެއްކުރި ކަމަށް ބުނެ މިނިސްޓްރީއޮފް ފިނޭންސް އެންޑް ޕްލޭނިން އިން ރިޕޯޓު ނެރެފިއެވެ. އެކަން އެގޮތަށް ކޮށްފައިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވަނީ އެޕްރީލް 15 ގައި ހާމަކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުގައެވެ. އެއަށް ރައްދު ދެއްވައި އީސީން މިއަދު ބުނެފައިވަނީ އެކޮމިޝަނުން 2025 އެޕްރީން 10 ގެ ނިޔަލަށް ޖުމްލަ 35.9 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައި ބުނެފައިވަނީ މިއަހަރަށް ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ކަނޑައަޅާފައިވާ ދައުލަތަށް […]

ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމް ފޭލިވެއްޖެ

ދިވެހިރާއްޖެގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމް ފޭލިވެއްޖެ ކަމަށާއި އެކަމުގެ ޒިންމާ ޑރ. މުހައްމަދު މުއިއްޒުފެ ސަރުކާރުން އުފުލަން ޖެހޭނޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ މެދު އިދާރާތަކުން އެތަކެއް އިހުމާލެއް ވަމުންދާ ކަމަށާއި އެ ފަރާތްތަކުގެ ހައްގުގައި ވަކާލާތު ކުރަން ރައްޔިތުންގެ މަޖިލީހުން ވެސް ދަނީ ދެކޮޅު ހަދަކުން ކަމަށް ފައްޔާޒު ވިދާޅުވެފައިވެއެވެ. އެކަން އެހެން ވުމަކީ  ލަދުވެތި ކަމެއް ކަމަށް އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ. ތެރެޕީ ބޭނުންވާ […]

ދަރިވަރުންތަކެއްގެ ބޯ ކޮށުވި މައްސަލައެއް އެޗްއާރުސީއެމަށް

ބެލެނިވެރިންނަށް އެންގުމަކާ ނުލައި، އިސްކަންދަރު ސްކޫލުގެ މެނޭޖުމެންޓުން މަޖުބޫރު ކޮށްގެން އެ ސްކޫލް ދަރިވަރުންތަކެއްގެ ބޮލާއި ތުނބުޅި އާއި، މަތިމަސް ގަދަކަމުން ކޮށުވި މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗުއާރުސީއެމް) އިން ބަލަން ފަށައިފިއެވެ. އެ މައްސަލަ ބަލަމުންދާ ކަން އެޗްއާރުސީއެމުން ވަނީ ކަށަވަރުކޮށްދީފައެވެ. އެޗްއާއުސީއެމުން ބުނީ އެ މައްސަލައިގައި ކަމާ ގުޅުންހުރި އިދާރާތަކުން އަމަލުކުރާ ގޮތް ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ. މިއީ މިދިޔަ ހޮނިހިރު ދުވަހުގެރޭ އޮތް އެ ސްކޫލުގެ ގްރެޖުއޭޝަން ފެށެން ބައިގަޑިއެއްހާއިރަށްވެފައި […]

މަންދިއާއި ފައްޔާޒާއި އެމްޑީޕީއަށް މެޑަމް ސާޖިދާ ދައުވާކޮށްފި

އެމްޑީޕީން ބޭއްވި ހިނގާލުމުގެތެރެއިން

ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ފަރާތުން، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި، އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ގެ މައްޗަށް ދައުވާކުރަން ފެމިލީ ކޯޓަށް ހުށަހަޅައިފިއެވެ. އެމްޑީޕީން މިދިޔަ މާޗު މަހުގެ ކުރީކޮޅުގައި ބޭއްވި މުޒާހަރާއެއްގައި ވާހަކަދައްކަވަމުން މާންދީ ބުނެފައިވަނީ ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އެ މަނިކުފާނުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު ވޭޕް ބޭނުންކުރައްވާތީ ކަމަށެވެ. ފަސްޓް ލޭޑީގެ ގާނޫނީ ވަކީލު، ކުރީގެ […]

ރަޝިޔާ ސަފީރުގެ ރައްދު ކުރުސީއަށް

ރާއްޖެއަށް ރަޝިޔާއިން ކަނޑައަޅާފައިވާ ސަފީރު ލީވާން ޑަގާރިއަން ވިދާޅުވަނީ ހަސަން ކުރުސީއަކީ ކާކުކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ސަފީރު ޑަގާރިއާން އެވާހަކަ ވިދާޅުވެފައި ވަނީ ރަޝިޔާގެ އެމްބަސީން ކޮށްފައިވާ ޓުއީޓެއްގައެވެ. ”މިކަމުގެ ފަހަތުގައި ކުރިން ސަރުކާރުގައި އުޅެފައިވާ، މިހާރު ޔޫރަޕްގައި ފިލާހުރި، މަތީ ފެންވަރުގެ ސިޔާސީ މީހަކު، އުޅޭކަން އަހުރަމެންނަށް ނިކަން ސާފެވެ.“ ޑަގާރިއަންގެ ޓުއީޓް ނިންމަވާ ލައްވަމުން ވިދާޅުވެފައިވެއެވެ. މީސްމީޑިއާގައި ވާހަކަ އުފައްދާ ކުރުސީ ވަނީ، ރަޝިޔާއިން ރާއްޖެ މަގުން، ވަގަށް އެރޯފްލޮޓް މެދުވެރިކޮށް، ސެމީކޮންޑަކްޓަރ ބޭރުކުރަނީ […]

ޕާކިސްތާންގެ ގޭންގް ރޭޕް މައްސަލަތާ ދެކޮޅަށް ފިޔަވަޅު އަޅަނީ

މުޅި ޕާކިސްތާނުގައި ގޭންގް ރޭޕްގެ މައްސަލަތައް އިތުރު ވުމުން އެކަން ހައްލު ކުރުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ފަށާފައި ވެއެވެ. ޕާކިސްތާނުގެ ދާޚިލީ ވުޒާރާއިން 2025 ވަނަ އަހަރަށް ހާމަކުރި ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު 2،142 ގޭންގް ރޭޕް ހިނގާފައި ވެއެވެ. އަދި ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ 4،472 މައްސަލަ ރިޕޯޓްކޮށްފައި ވެއެވެ. ޕަންޖާބު ޕްރޮވިންސުގައި އެކަނި ވެސް 2،046 ގޭންގް ރޭޕް ގެ މައްސަލަ ފާހަގަ ވެފައި ވެއެވެ. […]