މާލެ ސިޓީ ކައުންސިލުން ސްކޮލަރޝިޕްތަކެއް ހުޅުވާލައިފި

މާލެ ސިޓީ ކައުންސިލުން މާލެ ސިޓީގެ ރައްޔިތުންނަށް، 50 ސްކޮލަރޝިޕްގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މިއީ މަސައްކަތްތެރިކާމާއި ފަންނީ ތަމްރީނު ހޯދުމަށް ތަފާތު ހަ ދާއިރާ އަކުން ހުޅުވާލި ސްކޮލަރޝިޕްތަކެކެވެ. މި ފުރުޞަތުތަކަކީ މާލެ ސިޓީ ކައުންސިލާއި، ސްޓްރޯންގް ސިޓީސް ސައުތު އޭޝިއާ ރީޖަނަލް ހަބާ އެކު ވެފައިވާ އެއްބަސް ވުމެއްގެ ދަށުން މާލެ ސިޓީ ކައުންސިލުން ހޯދާފައިވާ ފުރުޞަތުތަކެއް ކަމަށްވެސް ބުނެފައިވެއެވެ. ސްކޮލަރޝިޕްގެ މިފުރުސަތު ހުޅުވާފައިވަނީ 15 އޭޕްރިލް 2025 ވަނަ ދުވަހުއެވެ. ސްކޮލަރޝިޕް ފުރުޞަތު […]

ކޮންމެ ދުވަހަކު 30 ޓަނަށް ވުރެ ގިނަ ކުނި ނެގޭ: މޭޔަރ ޢާޒިމް

މާލެ ސިޓީ ސާފުތާހިރިކޮށް ބޭއްވުމަށް، ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ދުވާލަކަށް 30 އާއި 40 ޓަނާ ދެމެދުގެ ކުނި ނެގޭ ކަމަށް، މާލޭސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. އެސްއެސް ޓީވީގެ ”ބާރު ހަތަރެއް“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޭޔަރ ވިދާޅުވީ މާލެއާއި ވިލިމާލެ ސާފު ތާހިރުކޮށް ބޭއްވުމަށް، ކައުންސިލްގެ މުވައްޒަފުން ކޮންމެ ދުވަހެއްގެ ހެނދުނުން ފެށިގެން، ދުވަސް ނިމެންދެން ކުނި ނެގުމުގެ މަސައްކަތް ކުރާކަމަށެވެ. “ މާލެ އާއި ވިލިމާލެ ސާފުތާހިރުކޮށް ބޭވުމަށް ކޮންމެ […]

ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތްކުރަނިކޮށް ޒުވާނަކު ނިޔާވެއްޖެ

ފުވައްމުލަކު ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަމުންދިޔަ ޒުވާނަކު މިއަދު ނިޔާވެއްޖެއެވެ. ފުލުހުން ނިޔާވެފައިވަނީ ރ. އަލިފުށީ، އަބްދުﷲ ރިޝްދާން ނަމަކަށްކިޔާ ޒުވާނެއް ކަމަށެވެ. އޭނާގެ އުމުރަކު 27 އަހަރެވެ. އޭނާ މަސައްކަތްކުރާ ސައިޓުގައި ހުއްޓައި ޚަބަރު ހުސްވެގެން ވެއްޓުމުން ފުވައްމުލައް ސިޓީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ. މިމައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވަނީ މިއަދު 12:11 ގައި  ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓެއްގައި މަސައްކަތްކުރަން ހުއްޓާ އަނބުރައިގެން ވެއްޓިގެންކަން […]

ބަލޯޗީންނާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި

ޖާފަރު އެކްސްޕްރެސްގެ ހަމަލައަށްފަހު ޕާކިސްތާނުގެ ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓް (ސީޓީޑީ) އިން ބަލޯޗީ އެކްޓިވިސްޓުންނާ ދެކޮޅަށް ފިޔަވަޅުތައް އެޅުން އިތުރު ކޮށްފިއެވެ. ސީޓީޑީން ވަނީ ކުއެޓާގައި ހިންގާ ބަލޫޗް ޔަކްޖެހްތީ ކޮމިޓީ (ބީވައިސީ) ގެ އެކްޓިވިސްޓް ބީބޯ ބަލޫޗްގެ ގެއަށް ރެއިޑްކޮށް އެތައް ބަޔަކު ހައްޔަރުކޮށްފައެވެ. ސީޓީޑީން ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ބީބޯ ބަލޫޗްގެ ބައްޕަ މާމާ ޣަފާރު ޤަމްބަރާނީ ހިމެނެއެވެ. އޭނައަކީ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ މީހެކެވެ. ބަލޯޗީން ސިފަކުރި ގޮތުގައި […]

ލޭޒާ ބޭނުންކޮށްގެން ޑްރޯނަށް ހަމަލަ ދޭ ނިޒާމެއް ތައާރަފް ކޮށްފި

އިންޑިއާގެ ޑިފެންސް ރިސަރޗް އެންޑް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން (ޑީ.އާރް.ޑީ.އޯ) އިން ތައްޔާރުކޮށްފައިވާ ބާރުގަދަ ލޭޒަރް ގެ މައްޗަށް ބިނާކޮށްފއިވާ ޑައިރެކްޓެޑް އެނަރޖީ ވެޕަން (ޑީ.އީ.ޑަބްލިއު) ހަތިޔާރު ކާމިޔާބުކަމާއެކު ތަޖުރިބާކޮށްފިއެވެ. ކުރްނޫލްގައި ތަޖުރިބާކުރެވުނު މި ޓެސްޓްގައި އުޅަނދެއްގައި ހަރުކޮށްފައިވާ އެމް.ކޭ-II(އޭ) ސިސްޓަމުން ޑްރޯނެއް ނައްތާލާފައި ވެއެވެ. އަދި ގިނަ އަދަދެއްގެ ޑްރޯންތަކަށް އެއްފަހަރާ ހަމަލަދީ، އޭގެ އޮނިގަނޑުތަކާއި ސެންސަރުތަކަށް ގެއްލުން ދިނުން ކާމިޔާބު ކަމާއެކު ޓެސްޓް ކުރެވުނެވެ. މި ތަޖުރިބާއިން އިންޑިއާ ވަނީ އެމެރިކާ، ރަޝިއާ އަދި ޗައިނާ […]