ފިރުއައުނުގެ ވެރިކަމުގައި ޔަހޫދީން ދުނިޔެއިން ބާކީ ވެގެނެއް ނުދޭ

ޣައްޒާގައި ހިނގަމުންދާ ނަސްލު ނައްތާލުމުގެ ސަބަބުން އިޒްރޭލުގެޒަޔަނިސްޓު ހަންފެތުރުމާ ދެކޮޅަށް ކުރާ އާންމު ހަރަކާތްތައް ބައިނަލްއަގްވާމީ މައިދާނުގައި ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ފަލަސްތީނަށް ތާއީދުކުރާ މީހުންގެ އެއްބައިވަންތަކަމުގެ ފިޔަވަޅެއްގެ ގޮތުން ޕާސްޕޯޓްގައި ”އިޒްރޭލަށް ދިއުން ފިޔަވައި“ ފަދަ އިބާރާތް އަލުން ޖަހަން ފެށުމާއި އިޒްރޭލު ޕާސްޕޯޓުތައް މަނާ ކުރުން ފަދަ ކަންކަން ކުރަން ފަށާފައި ވެއެވެ. އިޒްރޭލުގެ ޖަރީމާތައް ކުށްވެރިކޮށް، ބަންގާޅުގައި އެއް މިލިއަނަށް ވުރެ ގިނަ މީހުންގެ ބައިވެރިވުމާއެކު ވެރިރަށް ޑާކާގައި ވަނީ ބޮޑު […]
އޭސީގެ ފިނިކަން ފަންސަވީސް ޑިގްރީއަށްވުރެ ދަށްނުކުރޭ: ސްޓެލްކޯ

އޭސީ ފަދަ ތަކެތި ބޭނުންކުރާއިރު، އޭގެ ފިނިކަން 25 ޑިގްރީއަށްވުރެ ދަށް ނުކުރުމަށް ސްޓެލްކޯއިން މިއަދު އަންގައިފިއެވެ. އޭގެ އިތުރުން ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް އެކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ. އެކުންފުނިން މިކަމަށް އިލްތިމާސް ކުރީ މިދުވަސްވަރަކީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށްވުމާއެކު، އިހްސާސްކުރެވޭ ހޫނުމިން މަތިވަމުންދާކަން ފާހަގަކުރެވިފައިވާތީ ކަމަށްބުނެއެވެ. އެހެން ކަރަންޓު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އެކުންފުނިން […]
ނޭދެވޭ ބަލިތަކުން މުޖުތަމައު ސަލާމަތް ކުރުމަކީ އިލްމު ލިބިފައިވާ މީހުންގެ ޒިންމާއެއް: ރައީސް

ދިވެހި މުޖުތަމަޢުގައި ހުރި އެކި ކަހަލަ ނޭދެވޭ އިޖުތިމާޢީ ބަލިތަކުން މުޖުތަމަޢު ސަލާމަތް ކުރުމަކީ، ކޮންމެ ދާއިރާއަކުން ކަމުގައި ވީ ނަމަވެސް، ޢިލްމު ލިބިފައިވާ މީހުންގެ ޒިންމާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މިރޭ، އެ ޔުނިވަރސިޓީގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރިވެތި އަޚުލާޤުން ޖަރީވެފައިވާ މުޖުތަމަޢަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތްކޮށްފިނަމަ، މި ކުޑަކުޑަ ދިވެހި މުޖުތަމަޢު އިޞްލާޙުކުރެވޭނެ ކަމިގައެވެ. […]
ޤުރުބާނީ (ތޭވީސްވަނަ ބައި)
”އެއްވެސް ކަމަކުތަ ތި ގުޅީ؟“ އަޙްސަންއާއި ވާހަކަ ދައްކަން ވަރަށް ބޮޑަށް ބޭނުންވެފައި ހުރިކަހަލަ ރާގަކަށް ފާތުން ސުވާލުކޮށްލިއެވެ. ”ނޫނޭ، މާބޮޑުކަމެއް ނުވޭ. ހަމަ ހާލު ބަލައިލަން ބޭނުންވީ. މިއަދު ހޮސްޕިޓަލުން އައިގޮތަށް އެހާ ގިނައިރު އިނީމަ ވަރަށް ވަރުބަލިވެފަ ކަހަލަ ގޮތަކަށް ފެންނަން އިނީ. އެހެންވެ ބަލައިލީ.“ ފާތުންގެ ސުވާލަށް ވަރަށް ތަފްސީލީ ޖަވާބެއް އަޙްސަން ދިނެވެ. އެހެނަސް އަނެއްކޮޅުން ބުނާނެ އެއްޗެއް ނޭންގިފައި އިން ކަހަލައެވެ. އެހެނީ ރައްދުގައި ފާތުންގެ ފަރާތުން އެއްވެސް ކަހަލަ […]
