ދެ އިންތިޚާބު އެއްކޮށް ބޭއްވުމުގައި އިޚްލާސްތެރި ކަމެއްނެތް: ފައްޔާޒު

”ހަރަދު ކުޑަކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީސް އިންތިޚާބާއި ރިޔާސީ އިންތީޚާބު އެއްކޮށް ބޭއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނަން މަސައްކަތް ކުރައްވާ ބަދަލުގެ ފަހަތުގައި އެއްވެސް އިޚްލާސްތެރިކަމެއް ނެތް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ”ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވަކިވަކިން ބޭއްވުމަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ކޮންމެހެން ބޭނުންތެރި ސިފައެއް،“ ކަމަށެވެ. މި ދެ އިންތިޚާބު އެއްކޮށްލުމަކީ ސަރުކާރަށް ފާރަވެރި ޖަވާބުދާރީވުމަށް މަޖިލީހަށް އޮތް ޒިންމާ […]

ލައްކައަކަށްވުރެ ގިނަ ސިނގިރެޓު އަތުލައިގެންފި

ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު ލައްކައަކަށްވުރެ ގިނަ ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ވިދާޅުވެފައިވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން އިއްޔެގެ ވަގުތެއްގައެވެ. ކަސްޓަމްސްއިން ވިދާޅުވެފައިވަނީ އެތެރެކުރަން އުޅުނު ސިނގިރެޓުގެ ޖުމްލަ އަދަދަކީ 130،155 އެވެ. ގާނޫނަށް ގެނައި ބަދަލަށް ފަހު އެކިގޮތްގޮތުން ރާއްޖެއަށް ސިނގިރެޓު އެތެރެކުރަން މަސައްކަތްކޮށްފައިވެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތެރޭންވެސް ހުއްދަ ނެތި ސިނގިރޭޓް އެތެރެކުރަން އުޅުނު ދެ މީހަކުވެސް މިދިޔަ މަހުވަނީ އަތުލައިގެންފައިވެއެވެ. މީގެ އިތުރުން ޖެނުއަރީ […]

މަސްޖިދުއްނަބަވީގެ އިމާން މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު މާދަމާ ރާއްޖެ ވަޑައިގަންނަވާނެއެވެ. މިއީ އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅަކީ އިސްލާމީ އުއްމަތުގެ މަތީ މުހިއްމު ޝަހުސިއްޔަތުތައް ރާއްޖެ ގެންނެވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވުމުގެ ހުއްދަ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް ދެއްވީ ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި ކަމަށް ”ސަރުކާރު“ […]

ރައީސްގެ ވާހަކަފުޅަށް ހެކިވަމުން، ތާރިގުގެ ސުވާލެއް ރައީސަށް

ދުނިޔޭގެ ތަރިކައިގެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވާހަކައަށް ހެކިވާކަމަށް ކުރީގެ ސްޓޭޓު މިނިސްޓަރ އޮފް ހެރިޓޭޖު މުހައްމަދު ތާރިގު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ތަރިކައިގެ ދުވަހު ރައީސް ވިދާޅުވެފައިވަނީ “ ގައުމިއްޔަތުގެ އެއް ބަޔަކީ ކާބަފައިން ވާރުތަކޮށްދިން އާސާރުތައް. ގައުމެއްގެ ގޮތުގައި ދިވެހީންނަށް ދެމިތިބެވޭނީ މި އަގުހުރި ތަރިކަ ޙިމާޔަތްކޮށްގެން،“ ކަމަށެވެ. ތާރިގު މިއަށް ހެކިވަމުން ވިދާޅުވެފައިވަނީ ”ރައީސް މިފަހަރު ވިދާޅުވެފައި މިވަނީ ވަރަށްބޮޑު ތެދުފުޅެއް ކަމަށް އަޅުގަނޑު ހެކިވަން. ސުވާލަކީ މަނިކުފާނުގެ ސަރުކާރަށް […]

ކުޑަހުވަދޫ މިސްކިތާ ބެހޭގޮތުން މިނިސްޓަރު ނަސީރު ހެއްދެވީ އިތުރުފުޅު: ތާރިގު

ދ. ކުޑަހުވަދޫ މިސްކިތް މަރާމާތު ކުރެއްވިކަމަށް ވިދާޅުވެ މިނިސްޓަރ އާދަމް ނަސީރު އިބްރާހީމް އެޕްރީލް 16 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ހެއްދެވީ އިތުރުފުޅު ކަމަށް ކުރީގެ ސްޓޭޓު މިނިސްޓަރ ފޯރ އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖު މުހައްމަދު ތާރިގު ވިދާޅުވެއްޖެއެވެ. މަޖިލިސްގެ ޖަލްސާއެއްގައި މެންބަރަކު މިނިސްޓަރ އާދަން ނަސީރު އިބްރާހީމާ ކުރެއްވި ސުވާލެއްގެ ޖަވާބުގައި ވިދާޅުވީ ކުޑަހުވަހު މިސްކިތް މަރާމާތުކޮށް އާބާތުރު ފިލުވުމަށް މަސައްކަތްތަކެއް ކުރެވިފައިވާނޭ ކަމަށެވެ. އަދި މިފަދަ އެހެން ބައެއްކަންކަން ވެސް މިނިސްޓަރު […]