ސްކޭމް މައްސަލައެއްގައި މީހަކު ހޯދަން ފަށައިފި

ސްކޭމް މައްސަލައެއް  ތަހުގީގު ކުރުމަށް އެކަމާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ ދިވެހި ފިރިހެނަކު ހޯދަން ފަށައިފި ކަމަށް ފުލުހުން ބުނެފިއެވެ. މި މައްސަލގާއި ފުލުހުން ހޯދަމުންދަނީ ފަހުދު މުޙައްމަދު، ދަފްތަރު ނަންބަރު ދރ 416 / މާލެ (38އ) އެވެ. ފަހުދު މުހައްމަދު ހާޒިރުކުރަނީ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން އޭނާ ހޯދަމުންދަނީ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ ސްކޭމް މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން […]

އައިޑީކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް މިލަންދޫގައި ފަށައިފި

އައިޑީކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް ށ. މިލަންދޫގައި ފަށައިފި އެވެ. މިޚިދުމަތް އެރަށުގައި ފަށައިފައިވަނީ އެރަށުގެ ކައުންސިލާއި ނެޝަނަލް ރަޖިސްޓްރޭޝަން ގުޅިގެންނެވެ. ހޯމް  މިނިސްޓްރީން ބުނެފައިވަނީ އައިޑީކާޑަށް އެދި ހުށަހަޅާތާ 24 ގަޑިއިރުގެ ތެރޭގައި އެރަށުން މިހާރު ޚިދުމަތް ލިބޭނޭ ކަމަށެވެ. ސަރުކާރުން ބުނެފައިވަނީ މީގެ ކުރިން މާލެއިން އެކަނި ލިބޭ އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ގާތުން ދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅެއް ކަމަށެވެ. ނިމިދިޔަ ނޮވެމްބަރު […]

ކާމިޔާބީގެ ސިއްރަކީ، މިނިވަން ދައުލަތެއްގެ ގޮތުގައި ދެމިއޮތުން: ރައީސް

ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ ސިއްރަކީ، މިނިވަން ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުން ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ސިފައިންގެ 133 ވަނަ އަހަރީދުވަހާ ގުޅިގެން ކޮމާންޑަރއިން ޗީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއަށް ލިބިފައިވާ ”މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިންގެ ޖޯޝާއި، ޤުރުބާނީއާއި ނުގުޑާ ޢަޒުމުން،“ ކަމަށެވެ. އެހެންކަމުން ދިވެހި ސިފައިންގެ މުއައްސަސާއަށް ޚިދުމަތްކޮށްދެއްވާފައިވާ ބޭކަލުންނަށާއި މިހާރު ޚިދުމަތުގައި ތިއްބެވި އެންމެހާ ބޭކަލުންނަށް ސިފައިންގެ 133 […]

ސިފައިންގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފަޚުރުވެރި 133 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މިއަދު ހެނދުނު ހައެއްޖެހިއިރު  މިރަސްމިއްޔާތު ބާއްވައިފައިވަނީ ކަޅުތުއްކަލާކޮށީގައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނެވެ. މި ރަސްމިއްޔާތުގައި، ވަޒީރު ވަނީ ސިފައިންގެ 133 ވަނަ އަހަރު ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިޢާރުކަމުގައިވާ، ”ޤާބިލު އަސްކަރިއްޔާ-ޤައުމުގެ ފަޚުރު“ ހާމަ ކޮށްދެއްވާފައި ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ […]