ފައްޔާޒު ށަވިޔަންޏަށް، ޝާހިދު އަށްޑުއަށް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި، އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖޭގެ ދެ އަތޮޅަކަށް މަދަމާ ފުރާގޮތަށް ހަމަޖެހިއްޖެއެވެ. ފައްޔާޒު ވަޑައިގަންނަވަނީ ށ. އަތޮޅަށެވެ. ޝާހިދު ވަޑައިގެންނަވަނީ އައްޑޫ ސިޓީއަށެވެ. ފައްޔާޒުގެ ދަތުރު ކުރިއަށްދާނީ އެޕްރީލް 23 އިން 27 އަށެވެ. މިދަތުރުގައި ށ. އަތޮޅުގެ ހުރިހާ ރަށަކަށް ފައްޔާޒު ވަޑައިގަންނަވާނެއެވެ. ޝާހިދުގެ ވެސް އައްޑޫގެ ހުރިހާރަށަކަށް ވަޑައިގަންނަވާނެއެވެ. ޝާހިދުގެ ދަތުރު ކުރިއަށްދާނީ 23 އެޕްރީލުން 25 އެޕްރީލަށެވެ. މިއީ ޕާޓީގެ މެންނަރުންނާ ބައްދަލުކޮށް ޕާޓީގެ ހަރަކާތްތައް […]

އެމްޑީޕީގެ ކުއްލި ހަރަކާތް މިރޭ އަލުން ފަށަނީ

އެމްޑީޕީގެ ކުއްލި ހަރަކާތްތައް މިރޭ ފަށާނޭ ކަމަށް އެޕާޓީން ބުނެފިއެވެ. އަލުން މިފަށަނީ މިދިޔަ ރޯދަމަހުގެ ފަހުދިހައަށް މެދުކަނޑާލުމަށްފަހުގައެވެ. ރޯދަމަހަށް މެދު ކަނޑާލީ ވިދިވިދިގެން ތޭރަ ރޭ މުޒާހަރާ ކުރުމަށްފަހުގައެވެ. އެމްޑީޕީން ބުނެފައިވަނީ ސިޔާސީ ހަރަކާތްތައް މިރޭ އަލުން ފަށަނީ ”ފާލުން ނެއްޓިފައިވާ މި ސަރުކާރު ހަމަ މަގަށް އަޅުވަން“ ކަމަށެވެ. ހަރަކާތްތައް ފަށާނީ މިރޭ 20:30 ގައި އެމްޑީޕީ ހަރުގެ ކުރިމަތީން ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އަޅުގަނޑުގެ އެންމެ އިސްވާޖިބަކީ މިނިވަންކަން ހިމާޔަތް ކުރުން: ރައީސް

ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ދުވަހުން ފެށިގެން އަދި މިއަދާއި މާދަމާވެސް އެންމެ އިސް ވާޖިބެއްކަމުގައި ދެކެވަޑައިގަންނަވާނީ ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ހިމާޔަތްކޮށް، ރައްކާތެރިކޮށް، ކަށަވަރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ މިގައުމު އަމާނާތްތެރި ކަމާއެކު ކުރިއަށްއޮތް ޖީލުތަކަށް ފޯރުކޮށްދެއްވުމުގެ ވާޖިބު އަދާކުރެއްވުމުގައި އެންމެ މުހިންމު ބައިވެރިންނަކީ ދިވެހި ސިފައިންކަމަށެވެ. ރައީސް ވިދާޅުވީ ދިވެހި ޤައުމު ހިމާޔަތްކުރާނީ ހުރިހައި މާނައެއްގައިވެސް މިނިވަންކަން ކަށަވަރުކުރަމުންކަމުގައްޔާއި، އޭގެ […]