މިވަގުތު އެންމެ އިސަކަމެއްދެނީ ޔުމްނުގެ މައްސަލައަށް: މިނިސްޓަރ

ދިވެހި ފުލުހުންގެ މުއައްސަސާއިން މިވަގުތު އެއްމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތަކީ ގެއެއްގެ ނުވަނަ ބުރިން ވެއްޓިފައިވާ ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގު ކުރަން ކަމަށް ހޯމްލޭންޑު މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވެފައިވަނީ މިތަހުގީގުގެ ކަންކަމާއި އެންމެ އިސްކޮށް ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކަމިޝަނަރ އިސްމާއިލް ނަވީން ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރިއަށްދަނިކޮށް ސުވާލު އުފެދޭ އެތައް ކަމެއް ތިލަވެ ރައްޔިތުން ކެކިގަތުމުން ކުރީގެ ސީޕީ އަލީ ޝުޖާއު […]
ޓެރަރިސްޓުން ކަމަށް ބެލެވޭ މީހުންގެ ގެތަކަށް ބޮން އަޅަނީ

ޓެރަރިސްޓް އިންފްރާސްޓްރަކްޗާ ރޫޅާލުމުގެ މަގުސަދުގައި ކަމާބެހޭ ފަރާތްތަކުން ކުރި ވަރުގަދަ ރޭޑެއްގައި ޖައްމޫ ކަޝްމީރުގައި ޓެރަރިސްޓެއް ކަމަށް ޝައްކު ކުރެވޭ އެހެން މީހެއްގެ ގެ ގޮއްވާލައިފިއެވެ. މިއީ ޕަހަލްގަމް ހަމަލާގައި 26 މީހުން މމަރުވުމާ ގުޅިގެން ސެކިއުރިޓީ އޮޕަރޭޝަންގައި ގޮއްވާލި ގެތަކުން ގެއެކެވެ. މި ގެއަކީ، ޕާކިސްތާނުގެ ދަށުގައި އޮންނަ ކަޝްމީރުގެ ފާރޫގު އަހުމަދު ތަދުވާ ކިޔާ މީހެއްގެ ގެއެކެވެ. ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި އިންޑިއާ ސިފައިން ވަނީ ޓެރަރިސްޓުން ނޫނީ ޓެރަރިސްޓުންނާ ގުޅުންހުރި އެތައް […]
އިތުބާރު ހޯދަން ސަރުކާރުން މަސައްކަތްކުރުން ރަނގަޅު: ފައްޔާޒު

ޒުވާނުން އިސްވެ ތިބެ މިހާރު މާލޭގައި ކުރަމުންދާ މުޒާހަރާތައް ސިޔާސީކޮށް އެކަން އެމްޑީޕީ ބޮލުގައި އަޅުވަން ސަރުކާރާ ގުޅުންހުރި ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު ވިދާޅުވެފައިވަނީ މިކަން ސިޔާސީކޮށް އެކަމުގެ ބަދުނާމު އެމްޑީޕީގެ ބޮލުގައި އަޅުވަން އެގޮތަށް މަސައްކަތް ކުރުމަކީ ދެރަކަމެއް ކަމަށެވެ. މާލޭގައި ޒުވާނުން ކޮންމެރެއަކު މިހާރު ކުރަމުންދާ މުޒާހަރާތަކީ ސަރުކާރުގެ ސިއްރުތަކާއި ގޯސްކޮށް ކުރަމުންދާ ކަންކަމާމެދު އިޚްލާސްތެރިކަމާއެކު ޝުއޫރުފާޅުކުރުން ކަމަށެވެ. މިއިން ދައްކުވައިދޭ ބިރުވެރި ކަމަކީ ދައުލަތުގެ […]
ޖީޓީ ހަތެއް ލެޖެންޑްސް ސާކިޓް ގެ ސީޒަން އެކެއް ނިންމާލައިފި

އުރީދޫ ނޭޝަން އާއި ޑްރެގަން ޒޯން ގުޅިގެން ރާއްޖޭގެ އެންމެ މޮޅު ބައެއް ސިމް ރޭސަރުން އެއްތަނަކަށް ގެނެސް، ކުރިއަށް ގެންދިޔަ ގްރޭންޑް ޓިއުރިސްމޯ 7 ގެ ލެޖެންޑްސް ސާކިޓްގެ ސީޒަން އެކެއް ކާމިޔާބުކަމާއެކު ނިންމާލައިފި ކަމަށް އުރީދޫން ބުނެފިއެވެ. އެކުންފުނީން ބުނެފައިވަނީ 5،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ކުރިއަށް ދިޔަ މި ޓޯނަމެންޓގައި 15 ކުޅުންތެރިން ބައިވެރިވި ކަމަށެވެ. އޭގެ ތެރެއިން އެންމެ މޮޅު 3 ކުޅުންތެރިން ވަނީ ހޮވާފައެވެ. އެ ތިން ކުޅުންތެރިން ވަނީ […]
ގާލްގައިޑަކީ ރީތިއާދަތަކަށް ދިރުންދޭ ބައިވެރިއެއް: މެޑަމް ސާޖިދާ

މޯލްޑިވްސް ގާލްގައިޑް ހަރަކާތަކީ ދިވެހީންގެ ދިރިއުޅުމުގެ ތެރޭގައި އޮތް ރަނގަޅު އިޖުތިމާއީ އެތައް ސިފަތަކެއް ރަސްމީ ގޮތެއްގައި ދަމަހައްޓައިދޭ ވިޔުގައެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، މެޑަމް ސާޖިދާ މުހައްމަދު ވިދާޅުޖެއެވެ. ހަރަކާތަކީ ދިވެހީންގެ ރީތި ސަގާފަތާއި އާދަކާދައަށް ދިރުންދޭ ބައިވެރިއެއްކަމަށް ވެސް ޗީފްގައިޑު ވިދާޅުވިއެވެ. ޗީފްގައިޑު މިހެން ވިދާޅުވީ ސީއެޗުއެސްސީގައި ބޭއްވި މޯލްޑިވްސް ގަރލްގައިޑްސް އެސޯސިއޭޝަންގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މެޑަމް ވިދާޅުވީ މި ހަރަކާތަކީ […]
ސީޕީ ޝުޖާއުގެ އިސްތިއުފާ ރައީސް ގަބޫލު ކުރައްވައިފި

ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު އިސްތިއުފާ، ރައީސް ޑރ. މުހައްމަދު މުއިއްޒު ގަބޫލު ކުރައްވައިފިއެވެ. މިކަން ހާމާކޮށްފައިވަނީ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝުޖާއު އިސްތިއުފާ ދެއްވުމުން ރައީސް ވަނީ އެކްޓިން ކޮމިޝަނަރުގެ މަގާމަށް ޑީސީޕީ އިސްމާއީލް ނަވީނަށް ދެއްވައިފައިފައެވެ. އޭގެ ކުރިން އެ މަސްއޫލިއްޔަތު ޑީސީޕީ ފަރުހާދު ފިކުރީއާ ވެސް ހާލުކުރިކަމަށް ވެއެވެ. ޝުޖާއު އިސްތިއުފާ ދެއްވީ މިމަހު 18 ވަނަ ދުވަހުގެ ހެނދުނު އަންހެން ކުއްޖަކު ގެއެއްގެ […]
ޕްރެޝަރު ބޮޑުވެ ސީޕީ އިސްތިއުފާ ދޭން ނިންމައިފި

ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ފުލުހުން ކުރަމުންދާ ތަހުގީގުގައި ކަންތައްތަކެއް ފޮރުވައި އޮޅުވާލަން އުޅޭކަމަށް ބުނެ ޒުވާނުން މަގުމައްޗަށް ނުކުމެ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއުގެ އިސްތިއުފާއަށް ގޮވަން ފެށުމުން އިސްތިއުފާ ދޭން އޭނާ ނިންމައިފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ. މިވާހަކަ ރާއްޖޭ ބައެއް ނޫސްތަކުން ވެސް ވަނީ ރިޕޯޓުކޮށްފައެވެ. އެހެންނަމަވެސް ފުލުހުންގެ ރަސްމީ އެއްވެސް މަސްދަރަކުން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ފުލުހުންގެ އިސްބޭފުޅަކު ވިދާޅުވީ މިކަހަލަ ވާހަކައެއް އެބަ ދައުރުވާ ކަމަށެވެ. އޭނާވެސް […]
ތިނަދޫގައި ލެޕްރޮސްކޯޕިކް ސަރޖަރީ ހަދައިފި

ގދ. ތިނަދޫ ޑރ.އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ސަރޖަރީ ހަދައިފިއެވެ. މި ސަރޖަރީ ހަދާފައިވަނީ މިވަގުތު އެ ހޮސްޕިޓަލުގައި ހަރަކާތްތެރިވަމުން ގެންދާ ޑޮކްޓަރުންގެ ޓީމަކުންނެވެ. މިޓީމު އެހޮސްޕިޓަލުގައި ހުކުރުދުވަހުން ފެށިގެން އާދީއްތަ ދުވަހާ ހަމައަށް މަސައްކަތްކުރާނެއެވެ. މި ޓީމުގައި އައިޖީއެމްއެޗްގައި މަސައްކަތް ކުރާ އެކި ދާއިރާތަކުގެ ޚާއްޞަ އޮޕަރޭޝަން ޑޮކްޓަރުންގެ ޓީމެއް ވެސް ބައިވެރިވެއެވެ. ޓީމުގައި ހިމެނޭ ޑރ. އަބުދުﷲ އުބެއިދާ ހަވާލާދީ ސަރުކާރު ނޫހުން ބުނެފައިވަނީ ރީޖަނަލް ހޮސްޕިޓަލެއްގައި މިފަދަ އޮޕަރޭޝަނެއް ކުރެވުމަކީ […]
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ނުވަމީހެއްގެ ފޯނު ހިފަހައްޓައިފި

މިހިނގާ އެޕްރީލް މަހު އަށާރަވަނަދުވަހު ހެނދުނު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން ނުވަ މީހެއްގެ ފޯނު ހިފަހައްޓައިފި ކަމަށް ފުލުހުން ބުނެފިއެވެ. އުމުރުން އެކާވީސް އަހަރުގެ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މިއެންމެންގެ ފޯނު ހިފަހައްޓާފައިވަނީ ކޯޓުން އަމުރު ހޯދައިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ. ”2025 އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ފޯނު ހިފެހެއްޓުމުގެ […]
ޤުރުބާނީ (ސައުވީސްވަނަ ބައި)ޤުރުބާނީ (ސައުވީސްވަނަ ބައި)

އެތައް ޒަމާނެއް ވަންދެން ދެކެމުން އައި ހުވަފެނެއްގައި ކުލަ ޖެހުނުކަހަލަ އިހުސާސެއް ޝަހާގެ މަންމައަށް ކުރެވެމުން ދިޔައެވެ. ޝާލިނީގެ މަޢުސޫމު ސުވާލުތަކާއި ލޯބިވެތި ބަސްތަކުން ހިތް ފުރިގެން ދިޔައެވެ. ގޭތެރެއަށް މުޅިން އައު ދިރުމެއް އައިސްފައިވާ ކަހަލައެވެ. މާމަ ކިޔާފައި ގޮވާލާ އަޑު އިވުމަށް ދެކެމުން އައި ހުވަފެން ޙަޤީޤަތަކަށް ވީކަހަލަވެސް މެއެވެ. ކޮންމެ އިންސާނަކުވެސް އެމީހެއްގެ ޒަވާޖީ ޙަޔާތުގެ އެންމެ ބޮޑު އެއް އުންމީދަކަށް ވާނީ ލޯބިން ބިނާކުރާ ދިރިއުޅުމުގެ ކުރި ފަޅައި އޭގެ އާރޯކަން […]