ދެކުނު އެފްރިކާގެ ފްރީޑަމް ޑޭ ގެ ތަހުނިޔާ ރައިސް ފޮނުއްވައިފި

ދެކުނު އެފްރިކާގެ ފްރީޑަމް ޑޭ ގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ސިރިލް މަޓަމެލަ ރަމަފޯސާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދެކުނު އެފްރިކާގެ ފްރީޑަމް ޑޭ ގެ މުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެ ޤައުމުގެ ރައީސަށާއި ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެއުއެދުންތައް އަރިސްކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ ދެކުނު އެފްރިކާގެ ރައީސަށް ސަލާމަތް ސިއްޙަތަކާއި އުފާވެރިކަމަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ. […]
ނެދަލެންޑްސްގެ ރަސްގެފާނަށް ރައީސްގެ ތަހުނިޔާ

ނެދަލެންޑްސްގެ ކިންގްސް ޑޭ ގެ މުނާސަބަތުގައި އެ ޤައުމުގެ ރަސްގެފާނު ކިންގ ވިލަމް އަލެކްސާންޑަރ އަށާއި ބޮޑުވަޒީރު ހެންޑްރިކަސް ވިލެމަސް މާރިއާ ޝޫފަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ، ރަސްގެފާނުގެ އުފަންދުވަސް ފާހަގަކުރާ މި އުފާވެރި މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ނެދަލެންޑްސްގެ ރަސްގެފާނަށާއި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި ރަސްގެފާނަށް ދުޅަހެޔޮކަމާއި އުފާފާގަތިކަމަށާއި، ނެދަލެންޑްސްގެ ރައްޔިތުންނަށް ތަރައްޤީއާއި ތަމައްދުނު ލިބެމުންދިއުމަށް އެދިވަޑައިގަންނަވާކަމަށް، އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ބޮޑުވަޒީރަށް ވަކިން […]
ރިޔާސީ ކޮމިޝަން.. ވުޖޫދުވަނީ ތަހުގީގީ އިދާރާތަކަށް އިތުބާރު ގެއްލުމުން..؟

ދެމީހުން ދެ ކޯފީއާއި ޕޮޕްކޯން ކޮޅެއް ހިފައިގެންގޮސް ޖައްސާލީ ކޮފީ މޭޒުކައިރީގައެވެ. ފުރަތަމަ ވާހަކަފެށި އަހަރެންގެ އެކުވެރިޔާއެވެ. ”ރައީސް ރިޔާސީ ކޮމިޝަނެއް އުފައްދަވައިފި. ކިހިނެއްވާނެބާ،“؟ އަހަރެން ޖަވާބުގައި ބުނީމެވެ. ”ރަނގަޅުވާނެ. ވަރަށް ބާރުވެސް ދެއްވާފައިވަނީ. އެހެން ވީމާ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް. އަދި އެއީ ސިޔާސީން އެކުލެވޭ ކޮމިޝަނެއް ވެސްނޫން،“ މިހެން ބުނުމުން އެކުވެރިޔާ ކޮށްލީ ސުވާލެކެވެ. ”ޑޮކްޓަރ މުހައްމަދު މުނައްވަރަކީކާކު؟ ޑިކްޓަރ ހަބީބަކީ ކާކު،“ މިއަށް އަހަރެން އެއްޗެއް ނުބުނެ ހިމޭންވީމެވެ. އަނެއްކާވެސް ވާހަކަފެށީ […]
ރައީސް ޑރ. މުއިއްޒު މެލޭޝިއާއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު އެޤައުމަށް ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް ކުރައްވާ މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މިއީ އެ މަނިކުފާނު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު ކަމަށް އެމަނިކުފާނުގެ އޮފީހުން ވަނީ ވިދާޅުވެފައެވެ. ކުއަލަލަމްޕޫރް އިންޓަނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އެޤައުމުގެ މިނިސްޓަރ އޮފް ހެލްތު (މިނިސްޓަރ އިން އެޓެންޑަންސް) ޑޮކްޓަރ ޙާޖީ ޒުލްކިފްލި އަޙްމަދު، މެލޭޝިއާގެ […]
”ބިލްޑް އެކްސްޕޯ 2025“ އަކީ މާލެ ސިޓީއާ ވަރަށް ގުޅުން ހުރި އެކްސްޕޯއެއް

ހުޅުމާލެ ސެންޓަރަލް ޕާކުގައި މިހާރު ކުރިއަށްދާ ”ބިލްޑް އެކްސްޕޯ 2025“ އަކީ، މާލެ ސިޓީއާ ވަރަށް ގުޅުން ހުރި އެކްސްޕޯއެއް ކަމަށް، މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. މޭޔަރ ޢާޒިމް މިހެން ވިދާޅުވީ، މި ފަހަރުގެ ބިލްޑް އެކްސްޕޯގައި މާލޭ ސިޓީ ކައުންސިލުން ޤާއިމްކުރި ސްޓޯލަށް ޒިޔާރަތް ކުރައްވައި މީޑިއަށް ދެއްވި އިންޓަވިއުގައެވެ. މިއީ މި ފަދަ އެސްޕޯއެއްގައި މާލެ ސިޓީން ބައިވެރިވި ފުރަތަމަ ފަހަރު ވެސް މެއެވެ. މޭޔަރ ޢާޒިމް ވިދާޅުވީ، ރައްޔިތުންނާ ގާތުން ޚިދުމަތް […]
މައްޗަންގޯޅި ސަހަރާގެ ބައެއް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަނީ

މައްޗަންގޯޅި ސަހަރާއިން ބައެއް ސާފުކޮށް މަގު ފާރު ތަޅައި ކުނިތައް އުކާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، މާލެ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވައިލައިފިއެވެ. މި މަސައްކަތް ކޮށްދޭންޖެހެނީ އަމިއްލަ ތަކެތީގައެވެ. މިކަމަށް ކައުންސިލުން ބީލަމަށް ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ބީލަމަށް ހުޅުވާލުމަށް ކައުންސިލުން ކޮށްފައިވާ އިޢުލާންގައި ބުނެފައި ވަނީ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުގެ މަޢުލޫމާތު ސާފުކުރުން 30 އޭޕްރީލް 2025 ވަނަ ދުވަހުގެ، 10:00 ގައި ހ. ހުޅުގަލި، ފުރަތަމަ […]
ސިޓީ ޕާރކުގެ ދެވަނަ ފޭސްގެ މަސައްކަތް ކޮށްދޭނޭ ބަޔަކު ހޯދަނީ

ގަލޮޅު ސިޓީ ޕާރކު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ދެވަނަ ފޭސްގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން މާލޭ ސިޓީކައުންސިލުން ބީލަމަށް ހުޅުވައިލައިފިއެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކައުންސިލުން ބީލަމަށް ހުޅުވާލީ މިހިނގާ އެޕްރިލް ސައްބީސްވަނަ ދުވަހުއެވެ. މި ބީލަމަށް ހުޅުވާލުމަށް ކައުންސިލުން ކޮށްފައިވާ އިޢުލާންގައި ބުނެފައި ވަނީ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުގެ މައުލޫމާތު ސާފުކުރުން 4 މެއި 2025 ވަނަ ދުވަހުގެ، 9:00 ގައި ހ. ހުޅުގަލި، ފުރަތަމަ ފަންގިފިލާގައި […]
ސަތާރަ މެނޭޖަރުންނާއެކު ރިސޯޓް ސޭފްޓީ ކޮންފަރެންސް ބާއްވައިފި

ރ. އަތޮޅު ރިސޯޓް ސޭފްޓީ އެންޑް ސެކިއުރިޓީ ކޮންފަރެންސް ބާއްވައިފިއެވެ. ފުލުހުން ވިދާޅުވީ މި ކޮންފަރެންސް ބާއްވާފައިވަނީ އެޕްރީލް 26 އިން 27 އަށް ކަމަށެވެ. މިއީ ރ. އަތޮޅު ޕޮލިހާއި ޖޯލި މޯލްޑިވްސް ރިސޯޓު ގުޅިގެން ކުރިއަށް ގެންދިޔަ ކޮންފަރެންސެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މި ކޮންފަރެންސުގައި ވަނީ، ރ. އަތޮޅުގައި ހިންގާ 17 ރިސޯޓުގެ ސެކިއުރިޓީ މެނޭޖަރުން ބައިވެރިވެފައެވެ. މިޕްރޮގްރާމުގައި މައުލޫމާތު ދީފައިވަނީ ރިސޯޓް ސެކިއުރިޓީ އެންޑް ސޭފްޓީ ކަންކަން ހަރުދަނާ ކުރުމުގެ […]
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުންގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވަނީ މއ. އަދުންކޮށީގެ / މާލެ، އަޙްމަދު ޝާފިޢީ ,(43އ) ބަންދުކޮށްގެން ކޯޓަށް ހާޒިރުކޮށްދިނުމަށެވެ. އަޙްމަދު ޝާފިޢީ ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީއެވެ. […]
އެމީހުންގެ ފޯޓޯއާއި ވީޑިއޯ ހާމަކުރާތީ ޚާއްސަ އޮޕަރޭޝަނެއް ފަށައފި

މާލެއާއި ބައެއް ރަށްރަށުގެ މަގުމަތީގައި މަސްތުގެ ހާލުގައިތިބޭ މީހުންގެ ފޮޓޯއާއި ވީޑިއޯނަގައި ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ މައްސަލަ ސަމާލުކަމަށް އައިސްފި ކަމަށް ނެޝަނަލް ޑްރަގް އެޖެންސީން ބުނެފިއެވެ. އެކަން ސަމާލު ކަމަށް އައީ ރައްޔިތުންގެ ފަރާތުން ކަމަށް ވެސް ބުނެފައިވެއެވެ. އެ އެޖެންސީން ބުނެފައިވަނީ މިކަމާ ގުޅިގެން އެ އެޖެންސީއާއި ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަނެއް ފަށައިފައި ކަމަށެވެ. މިއީ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. މަސްތުވާތަކެތި ބޭނުންކުރުމަކީ ޖީނާއީ ކުށެކެވެ. އޭގެ އިތުރުން ސިއްހަތަށް ނުރައްކާވެ […]