ބާވަންނަ ފުލުހަކަށް ސެޓްފިކެޓު ދީފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގި ދެ ކޯހަކުން ދަސްވެނިވި 52 ފުލުހުންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތެއް މިއަދު ބާއްވައިފިއެވެ. މިރަސްމިއްޔާތު އޮތީ އިސްކަންދަރު ބިލްޑިންގ މަލްޓިޕަރޕަސް ހޯލުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ރަސްމިއްޔާތުގައި ސެޓްފިކެޓް ދީފައިވަނީ ސެންޓަރ ފޮރ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސްޓަޑީޒްއިން ހިންގި ސަޓިފައިޑް ޓްރެއިނަރ ކޯސް (ބެޗް 11) އާއި ސެންޓަރ ފޮރ އިންވެސްޓިގޭޝަން، ކްރައިމް އެންޑް ޖަސްޓިސް ސްޓަޑީޒްއިން […]

އެއްތިރީސް އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި

މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން ބުނީ އެމީހާ ހޯދަން ފަށާފައިވަނީ އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރުމުން ކަމަށެވެ. ކުރަމުންނެވެ. ގެއްލިގެން ހޯދަމުންދަނީ ތ. ތިމަރަފުށީ، ސަލްވާ، ފާޠިމަތު ޝަހުދާ (31އ) ކަމަށް ފުލުހުން ބުނެފައިވެއެވެ. މި ހިނގާ ”އެޕްރީލް 22 ވަނަ ދުވަހުން ފެށިގެން ފާޠިމަތު ޝަހުދާ ޚަބަރެއް ނުވެ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2025 އޭޕްރީލް 24 ވަނަ ދުވަހު 20:00 އެހައިކަންހާއިރުއެވެ“. އެންމެފަހުން އޭނާ ފެނިފައިވަނީ މާލެ، އަލިކިލެގެފާނުމަގު ސިޓީ […]

ޔުމްނުގެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް އުފައްދަވައިފި

އެޕްރީލް އަށާރަވަނަ ދުވަހު ހ. ފެންޓެނޯއިގޭގެ  ނުވަވަނަ ބުރިން ވެއްޓި އަނިޔާވެފައިވާ ހައްވައް ޔުމްނު ރަޝީދުގެ މައްސަލަ ބަލައި ތަހުގގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފިއެވެ. އެކޮމިޝަނުގައި ހިމެނިވަޑައިގެންވަނީ ތިން ބޭފުޅެކެވެ. އެއީ ކަށީގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. މުހައްމަދު ހަބީބާއި، ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރާއި، ރިޓަޔަރޑް ބުރިގޭޑިއަރޖެނެރަލް އަހުމަދު މުހައްމަދެވެ. މިކޮމިޝަނުގެ ރައީސަކަށް ހަމަޖައްސަވާފައިވަނީ ޑރ. މުނައްވަރެވެ. މިއީ ރައީސް މުއިއްޒު އުފެއްދެވި […]

އަބަދުވެސް ކަންތައް ކުރާނީ އިންސާފުން: ރައީސް

އަބަދުވެސް މި ސަރުކާރުން ކަންކަންކުރައްވާނީ އިންސާފުގެ މަގުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ އެއްވެސް ރައްޔިތަކަށް ތަފާތު ނުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. ރައީސް މި ޔަގީންކަން ދެއްވީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވައި މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ. މި ބަސްދީގަތުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ”2025 އެޕްރީލް 18 ވަނަ ދުވަހު […]

އަޅުގަނޑު ޖަވާބުދާރީވާންޖެހޭނީ ހަމައެކަނި ރައްޔިތުންނަށް: ރައީސް

ގައުމުގައި އަދުލު އިންސާފު ގާއިމްކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީވާންޖެހޭ ހަމައެކަނި ފަރާތަކީ ދިވެހި ރައްޔިތުންނަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ވިދާޅުވެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެސަރުކާރަކީ އަދުލު އިންސާފު ގާއިމްކުރާނޭ ސަރުކާރެއްކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ. މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމުގެ ކުޑަ ވަގުތުކޮޅެއް ކުރީން ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ މާލޭގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގައި ޒުވާނުންގެ ހަގީގީ ކަންބޮޑުވުންތަކެއް ހުރިކަމަށެވެ. އެކަންކަން އަޑުއައްސަވައި، ހައްލު ހޯއްދަވައިދެއްވައި، […]

ޒުވާނުންގެ ޝުޢޫރު އަޑުއަހާނަން: ރައީސް

ޒުވާނުންގެ ކަންބޮޑުވުންތަކާއި، ޝަކުވާތަކާއި، ޝުޢޫރުތައް އަޑުއައްސަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން، މިއަދު، ވެލާނާ އިންޓަރނޭޝަނަލް ވައިގެ ބަނދަރުގައި ދެއްވި ބަސްދީގަތުމެއްގައި އެމަނިކުފާނު ވަނީ، ޒުވާނުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ދެއްވާ އަހަންމިއްޔަތު ހާމަކުރައްވާފައި ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނަށް އެންމެ މުހިންމީ، ރައްޔިތުން އެމަނިކުފާނަށް ކުރި އިތުބާރާއި ކުރެއްވި ހުވާކަމަށް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން […]

މެލޭޝިއާގައި އުޅޭ ދިވެހީންނަށް ކަންކަން ފަހިވާނޭ ކަމުގެ އުންމީދު ބޮޑު: ރައީސް

މެލޭޝިޔާގައި ދިރިއުޅެމުންދާ ދިވެހީންނަށް މިހާރަށްވުރެ ލުއިފަސޭހަކޮށް ކަންކަން ހަމަޖެހިގެންދާ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް ފުރާވަޑައިގަތުމުގެ ކުޑަ ވަގުތުކޮޅެއް ކުރީން ދެއްވި މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ. މެލޭޝިއާއާއި ދިވެހިރާއްޖެއަކީ މިހާރުވެސް ގާތް ގުޅުމެއް އޮތް ދެ ޤައުމު ކަމަށާއި، މި ދަތުރުފުޅުގެ ސަބަބުން، މާތް ﷲ ގެ އިރާދަފުޅާއެކު އެ ގުޅުމަށް […]

ރައީސް މެލޭޭޝިއާއަށް ފުރާ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު މެލޭޝިއާއަށް ފުރާ ވަޑައިގެންފިއެވެ. މިއީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ރައިސް އޮފީހުން ވިދާޅުވެފައިވަނީ މިއީ އެ މަނިކުފާނު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު ކަމަށެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވޭނެއެވެ. އަދި ދެގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށް ރައީސް އޮފީހުންވަނީވިދާޅުވެފައެވެ. މި ބައްދަލުވުމުގައި، އެއް ގައުމުން އަނެއް ގައުމަށް […]

އައު މަތިންދާބޯޓުގެ 200 ބޯޓު ގަތުމަށް އޯޑަރު ޖަހައިފި

އެމެރިކާގެ ޔުނައިޓެޑް އެއާލާއިނުން ވަނީ މި ވައްތަރުގެ 200 މަތންދާބޯޓު ގަތުމަށް އޯޑަރު ދީފައެވެ. މިއީ ކެލިފޯނިޔާގެ ފެކްޓްރިއަކުން އުފައްދާ އައު ވައްތަރެއްގެ މަތިންދާބޯތެކެވެ. 200 މީހުންނަށް މީގައި ދަތުރު ކުރެވޭނެ އެވެ. މިއީ ތެޔޮ ޚަރަދު ކުޑަ ބޯޓެކެވެ. މި ބޯޓުން އަންދާނީ މިވަރުގެ މަތިންދާ ބޯޓުން އަންދާ ތެލުގެ ދެބައިކުޅަ އެއްބައެވެ. ޖެޓް ޒީރޯ ކުންފުނީގެ މި ބޯޓަށް އަދި ހުއްދަ ދީފައެއް ނުވެއެވެ. ނަމަވެސް މިދިޔަ އަހަރު މީގެ ބޯޓެއް އުދުއްސައި ޓެސްޓް […]