ސްޓެލްކޯ އިންޖީނެއްގައި ރޯވެއްޖެ، އަލިފާން ނިއްވީ އެމްއެންޑީއެފުން

ސްޓެލްކޯ އިންޖީނު ރޫމު ތެރޭގައި ހުރި މެއިން އިންޖީނެއްގެ ދުން ހޮޅީގައި ރޯވެއްޖެއެވެ. މި ޚަބަރު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސް އަށް ލިބުނީ މިއަދު ހެނދުނު 6:19 ގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ޚަބަރު ލިބުމާއެކު ފަޔަރ ފައިޓަރުން ވަނީ ހަރަކާތްތެރިވާން ފަށައިފައެވެ. ”އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާގެ މައުލޫމާތު މިއަދު ހެނދުނު 06:19 ހާއިރު ލިބުމާ އެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ […]

ވިނަރެސް ފުލެޓަކުން ފެނުނީ ޚަަބަރު ހުސްވެފައި އޮތް އަންހެނެއް

ޚަބަރު ހުސްވެފައި އޮތް އަންހެނަކު ހުޅުމާލޭ ފޭސްދޭއްގެ ވިނަރެސް ފުލެޓަކުން ފެނިއްޖެއެވެ. ފުލުހުން ބުނެފައިވަނީ ފެނިފައިވަނީ އުމުރުން އެކާވީސް އަހަރުގެ ދިވެހި އަންހެއްނެއް ކަމަށެވެ. އޭނާއަށް މިހާދު ދަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ އެ ވިނަރެސް ފުލެޓަށް ފުލުހުންދިޔައީ އެތަނުން އަންހެނަކު ރޯއަޑު އިވޭކަމަށް މިއަދު ހެނދުނު 6:05 އެހައިކަންހާއިރު ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށެވެ. އެރިޕޯޓާ ގުޅިގެން ފުލުހުން އެތަނަށްގޮސް ގަދަކުމުން ދޮރުހުޅުވައި ބެލިއިރު އ އަންހެން […]

ދުނިޔޭގެ ކަންހިނގާ ގޮތް އެނގޭނީ ވިސްނާ ބަޔަކަށް!

ދުނިޔޭގެ ކަންކަން ހިނގަނީ އަހަރެމެން ހީކުރާހައި ގޮތަކަށެއް ނޫނެވެ. ކަންހިނގާ ގޮތް އެނގޭނީ ވިސްނާ ބަޔަކަށެވެ. ބިން ކޮނެގެން އެންމެ ގިނައިން ރަން ނަގާ އެފްރިކާގެ ގިނަ ޤައުމުތަކުގެ ޚަޒާނާތަކުގައި ރަނުގެ އެއްވެސް މިންވަރެއް ނެތެވެ. ރަނުގެ އެންމެ ބޮޑު އެއް ޚަޒާނާ ހުރި ފަރަންސޭސި ވިލާތުގައި ރަން ނަގާ އެންމެ މައިނެއް ވެސް ނެތެވެ. ބުރަ މަސައްކަތުން ގޮވާން އިންދައި ހައްދާ އޭޝިޔާގެ ގިނަ މީހުންގެ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކާނާ ނުލިބިގެން ނުކައި ތިބޭތީ […]

އިންޑިއާއިން އެޑްވާންސް ރޭޑާ ސިސްޓަމެއް ބަހައްޓަނީ

އިންޑިއާ އިން 4.5 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުން ރަޝިޔާގެ ޒަމާނީ ވޮރޮނޭޒް އޯވަރ ދަ ހޮރައިޒަން (އޯޓީއެޗް) ރާޑަރު ސިސްޓަމް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. މި ރޭޑާ ސިސްޓަމް ބަހައްޓާނީ ކަރްނާޓަކާގެ ޗިޓްރާދުރުގާގައެވެ. މި ރާޑަރަކީ އޮލަނބަށް 6،000 ކިލޯމީޓަރު އަދި ވަށައިގެން 8،000 ކިލޯމީޓަރުގެ ޑިޓެކްޝަން ރޭންޖެއް ލިބިފައިވާ ރާޑަރެކެވެ. އިންޑިއާ ކަނޑާއި އަދި އެއަށްވުރެ ދުރުގައި ޗައިނާ އާއި ޕާކިސްތާން ފަދަ ދުޝްމަނުންގެ ސްޓެލްތު އެއާކްރާފްޓްތަކާއި ބެލިސްޓިކް މިސައިލް އަދި އިންޓަކޮންޓިނެންޓަލް ބެލިސްޓިކް […]

ޒުވާނުން ތިބީ ދޫދޭގޮތަކަށް ނޫންކަން، ރޭ ވެސް ސާބިތުކޮށްދީފި

ހ. ފެންޓެނޯއިގޭގެ ނުވަނަ ބުރިން ވެއްުޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ޒުވާނުން ފަށައިގެން ކުރިއަށްގެންދާ މުޒާރާ ރޭ ވެސް ކުރިއަށް ގެންގޮސްފިއެވެ. ރޭގެ މުޒާހަރާ ކުރިއަަށް ދިޔައީ ވެހެމުންދިޔަ ވާރޭގެ ތެރޭގައެވެ. މާލޭގެ އެކި ސަރަހައްދު ތަކުން ސިފައިން ފެން ހިންދަމުންދިޔަ ވަގުތު ޒުވާނުން ދިޔައީ ހެންވޭރު ދަނޑުކައިރީގައި ތިބެގެން ޔުމްނުއަށް އިންސާފު ހޯދައިދިނުުމަށް ގޮވާލަމުންނެވެ. ޒުވާނުން މިމުޒާހަރާތައް ކުރިއަށް ގެންދަނީ ”ދުލެއް ނުކުރާނަން“ ނަމުގައެވެ. ޒުވާނުން ތިބީ ދޫކުރާ ގޮތަކަށް ނޫންކަން ރޭ […]

ޔޫނުސް އައު ސިޔާސީ ޕާޓީއަކާއެކު ބާރުގަދަ ކުރައްވަނީ

ބަނގްލަދޭޝްގެ އިދިކޮޅު، ޚާލިދާ ޒިޔާގެ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ޑިމާންޑް ކުރަމުންދަނީ ޑިސެމްބަރު 2025 ގެ ކުރިން އިންތިހާބު ބައްވާށެވެ. މި ގޮވާލުން އައިސްފައި ވަނީ ޑޜ. ޔޫނުސް ހިންގަވާ ބަނގްލަދޭޝްގެ ވަގުތީ ސަރުކާރުން ހިންގާ ގޯސްތައް އިތުރުވަމުން ދިއުމާ ގުޅިގެންނެވެ. ޑރ. ޔޫނުސްގެ ސަރުކާރަށް ޖަމާއަތޭ އިސްލާމީއާއި ނޭޝަނަލް ސިޓިޒަން ޕާޓީއާއި ޒުވާނުންނާއި ކިޔަވާކުދިންގެ ފަރާތުން ތާއީދު ދީފައި ވެއެވެ. ބަނގްލަދޭޝްގައި މިހާތަނަށް ވޯޓުގެ 70އާއި 80 ޕަސެންޓް ހޯދަމުން ގޮސްފައި ވަނީ […]

ވަގާ އަޓާރީ ބޯޑަރު ބަންދުކޮށް ގޭޓްގައި ތަޅުއަޅުވައިފި

ޕަހަލްގަމް ހަމަލާއަށް ފަހު އުފެދުނު ހަމަނުޖެހުމާއެކު އިންޑިއާ އާއި ޕާކިސްތާނުގެ ބޯޑަރު ހަފްލާ ވެސް މިހާރު ވަނީ ފަނޑު ވެގެން ގޮސްފައެވެ. އިންޑިއާ އާއި ޕާކިސްތާނާ ދެމެދުގެ އަސްކަރީ ދައްކާލުމެއް ކަމަށްވާ އަޓާރީ-ވާގާ ބޯޑަރުގެ ރަސްމިއްޔާތަކީ ފަތުރުވެރިން ބަލާލުމަށް ހިތްގައިމު މަންޒަރެކެވެ. މައްޗަށް ފައިނަގައިގެން ދުރު ހިނގާލުމާއެކު ދެ ގައުމުގެ ސިފައިން ބާއްވާ ރަމްޒީ މާޗްތައް މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ. އޭޕްރީލް 22 ވަނަ ދުވަހު ކަޝްމީރުގައި ދިން ޕަހަލްގަމްގެ ޓެރަރިސްޓް ހަމަލާއަކީ ޕާކިސްތާނުން ތާއީދު […]