ރައީސް ޑރ. މުއިއްޒަށް އޮނޮރަރީ ޑޮކްޓަރޭޓްކަން އަރުވައިފި

މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައި.އައި.ޔޫ.އެމް) އިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް، ”އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް“ ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީގެ އޮނޮރަރީ ޑިގްރީ އަރުވައިފިއެވެ. އޮނޮރަރީ ޑޮކްޓަރޭޓްކަން ރައީސަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ޔުނިވަރސިޓީގައި ބޭއްވި އައި.އައި.ޔޫ.އެމް ސްޕެޝަލް ކޮންވޮކޭޝަން 2025 ގައެވެ. ރައީސުލްޖުމްހޫރިއްޔާއަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވީ އައިއައިޔޫއެމްގެ ދުސްތޫރީ ވެރިޔާގެ ހައިސިއްޔަތުން ހަރ ރޯޔަލް ހައިނެސް […]

ޚަބަރު ހުސްވެގެން ގެންދިޔަ އަންހެންމީހާ ދޫކޮށްލައިފި

ހުޅުމާލޭ ވިނަރެސްފުލެޓެއްގެ ކޮޓަރިއެއްގައި ހޭނެތިފައި އޮތްވާ ފެނުނު އެކާސްވީސް އަހަރުގެ އަހެން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ދޫކޮށްލައިފިއެވެ. ޚަބަރު ހުސްވެގެން އޭނާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔައީ އިއްޔެ ހެނުދުގެ ވަގުތެއްގައެވެ. ފަރުވާއަށްފަހު އިއްޔެ އޭނާ ވަނީ ދޫކޮށްލާފައެވެ. ފުލުހުން ބުނެފައިވަނީ އޭނާ ރޯއަޑު އިވިގެން ފުލުހަށް ރިޕޯޓުކޮށްފައި ވަނީ އަންހެންމީހާގެ އާއިލާއިން ކަމަށެވެ. އެރިޕޯޓަށް ފުލުހުން އެގެއަށް ދިޔައިރު އެގޭ މީހުން ތިބިކަމަށާއި އެހެންނަމަވެސް އަންހެން މީހާ ޚަބަރު ހުސްވެފައި އޮތް ކޮޓަރީގައި އޭނާނޫން […]

މިނިސްޓަރ އަމީނުގެ އިތުބާރުނެތްކަމުގެ  މައްސަލައެއް ހުށަހަޅައިފި

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. އެޕާޓީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ މިމައްސަލަ ހުށަހެޅި އެމްޑީޕީގެ ބާރަ މެންބަރުންގެ ސޮޔާއެކުގައި ކަމަށެވެ. މިމައްސަލަ ހުށަހެޅީ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައާ ގުޅުވައިގެންނެވެ. ނާޒިލް ބުނެފައިވަނީ މިމައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވުމަށް ޓްރާންސްޕޮޓު މިނިސްޓަރު އަމީން މައްސައްކަތް ކުރަމުންދާ ކަމަށް ޒުވާނުންގެ މުޒާހަރާއިންނާއި ޕާޓީގެ ބައެއް […]

ރައީސް، ޕެޓްރޯނާސް ޓްވިން ޓަވަރސް އަށް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ކުއަލަލަމްޕޫރުގައި ހުންނަ ޕެޓްރޯނާސް ޓްވިން ޓަވަރސް އަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެ އިމާރާތުގެ މިއުމާރިއްޔާތު ބައްލަވާލައްވައި، އެތަނާގުޅޭ މުހިންމުކަންކަން އޮޅުންފިލުއްވައިފައެވެ. ޕެޓްރޯނާސް ޓްވިން ޓަވަރސް އަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ވިދާޅުވީ، މެލޭޝިއާ ޕެޓްރޯލިއަމް މެނޭޖްމަންޓް (އެމް.ޕީ.އެމް) ގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް ހިޒް އެކްސެލެންސީ ބަޗޯ ޕިލޮންގްއެވެ. އެއަށްފަހު ސްކައިބްރިޖާއި އޮބްޒަވޭޝަން ޑެކްގެ […]

ބޭރުގެ އިންވެސްޓަރުންނަށް ޚާއްސަ ގާނޫނެއް އެކުލަވާލައިފި

އަމިއްލަ ވިޔަފާރިތަކުގެ ކުރިއެރުމާއި، ބޭރުގެ އިންވެސްޓަރުންނަށް ދިވެހިރާއްޖޭގެ ފުރުސަތުތައް އިތުރަށް ހުޅުވާލުމަށްޓަކައި، ޚާއްސަ ގާނޫނެއް އެކުލަވާލައިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ދިވެހިރާއްޖެ-މެލޭޝިޔާ އިންވެސްޓްމެންޓް ފޯރަމް ހުޅުވުމަށް އިއްޔެ މެލޭޝިޔާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ މި ގާނޫނުގެ ސަބަބުން، ބޭރުގެ އިންވެސްޓަރުންނަށް ގާނޫނީ ހިމާޔަތް ލިބިގެންދާނޭ ކަމަށެވެ. އޭގެ ސަބަބުން ހާމަކަން ބޮޑު ގޮތެއްގައި ވިޔަފާރިކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ސަބަބުން ދިވެހިރާއްޖޭގެ […]

ރަސްފަނު މޫދު ބޭނުންނުކުރަން ފުލުހުންގެ އިލްތިމާސެއް

ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައިވާތީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެސަރަހައްދު ބަލަހައްޓަވަމުން ގެންދަވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ އެތަނަށް ތެޔޮއެޅިފައިވާ ގޮތެއް ދެނެގަތުމަށް ތަހުގީގެއް ހިންގަމުން ގެންދާ ކަމަށެވެ. މިހާތަނަށް އަދި އެކަން ހިނގާފައިވާ ގޮތެއް އެނގިފައެއް ނުވެއެވެ. މިކަން ހިނގި ގޮތެއް ދެނެގަތުމުގެ ތަހުގީގު ހިންގަނީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. ”ހާލަތު ތަހުގީގުކޮށް، އަސަރުކޮށްފައިވާ ސަރަހައްދު ބެލެހެއްޓުމަށް މަސައްކަތް ކުރަމުން ފުލުހުން އެބަގެންދޭ،“ ކަޅުތެޔޮ އެޅިފައި ހުއްޓައި އެސަރަހައްދަށް […]

ގެއްލުނު ދޯނި އިންޖީނު ހުއްޓިފައިވަނިކޮށް ފެނިއްޖެ

މިހިނގާ އޭޕްރިލް 27 ވަނަ ދުވަހުގެ ރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ފުރައިގެން ހުޅުމާލެއަށް ދަތުރުކުރި ”ބްރިލިއަންޓް ކެރިއަރ“ ނަމަކަށް ކިޔާ ދޯނި ގެއްލިގެން ހޯދަމުންދަނިކޮށް ފެނިއްޖެއެވެ. ފުލުހުން ވިދާޅުވީ އެ ދޯނިފެނިފައިވާކަން އަންގާފައިވަނީ އެމްއެންޑީއެފުން ކަމަށެވެ. ދޯނިފެނިފައިވަނީ ލ. އަތޮޅު ފޮނަދޫ ކައިން ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. ފެނުނުއިރު ދޯނީގެ އިންޖީނުވަނީ ހުއްޓިފައި ކަމަށްވެސް ބުނެފައިވެއެވެ. ދޯނި ފެނިފައިވަނީ ރޭ ފަތިހު 5.00 އެހައިކަންހާއިރު ކަމަށް ފުލުހުންވަނީ ބުނެފައެވެ. ދޯންޏަށް ބޭނުންވާ އެހީތެރިކަން އެމްއެންޑީއެފް […]