ފެނާ ބެހޭ ގޮތުން ކޯޅިއްޖެނަމަ ހާލަތު އެހެން ގޮތަކަށް ބަދަލު ވެދާނެ

ޕަހަލްގަމްގައި ޓެރަރިސްޓުން ހިންގި ގަތުލުއާންމާއި ގުޅިގެން އިންޑިއާއިން ވަނީ އިންޑަސް ވޯޓާސް ޓްރީޓީ (އައިޑަބްލިއުޓީ) އަށް އަމަލު ކުރުން ހުއްޓާލާފައެވެ. މިކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ހަނގުރާމައަށްފަހު، 1960 ވަނަ އަހަރު ދެގައުމުން އެއްބަސްވެފައިވާ މުއާހަދާގައި ސަސްޕެންޝަން ކުރުމަށް ޝަރުތުތަކެއް ނޫނީ މާއްދާތަކެއް ހިމަނާފައެއް ނުވެއެވެ. އަދި މި މުއާހަދާ ސަސްޕެންޑް ކުރުމުގެ ފިޔަވަޅަކީ ރިސްކު ބޮޑު ކަމެއް ކަމަށެވެ. އިންޑިއާއިން އެޅި ފިޔަވަޅަށް ސަޕޯޓު ކުރާ ފަރާތްތަކުން ބުނަނީމި މުއާހަދާ އެކުލަވާލާފައި ވަނީ މުޅިން […]
ހުއްދާ ދީފައިވަނީ ރެލީ އަމީނީ މަގުން ކުރިއަށް ގެންދަން: ފުލުހުން

މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ރެލީ، އަމީނީމަގުން ކުރިއަށް ގެންދިއުމުގެ ހުއްދަ އެކަން އިންތިޒާމް ކުރާ ފަރާތްތަކަށް ދީފައިވާނޭ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އޭގެ އިތުރުން ރެލީއަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީ، އެކަމަށް މަގުފަހިކޮށްދޭނެ ކަންވެސް އެފަރާތަށް ވާނީ އަންގާފައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް ރެލީ އިންތިޒާމް ކުރާ ފަރާތުން ބުނެފައިވަނީ މިބަދަލަކީ ފުލުހުން ކުއްލިއަކަށް ގެނައި ބަދަލެއް ކަމަށެވެ. ކުރިން ވާހަކަ ދެކެވި އެއްބަސްވެފައިވަނީ ރަސްފަންނުން ފަށައިގެން މަޖީދީމަގުން ހެންވޭރަށް ދާގޮތަށް ކަމަށް […]
ހިނގާލުން ކުރިއަށް ގެންދިއުމުގެ ހުއްދަ ފުލުހުން ދޭންޖެހޭ: ފައްޔާޒު

މަސައްކަތްތެރިންގެ ހިނގާލުމަށް ފުލުހުން ހުރަސްއެޅުމުން އެކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ފާޑުވިދާޅުވެއްޖެއެވެ. މިއަދު ހަވީރު ހަތަރެއްޖެހިއިރު ފަސްފަންނުގައި ފެށި ހިނގާލުން މަޖީދީމަގުން ކުރިއަށްދެވޭނޭ ކަމަށް ފުލުހުން ކުރިންވަނީ އަންގައިފައެވެ. އެހެންނަމަވެސް ހިނގާލުން ފެށިތަނާ ފުލުހުންވަނީ ހުރަސް އަޅައި މަޖީދީމަގުން ނުދެވޭނޭ ކަމަށް ބުނެ އިންޒާރު ދީފައެވެ. އެހެންނަމަވެސް މުޒާހަރާގެ ބައިވެރިން އޭރުވެސް ބުނަމުންދިޔައީ މުޒާހަރާ ކުރުމަކީ ގާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ހައްގެއް ކަމަށާއި ހިނގާލުމަށް ފުލުހުންނަށް ހުރަސް ނޭޅޭނޭ ކަމަށެވެ. އެއީ ކުރެވޭނޭ ކަމެއް ނޫންކަން […]
ބިރުދައްކާ ސަރުކާރަކުން މަސައްތެރިންނަށް ޚިދުމަތެއް ނުދެވޭނެ: ޝާހިދު

މަސައްކަތްތެރިންނަށް ބިރުދައްކައި އިންޒާރުދޭ ސަރުކާރަކަށް މަސައްތެރިންނަށް ޚިދުމަތެއް ނުދެވޭނޭ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ އެފަދަ ސަރުކާރެއްގެ މައިގަނޑު މަގުސަދަކަށް ވާނީ މަސައްކަތްތެރިން އެމީހުންގެ ބާރުގެ ދަށުގައި ބޭތިއްބުން ކަމަށެވެ. ”މި ޙާލަތު ބަދަލުވާނެ ޖެހޭ. މަސައްކަތްތެރިންނާއި މެދު އަމަލު ކުރާ ގޮތުން، ގައުމުގައި އަދުލު އިންސާފު އޮތް ގޮތް ފެނިގެންދޭ. މިކަމުގައި އަދުގެ ސަރުކާރު ވަނީ ފެއިލްވެފައި،: ޝާހިދު ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ސިވިލް ސަރވިސްގައި […]
ސަރުކާރުންދަނީ މަސައްކަތްތެރީންގެ ހައްގުތައް ހަނިކުރަމުން: ފައްޔާޒު

އެމްޑީޕީ އިސްވެ އޮވެ ކުރި މަސައްކަތުން މަސައްކަތްރީންނަށް ކަށަވަރު ކޮށްދީފައިވާ ހައްގުތައް މިސަރުކާރު އިސްވެ އޮވެ ދަނީ ހަނިކުރަމުން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުންދާ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މަސައްކަތްތެރިންނަށް ފޮނުވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މޭ ޑޭއަކީ މަސައްކަތްތެރިންގެ ހައްގުތައް ހޯދުމަށް އޭރު އޮތް ނުރައްކާތެރި މާހައުލެއްގައި ކުރެވުނު ހިތްވަރުގަދަ މަސައްކަތްތައް ހަނދާންކޮށްދޭ ދުވަހެއް ކަމަށެވެ. އަދި މަސައްކަތްތެރިންގެ ހައްގުގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބުތައް ހަނދާންކޮށްދޭ ދުވަހެއް […]
ބިދޭސީ މަސައްކަތްތެރިންގެ އަސާސީ ހައްގުތައް ވަނީ ނިގުޅައިގަނެފައި: ރައީސް

މަސައްކަތްތެރިންގެ ދުވަސް ނުވަތަ މޭޑޭ ފާހަގަކުރަމުންދާއިރު ސަރުކާރަށް ކާމިޔާބީގެ އާބޮޅެއް އިތުރުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެކަމަނިކުފާނު ވިދާޅުވެފައިވަނީ ބިދޭސީ މަސައްކަތްތެރީންގެ މައްސަލަ ހައްކުރުމަށް މިދިޔަ އަހަރު މޭ ދެވަނަ ދުވަހު ފެށި މަސައްކަތް މިއަދާ ހަމަޔަށް އައި އިރު، 150،000 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ވަނީ ނެގި ޑޭޓާބޭސް އަދާހަމަކުރެވިފައި ކަމަށެވެ. މިއީ ބުރަ މަސައްކަތެއް ކަމަށާއި އެހެން ކަމުން މި […]
ކުދިން މަސައްކަތަށް އަހުލުވެރި ކުރަން އިލްތިމާސް ކުރައްވައިފި

ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި އެހާމޭ ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ. ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން ރައީސް އާންމު ކުރައްވާފައިވާ ޚިތާބުގައި ވިދާޅުވެފައިވަނީ ”މަސައްކަތްތެރީންގެ ބައިނަލްއަގްވާމީ ދުވަހު، ދިވެހި ކޮންމެ ބެލެނިވެރިއަކަށް އަޅުގަނޑުގެ އިލްތިމާސަކީ، ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ޚާއްޞަ ސަމާލުކަމެއް ދިނުމެވެ.“ ރައީސް ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން މަސައްކަތެއް ނުކޮށް ބާކީ ވެގެންދާން، އެންމެ ދިވެއްސަކުވެސް، ދޫކޮށް ނުލަން […]
ދިވެހި އުންމަތުގެ ހަކަތައަކީ، ހީވާގި ޚިދުމަތްތެރީން: ރައީސް

ދިވެހި އުންމަތުގެ ހަކަތައާއި، ބުންވަރަކީ، ގައުމުގެ ހީވާގި ޚިދުމަތްތެރި މަސައްކަތްތެރީން ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްވެ. އެހެންކަމުން، މަސައްކަތްތެރީންގެ އަޑު އެހުމާއި، އެމީހުންނަށް މަގުތައް ފަހިކޮށްދީ، ލިބޭ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައި ދިނުމުގައި ކޮންމެ ދުވަހަކުވެސް ސަރުކާރު ދެމި އޮންނާނޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލް އަގުވާމީ މަސައްކަތްތެރިންގެ ދުވަސް ނުވަތަ މޭޑޭ އާ ގުޅިގެން އާންމުކުރެއްވި ޚިތާބުގައެވެ. ރައީސް ވިދާޅުވެފައިވަނީ ދިވެހިރާއްޖެ […]