ޒުވާނުންނަށް ސާބަސް ދެމުން ޑެމްސްއިން ޒުވާނުންގެ މުޒާހަރާއާ ގުޅެނީ

އުމުރުން އެކާވީސް އަހަރުގެ ހައްވާ ޔުމްނަށް އިންސާފު ހޯދައިދިނުމަށް ޒުވާނުން ކުރަމުންދާ ސިލްސިލާ މުޒާހަރާގައި ބައިވެރިވުމަށް ދަ ޑިމޮކްރެޓްސް ޕާޓީން ނިމްނައިފިއެވެ. އެޕާޓިން މިގޮތަށް ނިންމީ މިއަދު ހަވީރު ބޭއްވި ނުރަސްމީ އެސެމްބްލީގައި ކަމަށް އެޕާޓީގެ ރައީސް އިންތިޔާޒު ފަހުމީ ވިދާޅުވިއެވެ. އެޕާޓީން މި މުޒާހަރާގައި ބައިވެރިވާނީ ކުލައާއި ދިދަ ބޭނުންނުކޮށް ކަމަށް ވެސް މިއަދުގެ އެސެންބްލީން ވަނީ ނިންމައިފައެވެ. ”މި އިހުތިޖާޖުގައި މިޕާޓީން ބައިވެރިވެ ޒުވާނުން އެދޭ އެހީތެރިކަމެއް އެދޭ މިންވަރަކަށް ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް […]

ސަރުކާރުން ވަނީ އިންސާފުވެރި ތަހުގީގެއް ކުރެވޭނޭ މަގު ކޮށައިދީފައި

ޒުވާން އަންހެންކުއްޖަކު އިމާރާތަކުން ވެއްޓުނު ހާދިސާ އާއި ގުޅިގެން އެމައްސަލަ ބެލުމުގައި ފުލުހުންގެ އިހްމާލު އޮތް ކަމަށް ބުނެ، ޒުވާނުން ކުދިބަޔަކު މުޒާހަރާ ކުރަން ފެށުމާއެކު ސަރުކާރުންވަނީ އެކަށީގެންވާ ހަރުދަނާ ގޮތެއްގައި އެމައްސަލަ ބަލައި އިންސާފުވެރި ތަހުގީގެއް ކުރެވޭނޭ ހުރިހާ މަގެއް ކޮށައިދީފައި ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ. ”ނަމަވެސް ޒިންމާދާރުކަމެއް ނެތް އިދިކޮޅު ސިޔާސީފަރާތްތައް  އަޑީގައި ތިބެގެން، ހިންގާ ޕޮރޮޕަގެންޑާތަކުގެ އަވާގައި ޖެހި،ފާއިތުވި ރޭތަކުގައި މުޒާހަރާ ކުރަމުން ދިޔަ ޒުވާނުންވަނީ އާންމު […]

ޒުވާނުންގެ މުޒަހަރާ ރޫޅާލީ ސަބަބު ފުލުހުން ބުނެފި

ޔުމްނު އަށް އިންސާފު ހޯދައިދިނުމަށް ޒުވާނުން ކުރަމުންދިޔަ މުޒާހަރާ ރޫޅާލި ސަބަބުން ފުލުހުން ބުނެދީފިއެވެ. ފުލުހުން ބުނީ މުޒާހަރާ ރޫޅާލީ ދަރިވަރުންގެ ތައުލީމީ މަސްލަހަތަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ. މީގެ އިތުރުން ފުލުހުން ބުނެފައިވަނީ މާދަމާއަކީ ޖީސީއީ އޯލެވެލް އިމްތިހާނަށް ގިނަދަރިވަރުން ހާޒިރުވާންޖެހޭ ދުވަހަކަށްވުމާއެކު އެކިރޭމަތީން ތަކުރާރުކޮށް މުޒާހަރާގެ ބައިވެރިންނަށް ނަސޭހަތްތެރިވެ ގާނޫނީ އިންޒާރު ދީފައިވާނޭ ކަމަށެވެ. ފުލުހުން ބުނެފައިވަނީ ދުއްވާ އުޅަނދުފަހަރަށް މަޖީދީމަގު ބަންދުވާ ގޮތަށް ބައެއް ޒުވާނުން […]

މަހުޒޫމް ހައްޔަރުކުރީ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރުމުން

ޒުވާނުންގެ ސުލްހަވެރި މުޒާހަރާ އިން މިރޭ ހައްޔަރުކުރި ދެ ޒުވާނުން ހައްޔަރުކުރި ސަބަބު ފުލުހުން ހާމަކޮށްފިއެވެ. މިރޭގެ އިހްތިޖާޖުގެ ތެރެއިން ހައްޔަރުކޮށްފައިވަނީ، ނ.ކުޑަފަރި، ބަގީޗާގެ، ޢަބްދުﷲ މަޙްޒޫމް މާޖިދު (28އ) އާއި މ. ހަސްތީ/ ޢާއިޝަތު ޝިމަން އަޙްމަދު (19އ) އެވެ. ފުލުހުން ބުނީ ޢަބްދުﷲ މަޙްޒޫމް މާޖިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި ޢާއިޝަތު ޝިމަން […]

މުޒާހަރާ ސިޔާސީވެއްޖެ، ޕާޓީތައް ބައިވެރިވުމަށް ޒުވާނުންވަނީ ގޮވާލައިފައި

ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ޒުވާނުން ކުރަމުންދާ މުޒާހަރާ ފުލުހުން އަނިޔާވެރިވި ހީސާބުން ސިޔާސީ މުޒާހަރާއަކަށް ބަދަލު ވެއްޖެ ކަމަށް ޒުވާނުން ބުނެފިއެވެ. އެއާއެކު މުޒާހަރާގައި ބައިވެރިވުމަށް މަދަނީ ޖަމިއްޔާތަކާއި ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކަށް ޒުވާނުން މިރޭ ވަނީ ގޮވާލައިފައެވެ. ”ރީތިކޮށް މުޒާހަރާގައި ތިއްބާ ފުލުހުން އައިސްވަނީ އަނިޔާވެރި ގޮތަކަށް މުޒާހަރާ ރޫޅާލައި ޕެޕަރސްޕްރޭ ޖަހައިފައި. މިއީ ބަލައިގަނެވޭނޭ ކަމެއްނޫން. ޒުވާނުންގެ މުޒާހަރާ ސިޔާސީ ކުރިޔަސް ކުރިން ކޮށްފައިވާ ދިހަ ޑިމާންޑަށް އެއްވެސް ބަދަލެއް […]

ހައްޔަރުކުރި ދެ ޒުވާނުން މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

މާލޭގައި ޒުވާނުން މިހާރު ކުރަމުންދާ ސުލްހަވެރި މުޒާހަރާއިން މިރޭ ފުލުހުން ހައްޔަރުކުރި ދެ ޒުވާނުން އެއްވެސް ޝަރުތަކާ ނުލައި ވަގުތުން ދޫކޮށްލުމަށް އެމްޑީޕީން ގޮވާލައިފިއެވެ. މާލޭގެ ގެއަކުން ވެއްޓި އަނިލިޔާ ލިބިފައިވާ ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް އެދި ޒުވާނުން ކުރަމުންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން މިރޭ ހައްޔަރުކޮށްފައިވަނީ އައިޝަތު ޝިމަން އަހުމަދާއި އަބްދުﷲ މަހުޒޫ މާޖިދެވެ. މުޒާހަރާގެ ބައިވެރިން  ބުނެފައިވަނީ މުޒާހަރާ ރޫޅާލުމަށް ފުލުހުން ބައިވެރިންގެ ތެރެއަށް ވަދެގަތީ އެއްވެސް އިންޒާރެއް އަދި އެއްވެސް […]

ޒުވާނުންގެ މުޒާހަރާއަށް ޕެޕަރސްޕްރޭ ޖަހައި ދެ ޒުވާނަކު ހައްޔަރުކޮށްފި

ހައްވާ ޔުމްނުއަށް އިންސާފު ހޯދައިދިނުމުގެ ނަމުގައި ޒުވާނުން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިރޭގެ މުޒާހަރާ ހޫނުވެ ފުލުހުންވަނީ ޕެޕަރ ސްޕްރޭ ޖަހައިފިއެވެ. މުޒާހަރާގެ ބައެއް ބައިވެރިން ބުނެފައިވަނީ ސްޕްރޭ ޖަހާފައިވަނީ ސީދާ ލޮލަށް ކަމަށެވެ. އެވަގުތު އެސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ނޫސްވެރިންނާ ދިމާއަށް ވެސް ފުލުހުން ޕެޕަރސްޕްރޭ ޖެހިކަމަށް ބުނެފައިވެއެވެ. ސްޕްރޭ ޖެހުމަށްފަހު ފުލުހުންވަނި މުޒާހަރާ ލީޑުކުރަމުންދިޔަ ޒުވާނުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައެވެ. އެއީ  އާއިޝަތު ޝިމަން އަހުމަދާއި، އަބްދުﷲ މަހުޒޫމެވެ. މި މުޒާހަރާގައި ފުލުހުންވަނީ […]