އޭޑީކޭ ނެތްނަމަ ޚިދުމަތް ހޯދަން މިލިއަން ޑޮލަރު ބޭރުވާނެ: އާޒިމް

އޭޑީކޭ ހޮސްޕިޓަލް ފަދަ ތަނެއް ނެތް ނަމަ، ޞިއްޙީ ޚިދުމަތް ހޯދުމަށް އެތައް މިލިއަން ޑޮލަރެއް ރާއްޖެއިން ބޭރުވެގެން ދާނޭ ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މެއި ހަތަރުވަނަ ދުވަހުގެ ރޭ އޭޑިކޭ ސިނަޖީން ކުރިޔަށް ގެންދިޔަ، އޭޑިކޭ ކްލަބްތަކުގެ މެދުގައި ބޭއްވި އެކި އެކި މުބާރާތްތަކުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައި މޭޔަރު ވިދާޅުވީ ވިޔަފާރި ވެރިން ކުރިއަރުވަން ދައުލަތުން މަސައްކަތް ކުރަން ޖެހޭ އެންމެ މުހިއްމު އެއް […]
ފަރެސްމާތޮޑާގައި ފުޓުބޯޅަދަނޑެއް ތަރައްގީ ކުރަނީ

ގދ. ފަރެސްމާތޮޑާގައި ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. އާބާދީގައި 1,800 މީހުން ހިމެނޭ ފަރެސްމާތޮޑާގައި ތަރައްގީ ކުރަނީ ކޫރީގެ ދަނޑެވެ. އެ ދަނޑު ތަރައްގީ ކުރަނީ ފީފާއިން ކަނޑައަޅާފައިވާ ފެންވަރަށެވެ. އެގޮތުން އެތަން ނިމޭއިރު ފީފާއިން ކަނޑައަޅާފައިވާ ފެންވަރުގެ ޓާފެއް އޮންނާނެއެވެ. އޭގެ އިތުރުން ގޯލް ޕޯސްޓެއް ހުންނާނެ ކަމަށް މިމަސައްކަތްކުރާ އެމްޓީސީސީން ބުނެފައިވެއެވެ. މީގެ އިތުރުން ދަނޑު ވަށައިގެން ފެންސެއް ޖެހުމާއި، ހަތަރު ބެންޗު ބަހައްޓާނެވެ.
ރަސްފަންނު: މޫދަށް އެރޭ ސަރަޙައްދު ވަކިކުރަނީ

މާލޭ ރަސްފަނުގައި މޫދަށް އެރޭ ސަރަހައްދު ވަކި ކުރަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މެރިން ފުލުހުންނާއެކު ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި އާޒިމް ވިދާޅުވެފައިވަނީ ކަނޑު ތޮށިން ފެށިގެން ބޭރަށް، 15 މީޓަރަށް ބޮއި އަޅައި އެ ސަރަހައްދު ވަކިކުރުމަށް މިހާރު ބަޔަކާ ހަވާލުކޮށްފައި ވާކަމަށެވެ. މިއާއެކު މިހާރު މަސްބާނަން ތިބޭ ތަނަކީ މީހުން މަޑުކޮށްލަން ހަދައިފައިވާ ތެނެއްކަމުން މަސްބާނަން ތިބޭނެތަނެއް ހެދުމަށް ޓެންޑަރ ކުރުމުގެ މަސައްކަތް […]
މިރޭ މާލޭގައި މީހަކަށް ވަޅިން ހަމަލާދީ ޒަޚަމް ކޮށްލައިފި

މަސްތުވާ ތަކެތީގެ ރެކޯޑު އޮންނަ މީހަކަމަށް މިރޭ ވަޅިން ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ މުރޭ 20:35 އެހައިކަންހާއިރު ކަމަށެވެ. ހަމަލާދީފައިވަނީ އުމުރުން ސާޅީސް އަހަރުގެ މީހަކަށެވެ. އޭނާއަށް ހަމަލާދީފައިވަނީ ސަބްދެލި މަގު ޗާންދަލިޔާ ކައިރީގައި ހުއްޓާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ”ޒަޚަމް ވެފައިވާ މީހާއަކީ މަސްތުވާތަކެތީގެ ރިކޯޑު އޮންނަ މީހެއް،“ ފުލުހުން ބުނެފައިވެއެވެ. މިމީހާއަށް ހަމަލާދިން ފަރާތާ ބެހޭ ގޮތުން ފުލުހުން އެއްވެސް އެއްޗެއް ވިދާޅުނުވެއެވެ. އަދި ހަމަލާއަށްފަހު […]
”ޓޫ އޮފް އަސް“ އަށް ތިންވަނަ، މޭޔަރު އާޒިމްގެ ހޫނު މަރުހަބާއެއް

އިންޑިއާގެ ”ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް“ ގައި ރާއްޖެއިން ބައިވެރިވި ”ޓޫ އޮފް އަސް“ ބޭންޑު އެ މުބާރާތުން ތިންވަނަ ހޯދައިގެން މިއަދު ރާއްޖެ އައުމުން މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް އެ ބޭންޑަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބައެއް ދަންނަވައިފިއެވެ. މަރުހަބާ ދެންނެވުމުގެ ގޮތުން ބޭންޑާ ބައްދަލު ކުރައްވައި ޢާޒިމް ވިދާޅުވީ، މި ފަދަ ބޮޑު މުބާރާތެއްގައި ޓޫ އޮފް އަސް ހޯދި ކާމިޔާބީއަކީ، ރާއްޖެއަށް ހޯދައިދިން ރީތި ނަމަކާއި ޝަރަފެއް […]
އެމް.އައި.އެފް.ސީ ގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ރައީސް

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމް.އައި.އެފް.ސީ) ގެ ބިންގާއެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވައިފިއެވެ. ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މަރުކަޒުގެ ބިންގާ އެޅުމުގެ ހަނދާނީބިނާ އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރާއި އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސް ކޯ އެލް.އެލް.ސީ ގެ ރައީސް، ހިޒް ހައިނަސް ނާޔިފް ބިން ޢީދް އަލް ޘާނީ އެވެ. އެމް.ބީ.އެސް. ގްލޯބަލް އިންވެސްޓްމަންޓްސް ކޯ އެލް.އެލް.ސީ. ގެ ރައީސް، […]
ތެލަސީމިއާ ޕޭޝަންޓުންނަށް ސަމާލުކަން ދޭނަން: ރައީސް

ތެލަސީމިއާ ޕޭޝަންޓުންނާ ގުޅޭ ކަންކަން ފުރިހަމަކުރުމަށް ޚާއްޞަ ސަމާލުކަމެއް މި ސަރުކާރުން ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތެލަސީމިއާ ކޮމިއުނިޓީއާއެކު މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކޮށްލެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ތެލަސީމިއާ ކޮމިއުނިޓީގެ ފަރާތުން ވަނީ ސަރުކާރުން އެ ކޮމިއުނިޓީގެ ކަންބޮޑުވުންތައް އައްސަވައި އެކަންކަމަށް ޙައްލު ހޯދައިދިނުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި އެބޭފުޅުން ވަނީ އިތުރަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. މިގޮތުން ތެލަސީމިއާ […]
ރައީސް ގެންދަވަނީ ޝަރޫއީ ކޯޓުތަކަށް ނުފޫޒު ފޯރުވަމުން: އަދާލަތު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ގާނޫނާ ޚިލާފަށް ޝަރުއީ ކޯޓުތަކުގެ ކަންކަމާބެހި ޝަރީއަތަށް ނުފޫޒު ފޯރުވަމުން ކަމަށް ބުނެ އަދަލާތުގެ ޕާޓީން އެކަން ކުށްވެރި ކޮށްފިއެވެ. އެ ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ”ދިވެހިރާއްޖޭގެ ވެރިކަންހިންގުމުގެ ތިން ބާރުގެ ތެރެއިން އަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ މިނިވަންކަން ނިގުޅައިގަނެ، ޤާނޫނާ ޚިލާފަށް ޝަރުޢީ ކޯޓުތަކުގެ ކަންކަމާބެހި، ހިނގަމުންދާ ޝަރީޢަތްތަކަށް ނުފޫޒު ފޯރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހިންގަވާ ކަންކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އަދުލު […]
ސިހުރު ހަދާކަމުގެ ތުހުމަތުގައި ބާރަށުން އަށް މީހަކު ހައްޔަރުކޮށްފި

ހއ. ބާރަށުގައި ސިހުރު ހާހޫރު ހަދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ސިހުރުހަދާކަމަށް ތުހުމަތު ކުރެވޭ އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ފުލުހުން ވިދާޅުވީ އެ އަށް މީހުންނާ ސުވާލު ކުރުމަށްފަހު އެންމެވެސް މިހާރު ވަނީ ދޫކޮށްލާފައިވާ ކަމަށެވެ. އަދި އަށްތަނެއް ބަލައި ފާސްކޮށް ސިހުރު ހާހޫރަށް ހަދަން ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ ބައެއް ތަކެތިވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ވިދާޅުވެފައިވެއެވެ. ބާރަށުގައި މި އޮޕަރޭޝަން ހިނގާފައިވަނީ […]
މުއިއްޒު ގެންދަވަނީ ގާނޫނު އަސާސީ ސުންނާފަތި ކުރަމުން: އިމްރާން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ މުޅި ގާނޫނުއަސާސީ މުގުރައި ބިމާ ހަމަކުރަމުން ކަމަށް ރާއްޖޭގެ ކުރީގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސް އެގޮތަށް އަމަލު ކުރައްވަނީ އަމިއްލަ ބާރާއި ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށް އިމްރާން ވިދާޅުވެފައިވެއެވެ. ”ދިވެހި ލޮބުވެތި ރައްޔިތުން! ގަބޫލު ކުރައްވާ! އަމިއްލަ ބާރާއި ވެރިކަމުގެ ދަހިވެތިކަމުގައި ރައީސް މުއިއްޒު އެ ވަޑައިގަންނަވަނީ ގާނޫނު އަސާސީގެ އެންމެ މުހިންމު އަސާސްތަކާއި ރުކުންތައް ސުންނާފަތިކޮށް މުޅި ޤާނޫނުއަސާސީ […]
