ޓެކްސީލައިނުގެ ސަބަބުން އެއްވެސް ހުރަހެއްނެތް: އަމީން

ސަރުކާރުން ޓެކްސީލައިނެއް ތައާރަފް ކުރިޔަސް މިހާރު ޓެކްސީގެ ޚިދުމަތް ދެމުން ގެންދާ ފަރާތްތަކަށް އެއްވެސް ހުރަހެއް ނޯންނާނޭ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. ރައްތިތުންގެ މަޖިލިހަށް މިއަދު ވަޑައިގެން މެންބަރުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ޓެކްސީލައިންގެ ސަބަބުން ”މިހާރު ޓެކްސީ ކުރާ ފަރާތްތަކަށް ވެސް އެއްވެސް ހުރަހެއް ނެތި މިހާރެކޭ އެއްގޮތަށް ޓެކްސީ ކުރުމުގެ ޚިދުމަތް ކުރިއަށް ގެންދެވޭނެ،“ ކަމަށެވެ. ރަސްމީ ވަޒީފާ އަދާކުރެއްވުމަށްފަހު އިތުރަށް އާމްދަނީ ހޯދަން އެފަރާތްތަޖަށް […]
ޖަލު ތަރައްގީކޮށްދޭނެ ބަޔަކު ހޯދަންކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

ސެންޓްރަލް ޖަލާއި، ހޯޕް އައިލެންޑް ތަރައްޤީކޮށްދޭނޭ ބަޔަކު ހޯދަން ހޯމްލޭންޑް މިނިސްޓްރީން ކުރި އިއުލާޏުގެ މުއްދަތު އިތުރުކޮށްފި ކަމަށް އެމިނިސްޓްރީން ބުނެފިއެވެ. ސެންޓްރަލް ޖަލާއި، ހޯޕް އައިލެންޑް ތަރައްޤީކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވަނީ އުތުރު ތިލަފަޅުގައެވެ. ސެންޓްރަލް ޖަލަކީ މިހާރު އެކި ރަށްރަށުގައި ހިންގަމުންދާ ޖަލުތައް، ސެންޓްރަލް އެއް ޖަލަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ހޯޕް އައިލެންޑަކީ ކުށުގެ ވެށީގައި އުޅޭ ކުދިން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމަޢަށް ނެރުމަށް ބޭނުންވާ މަސައްކަތްތަކަށް […]
ވާނުވާ ބަންދަށް ވަކާލާތު ކުރާ މީހުންނާ ބައްދަލު ކުރައްވައިފި

”ވާނުވާ ބަންދު“ ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބައްދަލުކުރައްވައިފިއެވެ. އެމަނިކުފާނު މި ބޭފުޅުންނާ ބައްދަލުކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ”ވާނުވާ ބަންދު“ ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުން ވިދާޅުވީ އެހެން ސަރުކާރުތަކުން މަސައްކަތްކޮށްފައިނުވާ ވަރަށް މި ސަރުކާރުން ވާނުވާ ބަންދަށް ޙައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާކަން ފާހަގަވާކަމަށެވެ. އަދި މި ސަރުކާރުން ކުރައްވާ މަސައްކަތްތަކުން ރަނގަޅު ނަތީޖާއެއް ފެނުމުގެ […]
ސީޕީ ޝުޖާޢު ޝަރަފުވެރި ކަމާއެކު ރިޓަޔަރ ކުރައްވައިފި

ކޮމިޝަނަރު އޮފް ޕޮލިސް ޢަލީ ޝުޖާޢު ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު މިއަދު ރިޓަޔަރ ކުރައްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވައިފައިވަނީ އިސްކަންދަރު ބިލްޑިންގުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިންޔަތާ ބެހޭ ވަޒީރު އަލީ އިހުސާނު ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސްއަށް ޝަރަފުގެ ހަނދާނީ ފިލާ އަދި ރިޓަޔަރމަންޓް ކާޑު އަރުވާފައިވެއެވެ. ޝަރަފުގެ ހަނދާނީ ފިލައަކީ، ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާ ކޮމިޝަނަރުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަރުވާ ފިލައެއް ކަމަށް ފުލުހުންވަނީ […]
ގެއެއްގެ ފާޚާނާތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހެންވޭރު ގެއެއްގެ ހަތަރުވަނަ ފަންގިފިލާގެ ފާޚާނާތެރޭގައި ނިޔާވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތެރިވާން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ ނިޔާވެފައި އޮއްވާ ފެނިފައިވަނީ، ގ. ލަންކާ، އަބްދު މުފީދު ކަމަށެވެ. އޭނާގެ އުމުރަކީ 46 އަހަރު ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އެގެއަށް ދިޔައީ ދަމާސް ފަރުނީޗަރު ފިހާރަ ހުންނަ ސަރަހައްދުން ނުބައިވަސްދުވާތީ އާންމުން ކުރި ރިޕޯޓަކާ ގުޅިގެންނެވެ. މިމަރާ ބެހޭ ގޮތުން ފުލުހުން އަދި އިތުރު މައުލޫމާތެއް ނުދެއްވައެވެ.
ކޮންސްޓަބްލް ޙުސައިން ގާއިސް ނިޔާވެއްޖެ

ދިވެހި ފުލުހުންގެ ޚިދުމަތުގެ ސާޅީސް ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގައި ތަމްރީނު ފުރިހަމަ ކުރަމުން ދިޔަ ޕޮލިސް ކޮންސްޓަބްލް ޙުސައިން ގާއިސް (34އ) މިއަދު ހަވީރު ނިޔާވެއްޖެއެވެ. އޭނާ ނިޔާވީ ތަމްރީނުގައި އުޅެނިކޮށް ހާލުދެރަވެ އައިޖީއެމް ހޮސްޕިޓަލް ގައި ފަރުވާދެމުން ދަނިކޮށްނެވެ. ގާއިސް އަށް ސިއްހީ މައްސަލައެއް ދިމާވެފައިވާކަން އެނގުނީ މެއި 4 ވަނަ ދުވަހުގެރޭ ފަތިހު 04:21 އެހައިކަންހާއިރު، ކޯހުގެ ދަރިވަރުންނަށް ވޭކް-އަޕް ކޯލް ދިނުމަށް މުދައްރިބުން ދަރިވަރުންގެ ބެރެކްސްތަކަށް ވަދެ ދަރިވަރުން ހޭލައްވަމުން […]
ޕާކިސްތާނަށް އިންޑިއާއިން އޮޕަރޭޝަން ސިންދޫރު ފަށައި ހަމަލަ ދީފި

ޕާކިސްތާނަށް އޮޕަރޭޗަން ސިންދޫރުގައި އިންޑިއާއިން ދިން ހަމަލާގައި 8 މީހުން މަރުވެ، 35 މީހުން ޒަޚަމްވެއްޖެ ކަމަށް ޕާކިސްތާނުގެ ފަރާތްތަކުން މަޢުލޫމާތު ދީފިއެވެ. މި ހަމަލާ ދީފައިވަނީ މިއަދު ހެނދުނު ޕާކިސްތާން/މާލޭ ގަޑިން 2:45 ގެ ފަހުންނެވެ. ޕާކިސްތާނުގެ ސިފައިން ބުނާ ގޮތުގައި އިންޑިއާގެ 3 މަތިންދާބޯޓު ވަނީ ވައްޓާލާފައެވެ. އަދި އިންޑިއާއިން ވަނީ ޕާކިސްތާނުގެ 6 ތަނަކަށް ހަމަލާ ދީފައި ކަމަށެވެ. ނަމަވެސް އިންޑިއާއިން ބުނަނީ 9 ތަނަކަށް ހަމަލަ ދީފައި ވާނެ ކަމަށެވެ. މި […]
އިންޑިއާއިން ޕާކިސްތާނަށް ހަމަލާދީފި، ކުޑަކުއްޖަކު މަރުުވި

އިންޑިއާއިން ޕާކިސްތާނަށް ހަމަލާދިނުމުން ރައްދުގައި ޕާކިސްތާނުން ވެސް ހަމަލާދީފިއެވެ. އިންޑިއާއިން ދިން މިސައިލް ހަމަލާގައި ޕާކިސްތާނުން ވަނީ ކުޑަކުއްޖަކު މަރުވެ އިތުރު ބަޔަކު ޒަޚަމްވެފައި ކަމަށް ޕާކިސްތާނުގެ ނޫސްވެރިއަކު ބުންޏެވެ. އޭނާ ބުނީ ރައްދުގައި ޕާކިސްތާނުންވަނީ އިންޑިއާގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފައެވެ. މިހަމަލާގައި ލިބުނު ގެއްލުމެއް އެނގިފައެއް ނުވެއެވެ. ޕާކިސްތާނުން އިންޑިއާއަށް ދިން ހަމަލާގައި ވަނީ އިންޑީއާގެ ދެ ފައިޓަރޖެޓު ވައްޓާލައިފައެވެ. އެހެންނަމަވެސް މިއީ މުޅިން އަދި ޔަގީން ނުވާ ވާހަކައެއް ކަމަށް ޕާކިސްތާނުން މިނޫހަށް މައުލޫމާތު […]
