ބޭނުންވާ ބޭސް އެތެރެ ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެއަށް ބޭނުންވާ ބައެއް ބޭސްތައް މެދުނުކެނޑި، ހެޔޮއަގެއްގައި ލިބޭނެ ގޮތް ހަދައިދިނުމުގެ އެއްބަސްވުމެއްގައި އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރގެ ދަށުން ހިންގާ އެޗްއެލްއެލް ލައިފްކެއަރ ލިމިޓެޑް އާއެކު އެސްޓީއޯއިން މިއަދު ސޮއިކޮށްފިއެވެ. އެސްޓީއޯއިން މަސައްކަތް ކުރަނީ ރާއްޖޭގައި ބޭސް މަދުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމައިދިނުމަށެވެ. ވޭތުވެދިޔަ ތަނުގައި ރާއްޖޭގައި މުހިންމު ބޭސްތަކެއް ލިބުން ދަތިވެ، ސިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. މިއަދު ސޮއިކުރި […]

ތެލެސީމިއާގެ ވޭން ތަޙައްމަލް ކުރަމުންދާ އާއިލާތަކަށް އެހީދީ: އާޒިމް

މޭޔަރު އާދަމް އާޒިމް

ތެލެސީމިއާގެ ވޭން ތަޙައްމަލް ކުރަމުންދާ އާއިލާތަކަށް، ހުރިހައި ގޮތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފި އެވެ. މޭޔަރ ޢާޒިމް މިފަދައިން އިލްތިމާސް ކުރައްވާފައި ވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރަމުން އަންނަ ތެލްސީމިއާ ދުވަހާ ގުޅިގެން އެމަނިކުފާނުގެ އަމިއްލަފުޅު ސޯޝަލް މީޑިއާގެ އެކައުންޓްތަކުގައި ޙިއްޞާ ކުރެއްވި ފޯސްޓެއްގައެވެ. މޭޔަރ ޢާޒިމް ވިދާޅުވީ، ރާއްޖެއަކީ އާބާދީގެ ނިސްބަތުން ތެލެސީމިއާގެ ވޭން ތަޙައްމަލް ކުރަމުންދާ އާއިލާތައް ގިނަ ޤައުމެއް ކަމަށާއި […]

ޔުމްނު ވެއްޓުނީ އަމިއްލައަކަށްނޫ، ރައުދުގެ އިތުރުން ހަތަރު މީހުންތިބި: އާއިލާ

ހ. ފެންޓޯނިއާގެ ނުވަވަނަ ބުރިން މިމަހު 18 ވަނަ ދުވަހު ވެއްޓިފައިވާ ހައްވާ ޔުމްނު ރަޝީދު މިއަދު އެ ހާދިސާގެ ބައެއްވާހަކަތައް ކިޔައިދީފި ކަމަށް އާއިލާއިން ބުނެފިއެވެ. އާއިލާއިން މިރޭ ބުނީ ފެންޓޯނިއާއަކީ ކުރިންވެސް އޭނާ ގޮސް އުޅޭގެއެއް ކަމަށް ޔުމްނު ބުނެފައިވާ ކަމަށެވެ. އެރޭވެސް އެގެއަށް ދިޔައީ މިމައްސަލާގައި ތުހުމަތު ކުރެވޭ ނުވަމީހުންގެ ތެރޭގައި ހިމެނޭ، ހ. މީނާޒު، ޔޫސުފް ޔައްސާރުގެ ދައުވަތަކަށް ކަމަށެވެ. ގޭގެ ލޮކޭޝަން ވެސް ފޮނުވާ ޔައްސާރު ކަމަށާއި އެރޭ ދިޔަ […]

އެމެރިކާއިން ޖޯޑަންގެ އަބްދުﷲ ރަސްގެފާނަށް ފާޑު ކިޔައިފި

ކެންސަރު ޖެހިފައިވާ ފަލަސްޠީނުގެ ކުޑަކުދިންނަށް ފަރުވާ ދިނުމަށް ޖޯޑަންއަށް ގެންދަން ވައުދުވެ ވަޑައިގަތުމަށްފަހު އެކަން ނުކުރައްވާތީ އެމެރިކާއިން ޖޯޑަންގެ އަބްދުﷲ ރަސްގެފާނަށް ފާޑުކިޔައިފިއެވެ. އަބްދުﷲ ވަނީ  ވައިޓްހައުސްއަށް ކުރެއްވި ޒިޔާރަތުގައި އެކުދިން ޖޯޑަންއަށް ގެންދަވާފައި ފަރުވާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެމެރިކާއިން ބުނަނީ މިއަދާހަމައަށް އަބްދުﷲ ގެންދެވީ އެންމެ 44 ކުދިން ކަމަށެވެ. ޖޯޑަންގެ ބިރަކީ އެކުދިންނާއި އާއިލާތައް ޖޯޑަންއަށް ގެންގޮސްފިނަމަ އިޒްރޭލުން ފަހުން އަނބުރައި އެމީހުން ބަލައި ނެގެންފާނެތިއެވެ. އަދި އެމީހުން ޖޯޑަންގެ ސަރުކާރުން ބަލަހައްޓަން […]

ރޮހިންގާ ރެފިއުޖީންނަށް ހަދަން ވީގޮތެއް ނޭނގިފަ

ބަންގްލަދޭޝްގެ ސިފައިން ވަނީ ކޮކްސް ބަޒާރުގެ ކޭމްޕްތަކުގައި ތިބި އެއް މިލިއަނަށްވުރެ ގިނަ ރޮހިންގާ ރެފިއުޖީން އަނބުރާ ފޮނުވާލުމަށްޓަކައި ގައުމީ ސަލާމަތީ ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެ މަސައްކަތް ފަށާފައެވެ. ނަމަވެސް އެކަމަށް ހުރަސް އެޅިފައި ވަނީ އެތެރޭގައި ބައބައި ވުމެއްގެ ސަބަބުންނެވެ. މި މައްސަލައިގެ ސަބަބުން ސިފައިން ގެ ޚިޔާލު ކަފިވެފައިވާ ކަން ފާހަގަކުރެވެއެވެ. އަދި ބަންގްލަދޭޝް-މިޔަންމާ ބޯޑަރުގައި ގައުމީ ސަލާމަތާއި ޖިއޯޕޮލިޓިކަލް މައްސަލަތަކާ ގުޅޭގޮތުން ތަފާތު ޚިޔާލުތައް ހުރިކަން ހާމަވެގެން ގޮސްފައިވެއެވެ. އެއް ފަރާތަކުން، […]

ތެލެސީމީއާ ކުދިންނަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނެސްދޭނަން: ރައީސް

ދެހާސް ތޭވީސް ވަނަ އަހަރު، ރިޔާސީ އިންތިޚާބުގައި، ތެލަސީމިއާ ކުދީންނަށްޓަކައި ހާމަކުރި ތަޞައްވުރާއި، ވީ ވަޢުދުތައް މާތްﷲގެ ވާގިފުޅާއެކު ހަގީގަތަކަށް ހައްދަވައިދެއްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ޚިތާބުގައެވެ. ރައީސް ވިދާޅުވެފައިވަނީ އެމަނުކުފާނު ވަނީ ތެލަސީމިއާ ކުދީންނާއި އެކުދިންގެ އާއިލާތަކާއި ސީދާ ބައްދަލު ކުރައްވާފައި ކަމަށެވެ. އަދި އެމީހުންގެ އަޑު އެހުމަށްފަހު އެ ކުދީންނަށް ފަރުވާ ދޭގޮތް ސީދާ ލޮލުން ބެއްލެވި […]