ޑިޖިޓަލައިޒް ކުރުމުގެ މައިިގަނޑު މަގުސަދަކީ ކޮރަޕްޝަން ނައްތާލަން: ރައީސް

ޑިޖިޓަލައިޒްކުރުމުގެ އެންމެ މައިގަނޑު އެއް މަޤުޞަދަކީ މިޤައުމުން ކޮރަޕްޝަންގެ ވަބާ ނައްތާލުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ’ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް‘ އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ބާސެލޯ ނަސަންދުރައިގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެންމެން އެއްޖޯޝެއްގައި ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށްކުރާ މަސައްކަތުގައި ކޮރަޕްޝަން ނައްތާލަންޖެހޭކަމަށެވެ. އަދި އެކަން ހާސިލްކުރުމަށް ޤައުމުގައި އޮތް ހިންގުމުގެ ނިޒާމް ޑިޖިޓަލައިޒްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، […]
ޔުމްނުއާ ސުވާލު ކުރުމުގެ ފުރުސަތު ލިބިފައިނުވޭ: ފުލުހުން

ހުސްވި އޭޕްރިލް އަށާރަވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ ތަހުގީގަށް މިހާތަނަނަށް އޭނާއާ ސުވާލުކުރެވިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.ފ ފުލުހުން ބުނީ ޔުމްނު ވެއްޓުނު މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވި، ފުލުހުން އެތަނަށް ދިޔަ ހިސާބުން ފެށިގެން ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއް ކަމަށެވެ. އެހެން ކަމުން އޭނާއާ ސުވާލުކުރަން އެ ފުރުސަތު ހޯދުމަށް މަސައްކަތްކުރި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. ”ނަމަވެސް، އަންހެން މީހާގެ ސިއްހީ […]
ދޮގު މައުލޫމާތުގެ އޮއިވަރެއް އާންމުވެއްޖެ

އިންޑިއާއިން ހިންގި ”އޮޕަރޭޝަން ސިންދޫރު“ ގެ ފަހުން، ދޮގު މަޢުލޫމާތުގެ އޮއިވަރެއް މީސްމީޑިއާގައި އާންމު ވާން ފަށައިފިއެވެ. މި އޮޕަރޭޝަނަކީ އޭޕްރިލް 22 ގައި ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން، ޕާކިސްތާނާއި ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރުގައި ހުރި 9 ޓެރަރިސްޓް ކޭމްޕަކަށް އަމާޒުކޮށް އިންޑިއާއިން ދިން ހަމަލާއެކެވެ. މި ހަމަލާގައި 26 އާންމު ރައްޔިތުން މަރުވެފައިވެއެވެ. މި ހަމަލަތަކުގައި ލަޝްކަރޭ ތައިބާ، ޖައިޝޭ މުޙައްމަދު އަދި ހިޒްބުލް މުޖާހިދީންގެ މަރުކަޒުތަކަށް ހަމަލާދީފައިވެއެވެ. […]
އޮޕަރޭޝަން ސިންދޫރަކީ ސިފައިންގެ 3 ގޮފިން ގުޅިގެން ދިން ހަމަލައެއް

އިންޑިއާއިން އޮޕަރޭޝަން ސިންދޫރުގައި އެސްސީއޭއެލްޕީ ކްރޫޒް މިސައިލްތަކާއި ހެމަރ ބޮންތައް ފޮނުވާލީ ރަފަލް ޖެޓްތަކުންނެވެ. އިންޑިއާގެ ވައިގެ ސިފައިން ވަނީ ކަނޑުގެ ސިފައިންނާ ގުޅިގެން މަދުން ނޫނީ ނުފެންނަ ޖޮއިންޓް އޮޕަރޭޝަނެއްގައި ނޭވީގެ އެހީތެރިކަމާއެކު އިންޑިއާގެ ވައިގެ ސަރަހައްދުން ހަމަލަ ދިނުމުގެ އޮޕަރޭޝަން ހިންގާފަ އެވެ. އިންޑިއާ ގަޑިން މެންދަމު 1:44 ގައި ހަމަލާތައް ދިން ކަން ކަށަވަރުކޮށްދެމުން ޑިފެންސް މިނިސްޓްރީން ސިފަކޮށްފައި ވަނީ އަމާޒަށް، ވަޒަންކޮށްގެން، ހަމަލައިގެ ދާއިރާ ފެތުރިގެން ނުދާ ގޮތަށް އަސްކަރީ ހަމަލަތައް […]