ޕާކިސްތާނުން ދިން ހަމަލާގެ މައުލޫމާތު ދީފި

ހަމަލަތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ބައިވެރިވެފައި ވަނީ ވިކްރަމް މިސްރީ އަދި ސިފައިންގެ ވިންގ ކޮމާންޑަރ ވިޔޯމިކާ ސިންގ އަދި ކާނަލް ސފިއްޔާ ޤުރައިޝީ އެވެ. އަމްރިޓްސާ އާއި އެހެނިހެން އިންޑިއާގެ ސިޓީތަކަށް އަމާޒުކޮށްގެން ދެމުންދާ ހަމަލާތައް ހިމެނޭ ގޮތަށް، މަދަނީ އަދި އަސްކަރީ އިންފްރާސްޓްރަކްޗަރއަށް އަމާޒުކޮށްގެން ހިންގަމުންދާ ސިލްސިލާ ހަމަލާތަކާ ގުޅޭ ގޮތުން  ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވަނީ ޕާކިސްތާނަށް ފާޑުވިދާޅުވެފައެވެ. އިންޑިއާއިން އަމިއްލަ ސަރަހައްދަށް ހަމަލާދޭ ކަމަށް ޕާކިސްތާނުން ދައްކާ ވާހަކަތައް މިސްރީ […]

އަންނަމުންދާ ބަދަލުތަކަށް ދަރީން ހޭލުންތެރި ކުރަން ޖެހޭ: ރައީސް

ދުނިޔެއަށް އަންނަމުންދާ ހަލުވި ކުރިއެރުމާއި ބޮޑެތި ބަދަލުތަކަށް ދަރީން ހޭލުންތެރި ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ”މާދަމާ ދިވެހި ޤައުމީ ނަވައިގެން ނިޔާމަ ދަތުރެއް ކުރެވޭނެ ޤާބިލްކަމާއި ހިތްވަރު އެކުދިންނަށް ލިބޭނީ މިއަދު އަޅުގަނޑުމެން އެކަމަށް މަސައްކަތް ކޮށްދީގެން،‘ ކަމަށެވެ. ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ފޮނުވުގެ ކުދިން ރައީސް ކުރެއްވި ޕޯޓުގައި ވިދާޅުވެފައިވަނީ ”ދިވެހި ލޮބުވެތި ކުޑަކުދިންނާއި، އެކުދިންގެ ޢާއިލާތަކަށް ކުޑަކުދީންގެ ދުވަހުގެ ތަހުނިޔާއާއި […]

ޅަދަރީން ހެޔޮގޮތުގައި ބޮޑުކުރުން، ކުރިމަގަށް އޮތް އެންމެބޮޑު ޔަގީންކަން

ކުޑަކުދިންނަކީ، އެންމެންގެ ހިތްތަކުގެ ހަމަޖެހުންކަމަށާއި، ޤައުމުގެ ދެމިއޮތުންކަމުގައި ފާހަގަކުރައްވައި، ޅަދަރީން ހެޔޮގޮތުގައި ބޮޑެތި ކުރުމަކީ، ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަގީންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ހަރުދަނާ ޖީލެއްގެ ގޮތުގައި ކުޑަކުދިން ބޮޑެތިކުރުމަށް ބާރުއަޅުއްވާފައިވެއެވެ. އަދި ދިވެހީންގެ ސިޔާދަތާއި ކަރާމާތާއި ތަމައްދުން ނަގަހައްޓަން ތައްޔާރަށްތިބޭ ބަޔެއްގެ ގޮތުގައި ކުދިން ތަރުބިއްޔަތު ކުރުމަކީ، އެންމެންގެ […]

ޤުރުބާނީ (ސައްބީސްވަނަ ބައި)

ޤުރުބާނީ (ސައްބީސްވަނަ ބައި)

ޒަމާންތަކަކަށް ފަހު، ޝަހާ މަންމަގެ އުންމީދުތައް އައުވި ކަހަލައެވެ. އެހެނީ އުންމީދުން ފުރިގެންވާ ނަޒަރަކުން ޝަހާއާއި ފައިސަލް އަދި ޝާލިނީއާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީޔެވެ. އެވަޤުތު ޝަހާ މަންމަގެ ހިތުގައި އޮތް އެއްޗެއް އޮޅުންފިލުވަން ފާތުން ބޭނުންވެފައި ހުރި ކަހަލައެވެ. ޝަހާ މަންމަގެ އެޖުމުލައިން ލިބުނު ހައިރާން ކަމާއިވެސް އެކުގައެވެ. ”ޝަހާމަންމަ ހަމަ އަސްލުވެސް ބޭނުންވާ ގޮތްތަ ތީ؟ ތީ ރަނގަޅު ވިސްނުމެއް ކަމަށް ޝަހާމަންމައަށް ޤަބޫލު ކުރެވޭތަ؟“ ފާތުންއާއި ދިމާއަށް ބަލައިލުމާއިއކު، ހިނިތުން ވެލާފައި ބުނެލިއެވެ. […]

މޯލްޑިވްސް 2.0 ގައި ބައިވެރިވުމަށް ރައީސް ގޮވާލައިފި

މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު  ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވަނީ މިކާމާ ދެކޮޅު ނުހަދައި ސިޔާސީ އިދިކޮޅު ފަރާތްތަކުންވެސް މިކަމުގައި ބައިވެރިވުމަށް ގޮވާލައްވައިފައެވެ. އެހެންނަމަވެސް މިހާތަނަށް ފެނިފައިވަނީ ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދާތަން ކަމަށް ރައީސް ވިދާޅުވެފައެވެ. އަދި ދެކޮޅު ހަދަނީ ކީއްވެތޯ ވެސްވަނީ ސުވާލު ކުރައްވައިފައެވެ. މޯލްޑިވްސް 2.0 އަކީ […]

ޕާކިސްތާނުން ބުންޔާނުން މަރުސޫސް ފަށައިފި

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަނގުރާމައިގެ ޙާލަތު އިތުރަށް ގޯސްވެއްޖެއެވެ. ޕާކިސްތާނުން ”އޮޕަރޭޝަން ބުންޔާނުން މަރުސޫސް“ ގެ ނަމުގައި އިންޑިއާގެ ސަރަޙައްދުތަކަކަށް ހަމަލާދިނުމާ ގުޅިގެން، އިންޑިއާއިން ވަނީ ޕާކިސްތާނުގެ ތިން އެއާބޭސްއަކަށް ހަމަލާދީފައެވެ. އިންޑިއާ ސަރުކާރުގެ މަޞްދަރުތަކުން ބުނާ ގޮތުގައި، ޕާކިސްތާނުން ޖަމްމޫ އެންޑް ކަޝްމީރުގެ ޕޫންޗް އަދި އުރީ ސަރަޙައްދުތަކަށް ހަމަލާދިނުމާ ގުޅިގެން، ޖަމްމޫގައި ޖެހިޖެހިގެން ދެ ދުވަހު ސައިރަން އަޅާފައިވެއެވެ. އަދި އެ ސަރަޙައްދުގައި ގޮވުމުގެ އަޑުތައް އިވި، ދެ ރޭ ވަންދެން ކަރަންޓު […]