ކުށްކުރާ ކުދިންނަށް ވުމުގެ ސަގާފަތް ބަދަކުރަންޖެހޭ: މެޑަމް ސާޖިދާ

އަނިޔާ އަދި އެކިކަހަލަ ގޯނާ ލިބެމުންދާ ކުދިންނަށް އެ މާޙައުލުން ނުނިކުމެވި، ކުށްކުރާ ކުދިންނަށް ވަމުން ދިޔުމުގެ ޘަޤާފަތް ބަދަލުކުރަން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހާއި ޔުނިސެފް ގުޅިގެން މިމަހުގެ 10 އިން 12 އަށް ބާއްވާ، ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، މިއަދު ކުށުގެ މާޙައުލުގައި ތިބި ކުދިންނަކީ އިއްޔެ އަނިޔާ […]

މައްކާ ރޫޓް އިނީޝިއޭޓިވްގައި، ރާއްޖެ ހިމަނަންނިންމަވައިފި

މައްކާ ރޫޓް އިނީޝިއޭޓިވްގައި، 1446 ވަނަ އަހަރު ރާއްޖެ ހިމަނަން ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމަވައިފި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިއީ ހައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން، ދެ ޤައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ޤައުމުގެ އެއަރޕޯޓްގައި ތިބެ ނިންމައިގެން ފުރުން ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މިހެން ހެދުމުން ޖިއްދާ އެއާޕޯޓްގެ އިމިގްރޭޝަންގައި ޙައްޖުވެރިން މަޑުކުރަން ނުޖެހޭނެއެވެ. އޭގެ ބަދަލުގައި ސީދާ ހޮޓަލަށް ދެވޭނޭ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ހައްޖުވެރިންގެ […]

ސިފައިންގެ އާއިލާތަކުގެ ގުޅުން ބަދަހި ކުރުމަށް ދުވުމެއް ބާއްވައިފި

ސިފަމާ ”ފަންރަން 2025“ ގެ ނަމުގައި އެމްއެންޑީއެފުން މިއަދު ދުވުމެއް ބާއްވައިފިއެވެ. މި ހަރަކާތަކީ ކުޑަކުދިންގެ ދުވަހާއި މަންމައިންގެ ދުވަސް ފާހަގަ ކުރުމުގެ އިތުރުން ސިފައިންގެ އާއިލާތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރު ކުރުމުގެ ގޮތުން ބޭއްވި ދުވުމެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. މި ދުވުން ބާއްވާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ދުވުމުގައި 3 ކިލޯމީޓަރ އަދި 5 ކިލޯމީޓަރގެ ދުވުން ކުރިއަށް ގެންގޮސްފައިވެއެވެ. މި ދުވުން ފުރިހަމަކުރި ކޮންމެ ބައިވެރިއަކަށް ވަނީ މެޑެއްޔެއް ވަނީ […]

ލަންކާ މަސްބޯޓަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

އައްޑޫ ސިޓީގެ ހުޅަނގުން އޮޔާދިޔަ ސްރީލަންކާގެ މަސްބޯޓަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. ”ސަންޑާލީ ވެލެންޓިނާ“ ބޯޓު އޮޔާދަނިކޮށް އެމްއެންޑީއެފުން އެބޯޓަށް އެހީތެރިކަން ފޯރުކޮށްދިނީ ސްރީލްންކާގެ ކަމާއިބެހޭ އިދާރާތަކުން އެމްއެންޑީއެފް ކޯސްޓްގާޑަށް އެމައުލޫމާތު ދިނުމުންނެވެ. މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުން ދިޔައީ އެ ބޯޓު މޮނީޓަރކުރަމުންނެވެ. އެގޮތުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓުގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ”ދޮށިމޭނާ“ ގައި ސިފައިން ވަނީ އެ ބޯޓު އޮޔާދާ ސަރަހައްދަށް ދަތުރުކޮށް، މިއަދު […]

ކުޑަކުދިންނަކީ ޚާއްސަ ރައްކާތެރިކަމެއް ދޭން ޖެހޭ ބައެއް: މޭޔަރ ޢާޒިމް

ކުޑަ ކުދިންނަކީ މުޖުތަމައުގައި ޚާއްސަ ލޯތްބަކާއި އަޅައިލުމާއި ރައްކާތެރިކަން ދޭން ޖެހޭ ބައެއް ކަމަށް، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. ދިވެހިރާޖޭގައި މިއަދު ފާހަގަ ކުރަމުން އަންނަ ކުޑަ ކުދިންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ދުނިޔޭގެ ކޮންމެ ގައުމެއްގެވެސް ކުޑަކުދިންނަކީ ޚާއްސަ ލޯތްބަކާއި އަޅައިލުން ދޭންޖެހޭ ކުދިން ކަމަށެވެ. ދިވެހި މުޖުތަމައަކީ ކުޑަ ކުދިންނަށް ލޯތްބާއި އަޅައިލުންދީ، އެ ކުދިންގެ ހިމާޔަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރާ މުޖުތަމައެއް […]

ރައީސްގެ ދެކަނބަލުން، ކުޑަކުދިންގެ ހަރަކާތްތައް ބައްލަވާލައްވައިފި

ތައުލީމީ ވުޒާރާއިން އިސްނަންގަވައިގެން ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދެވި ހަރަކާތްތަކުގެ ތެރެއިން، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ދިޔަ ކުޑަކުދިންގެ ހަވީރަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ޒިޔާރަތް ކުރައްވައިފިއެވެ. މިއަދު ހަވީރު ކުރިއަށް ދިޔަ މި ހަރަކާތް އޮތް ސަރަޙައްދަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން މަރުޙަބާ ވިދާޅުވީ، ތައުލީމީ ވުޒާރާގެ އިސްވެރިންނާއި ސްކޫލުތަކުގެ އިސްވެރިންނެވެ. މިއަދު ކުރިއަށްދިޔަ ހަވީރުގައި، ދަރިވަރުންގެ ފަރާތުން […]

ކުޑަކުދިންނަށް ރައްކާތެރި، މާހައުލެއް ހޯދައިދިނުމަކީ އެންމެންގެ ޒިންމާއެއް: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ފޮޓޯ އެމްޑީޕީ

މިގައުމުގެ މާދަމާގެ ލީޑަރުން ކަމަށްވާ މިއަދުގެ ކުޑަކުދިންނަށް އުފާވެރި، ރައްކާތެރި، ދުޅަހެޔޮ މާހައުލެއް ހޯދައިދިނުމަކީ އެންމެން އުފުލަންޖެހޭ ޒިންމާއެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުޝާހިދު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރި މިއަހަރުގެ ކުޑަކުދިންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓް ފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ އެކުދިންގެ ހެދިބޮޑުވުމަށް ކޮންމެ ދުވަހަކުމެ ބެލެނިވެރިން ރައްކާތެރިވާން ޖެހޭނޭ ކަމަށެވެ. ”ކުޑަކުދިންނަކީ މާދަމާ މި ގައުމުގެ ލީޑަރުން. އުފާވެރި، ރައްކާތެރި، ދުޅަހެޔޮ މާހައުލެއް އެކުދިންނަށް ހޯދައިދިނުމަކީ އަޅުގަނޑުމެން އެންމެންގެ […]

އިންޑިއާއާއި ޕާކިސްތާނުން ހަމަލަތައް ހުއްޓާލައިފި

އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވަނީ އިންޑިއާއާއި، ޕާކިސްތާނުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ ކަމަށެވެ. އަދި ޕާކިސްތާނުން އިންޑިއާއަށް ފޯނުން ގުޅައި ހަމަލާތައް ހުއްޓާލަން ބޭނުން ކަމަށް ބުނެފި ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީވެސް މިހާރުވަނީ ވިދާޅުވެފައެވެ. ދެ ގައުމުންވެސް މިހާރު ވަނީ ހަމަލާތައް ހުއްޓާލަން އެއްބަސްވެފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިއުލާން ކުރައްވައި ފޮރިން ސެކްރެޓަރީ އިތުރަށް ވިދާޅުވީ ”މި ވިސްނުން ތަންފީޒު ކުރުމަށް ދެފަރާތަށް ވެސް އިރުޝާދު ދީފައިވޭ. މެއި […]

ކަރަންޓު ބިލްތަކަށްވީ ގޮތް ސްޓެލްކޯއިން ކިޔައިދީފި

މާރިޗު މަހާއި އެޕްރީލްމަހުގެ ކަރަންޓު ބިލަށްވީގޮތް ސްޓެލްކޯއިން ކިޔައިދީފިއެވެ. ކަރަންޓު ކުންފުނީން މިއަދު ބުނީ މިއަހަރުގެ މާރިޗު މަހުގެ (ރަމަޟާން މަހުގެ) ކަރަންޓުބިލަށް ޑިސްކައުންޓު ދީފައިވާނޭ ކަމަށެވެ. ހަމަ ފަދައިން އެޕްރީލް މަހުގެ ކަރަންޓުބިލަށްވެސް ވަނީ ޑިސްކައުންޓު ދީފައި ކަމަށެވެ. ”މާރިޗު މަހުގެ (ރަމަޟާން މަހުގެ) ދުވަސްތައް ނިމުމަށްފަހު، އޭޕްރީލްމަހުގެ ބިލްތަކުންވެސް މިއަހަރު ޑިސްކައުންޓެއް ދެވިފައިވަނީ، އޭޕްރީލް މަހަކީ ހޫނު ގަދަވުމުގެ ސަބަބުން ޢާއްމުކޮށް ކަރަންޓުބިލުތައް ވަރަށް ބޮޑުވާ މަހަކަށްވާތީ، ރައްޔިތުންނަށް އިތުރު ލުޔެއް އޭޕްރީލް މަހުވެސް […]

ޕާކިސްތާނުގައި ތިބި ދިވެހީންގެ ހާލު މިދަނީ ބަލަމުން: ޚާރިޖިއްޔާ

ޕާކިސްތާންގެ އެކި ސަރަހައްދުތަކުގައި ކިޔަވަމުންގެންދާ ދިވެހި ދަރިވަރުންގެ ހާލު ބަލަމުންދާ ކަމަށް ދިވެހި ޚާރިޖިއްޔާއިން ވިދާޅުވެއްޖެއެވެ. ވުޒާރާގެ އިތުރުން ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވެސް އެކުދިންގެ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށް ވިދާޅުވެފައިވެއެވެ. މިވަގުތު އެގައުމުގައި ތިބި ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ޚާރިޖީ މުވާޒާއިން ވިދާޅުވެފައިވެއެވެ. މިގޮތުން، ޕާކިސްތާނުގެ މަޝްރަހު މިހާރަށްވުރެން ގޯސްވާނަމަ، ޕާކިސްތާނުގައި ތިބި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ވެސް ވަނީ […]