މާލޭ ސަރަހައްދަށް ކޭޓަރ ކުރެވޭވަރު އެބަހުރު: ސްޓެލްކޯ

ގްރޭޓާ މާލޭ ސަރަހައްދަށް ކޭޓަރ ކުރެވޭ ވަރަށް ޖަނަރޭޝަން ކެޕޭސިޓީ އެބަހުރި ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ. އަދި އެކުންފުނިން ވަނީ އެކަމުގެ ޔަގީންކަން ވެސް ދީފައެވެ. މިހާރު ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލައިގެން ކުރިއަށް ގެންދާ މަސައްކަތްތަކަކީ ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރުމަށް އާންމުކޮށް ފެންނަހެން ކުރަމުންގެންދާ މަސައްކަތްތަކެއް ކަމަށްވެސް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ. މާލޭ ޕަވަރހައުސްގެ އޮޕަރޭޝަން ކުރިއަށްދާ ގޮތް ބަލާލަން ބޭނުންވާ ނޫސްވެރިންނަށް ސްޓެލްކޯއިން ވަނީ އެފުރުސަތު ވެސް ހުޅުވާލައިފައެވެ. ސްޓެލްކޯއިން މިގެން ވިދާޚުވީ އޭޕްރީލް […]

ނަރުހުންނަކީ ސއްހީ ޚިދުމަތުގެ މައިބަދަ: ޢާޒިމް

ނަރުހުންނަކީ ޞިއްޙީ ޚިދުމަތުގެ ދާއިރާގެ މައިބަދަ ކަމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. މޭޔަރ ޢާޒިމް މި ފަދައިން ވިދާޅުވީ، ބައިނަލްއަޤްވާމީ ގޮތުން މި އަދު ފާހަގަ ކުރަމުން އަންނަ ނަރުހުންގެ ދުވަހާ ގުޅިގެން، އެ މަނިކުފާނުގެ އަމިއްލަފުޅު ސޯޝަލް މީޑިއާގެ އެކައުންޓްތަކުގައި ޙިއްޞާ ކުރެއްވި ފޯސްޓެއްގައެވެ. މޭޔަރ ޢާޒިމް ވިދާޅުވީ، ފަރުވާއެއް ހޯދަންދާ ބަލިމީހާއަށް އެންމެ ފުރަތަމަ ފެށޭ ފަރުވާއަކީ ނަރުހުންގެ އޯގާތެރި ފިރުމުންތަކުންނާއި ވާހަކަ ދެއްކުމުގައި ބޭނުންކުރާ އޯގާތެރި ބަސްތަކުން ފެށިގެންދާ […]

ފަޅު ބޭނުންކުރާ ފާރާތްތައް ކައުންސިލުގައި ރަޖިސްޓްރީ ކުރަން އަންގައި

މާލޭގެ އުތުރު ފަރާތު، ލޯކަލް މާރުކޭޓު ސަރަހައްދުގެ ފަޅު ބޭނުންކުރާ އުޅަނދުފަހަރު، މާލެ ސިޓީ ކައުންސިލްގައި ރަޖިސްޓްރީ ކުރުމަށް އެ ކައުންސިލުން އަންގައިފިއެވެ. އެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ބަދަލު ގެނައީ، ފަޅު ބޭނުންކުރާ އުޅަނދުފަހަރަށް އެ ސަރަހައްދަށް ވަދެ ނުކުތުމުގައާއި، ސަރަހައްދުން ޚިދުމަތް ހޯދުމުގައި ދިމާވަމުންދާ ދަތިކަމަށް ހައްލެއް ގެނެސް ލުއިފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް ކަމަށެވެ. މިބަދަލުތަކާ ގުޅިގެން، ލޯކަލް މާރުކޭޓުގެ ހުޅަނގު ކަނުން ފެށިގެން ކެނދި ގަސް ހިނގުމުގެ އިރުމަތީ […]

މަދަދާއަށް ފުރައްސާރަ ކުރުން ކުށްވެރި ކޮށްފި

ސަންގު ޓީވީގެ ނޫސްވެރިޔާ މަދަދާއަށް، ޕީއެންއެފްގެ ބައްދަލުވުމެއްގައި ފުރައްސާރަ ކުރި މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ކުށްވެރި ކޮށްފިއެވެ. މަދަދާއަށް ފުރައްސާރަކޮށް ވާހަކަ ދެއްކެވި އިރު ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ކުރީގެ  ނާއިބު ރައީސް މުހައްމަދު ޖަމީލާއި، ކުރީގެ ސީޕީ ހުސައިން ވަހީދު އިންނެވިއެވެ. އަދި އެބޭފުޅުންވެސް އެކަމުގައި ބައިވެރިވެ ޖޯކު ޖަހާފައިވެއެވެ. މަދަދާގެ ވަރަށް އަމިއްލަ ކަންކަމަށް ވެސް މި ”އިއްޒަތްތެރި ބޭފުޅުން“ ވަނީ ފުރައްސާރަކޮށްފައެވެ. މިކަމާ ގުޅިގެން ވަރަށް ގިނަ […]

ޚާރިޖީ ވަޒީރު ކުވެއިތަށް

ކުވޭތުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޢަލީ އަލް ޔަހްޔާގެ ދަޢުވަކަށް ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުالله ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ކުވޭތަށް ވަޑައިގަތުމުން ކުވެއިތުގެ ޚާރިޖީ ވަޒީރު ޑރ. ކަލީލަށް މަރުހަބާ ވިދާޅުވެއްޖެއެވެ. ފޮރިން މިނިސްޓަރ ޚަލީލުގެ މިދަތުރުފުޅުގައި ކުވެއިތުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި ކުވޭތާ ދެމެދު އުފެދިފައިވާ ޒަމާންވީ އަޙްވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ދެޤައުމުގެ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ […]

”މޯލްޑިވްސް 2.0″ގެ ނިންމުންތައް ތަންފީޒު ކުރުމުގެ މަސައްކަތް ފަށައިފި

”މޯލްޑިވްސް 2.0″ގެ ނަމުގައި ހިންގި ސަމިޓް ނިމުމާ އެކު ސަމިޓުން ނިންމި ކަންކަން ހާސިލްކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފައިވާ ކަމަށް ހޯމްލޭންޑު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ. ”މޯލްޑިވްސް 2.0“ ސަމިޓުގައި ނިމިގެންދިޔަ މުހިންމު ނިންމުންތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ޤައުމީ ޑިޖިޓަލް ޓްރާންސްފޮމޭޝަަން އިޤުރާރުގައިވާ ކަންކަން ހާސިލްކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތައް މިއަދު ފަށާފައިވާކަން ސްޓޭޓް ފާހަގަކުރެއްވިއެވެ. ”ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް“ އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ […]

ބަޖެޓު ސަޕޯޓަށް އިންޑިއާގެ އެހީ

އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ބަޖެޓު ސަޕޯޓެއްގެ ގޮތުގައި 50 މިލިއަން ޑޮލަރު ދީފިއެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ އެހީ ދީފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުމުގެ މުއްދަތު، 12 މެއި 2025 އިން ފެށިގެން އިތުރު އަހަރަކަށް އިތުރުކޮށްދީގެން ކަމަށެވެ. މި ދީލަތި އެހީއިން އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ރަހުމަތްތެރިކަމުގެ ގުޅުން ހާމަކޮށްދޭ ކަމަށް ވެސް […]

މި ސަރުކާރުން ނަރުހުން ގެ އަގު، ވަޒަން ކުރާނެ

ވަރުބަލިވުމެއް ފޫހިކަމެއްނެތި ނަރުހުން އަދާކުރާ ބޮޑު މަސްއޫލިއްޔަތުގެ އަގު، މީގެ ކުރީގެ އެހެން އެއްވެސް ދުވަސްވަރެއްގައި ވަޒަން ނުކުރާ މިންވަރަށް މި ސަރުކާރުން ވަޒަން ކުރާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނަރުހުންގެ ދުވަހާގުޅިގެން ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. އެމަނިކުފާނުގެ ވާހަކަފުޅު މިމޭރުމުން ކުރިއަށްގެންދަވަމުން، މި ސަރުކާރުން ނަރުހުންގެ އަޑު އަހައި އިޖާބަދޭނެކަމުގައި ވިދާޅުވެފައިވެއެވެ. އަދި ނަރުހުންނަށް ފައިދާ ހުރި އެތައްކަމެއް، އިސްކަންދީގެން، މި ސަރުކާރުން ފަހިކޮށްދޭނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. ނަރުހުންގެ […]

ޖަޕާނު ސަފީރު ކުޅުދުއްފުށީ ސިޓީގައި

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިޝިގާމީ ރުމީކޯ ކުޅުދުއްފުށީ ސިޓީއަށް ޒިޔާރަތްކުރައްވައި، ސިޓީ ކައުންސިލާ ބައްދަލުކުރައްވައި، އަދި އެ ސިޓީގެ ބައެއް މުހިންމު ތަންތަނަށް ޒިޔާރަތްކުރައްވައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، ސަފީރުގެ މި ދަތުރުފުޅުގައި އެކަމަނާ ވަނީ ސިޓީ ކައުންސިލާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން، ސިޓީގެ ރަށްވެހި އާސާރު، މާފަލު ފެންގަނޑު، އަދި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޒިޔާރަތްކުރައްވައި، މި ތަންތަނުގެ ކަންކަން ދިރާސާކުރައްވާފައިވެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުގައި ބޭއްވުނު ބައްދަލުވުމުގައި، […]

ޗައިނާ ނުފޫޒު ފޯރުވާތަ؟

ޗައިނާ އިން ދުނިޔޭގެ ނިޒާމުތަކަށް ނުފޫޒު ފޯރުވުމަށް ގެންގުޅޭ ސްޓްރެޓެޖީ ގެ ސަބަބުން ސިޔާސީ ނިޒާމުތަކަށް ގޮންޖެހުންތައް ކުރިމަތިވާ ކަމުގެ އިންޒާރުތައް ދީފިއެވެ. ޗައިނާގެ ކޮމިއުނިސްޓް ޕާޓީއިން ދަނީ ދުނިޔޭގައި ޗައިނާގެ ނުފޫޒު ވަރުގަދަ ކުރުމަށް އޮޕަރޭޝަންތައް ހިންގައި، ޑިޕްލޮމެސީ، ޕްރޮޕެގެންޑާ، ވިޔަފާރި، އަދި ބޭރުގެ ސިޔާސީ މާހައުލު، އެ ޕާޓީގެ ފައިދާއަށްޓަކައި އަލުން ބައްޓަން ކުރަމުންނެވެ. 2000 ގެ އަހަރުތަކުން ފެށިގެން ވިޔަފާރިއާއި ޓެކްނޮލޮޖީ އަދި ޖިއޮޕޮލިޓިކަލް ފައިދާތައް ހޯދުމަށް ބެއިޖިން އިން ވަނީ ސްޓްރެޓެޖިކް […]