ކުވައިތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކޮށްފި

ދިވެހިރާއްޖެއާއި ކުވޭތާ ދެމެދު އުފެދިފައިވާ ޒަމާންވީ އަޚްވަންތަ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމަށް ދެގައުމުން މަޝްވަރާ ކޮށްފިއެވެ. މި މަޝްވަރާ ކޮށްފައިވަނީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް މިހާރު ކުވޭތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ކުވޭތުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޢަލީ އަލް ޔަހްޔާ އެކު ބޭއްވި ބައްދަލުވުމުގައެވެ. ގުޅުން އިތުރަށް ބަދަހި ކުރަން މަޝްވަރާ ކޮށްފައިވާ ދާއިރާތަކަކީ އިޤްތިޞާދީ ރޮނގުންނާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިންނެވެ. އޭގެ އިތުރުން ސިއްހީ ނިޒާމް […]
ހެލްތު މިނިސްޓަރަށް މަޝްވަރާދޭ ކޮމިޓީގެ ބައްދަލުވުން ބާއްވައިފި

އާއްމު ޞިއްހަތާއި ގުޅޭ ކަންކަމުގައި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމަށް މަޝްވަރާދޭ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމެވެ. މި ކޮމެޓީގެ މަގުސަދަކީ އާއްމު ޞިއްހަތުގެ ހަރުދަނާ ސިޔާސަތުތަކާއި، ޕްރޮގްރާމްތަކާއި އިސްނެގުންތަކުގެ ތެރެއިން ރައްޔިތުންގެ ޞިއްހަތާއި ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި މަސައްކަތް ކުރުން ކަމަށްވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން އާއްމު ޞިއްހަތުގެ ސިޔާސަތުތައް އެކުލަވާލުމާއި […]
އިމިގްރޭޝަން ވޮޗަށް ފަނަރަސަތޭކައަށްވުރެ ގިނަމައްސަލަ

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް ޤާއިމުކުރި ”އިމިގްރޭޝަން ވޮޗް“އަށް މިހާތަނަށް 1507 އަށްވުރެ ގިނަ މައްސަލަ ހުށައަޅާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ”އިމިގްރޭޝަން ވޮޗް“އަށް މިހާތަނަށް 1507 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި މީގެ ތެރެއިން 976 މައްސަލައަކަށް އެޓެންޑްވެފައިވާ ކަމަށެވެ. އަދި 244 މައްސަލައެއް މިހާތަނަށް ވެރިފައިކުރެވިފައި ނުވާ ކަމަށާއި ނުބެލި އޮތީ 116 މައްސަލައެއްކަން އިމިގްރޭޝަނުން މައުލޫމާތު ދެއްވާފައިވެއެވެ. މީގެއިތުރުން އެ އިދާރާއާއި ގުޅުންނެތް […]
ބޮޑަށް ފޯކަސްކުރާނީ އެންމެ އުހުގައި ހުންނަ މީހާއަށް: އިހްސާން

މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް އެންމެ ބޮޑަށް ފޯކަސްކުރާނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި އެތެރެކުރުމުގެ އެންމެ އުހުގައި ހުންނަ މީހާއަށް ކަމަށް ހޯމްލޭންޑު މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. އަހާ ފޯރަމްގައި ރޭ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ އެންމެ ބޮޑުވެފައިވާ މައްސަލަ ކަމަށާއި މިދިޔަ 18 މަސް ދުވަހުގެ ތެރޭގައި 700 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. ”އެއީ މަގުމަތީގެ އަގުން ދަންނަވާ ކަމަށްވާނަމަ 1.4 ބިލިޔަން ރުފިޔާގެ މަސްތުވާތަކެތި. އޭގެ އިތުރުން […]