”ޗާލު މާލެ“ ކެމްޕެއިންގެ އެމްބެސެޑަރަކަށް ”ޓޫ އޮފް އަސް“

މާލެ ސިޓީ ސާފު ތާހިރުކޮށް ބޭއްވުމަށް، އެ ސިޓީ ކައުންސިލުން ހިންގާ ”ޗާލު މާލެ“ ކެމްޕެއިންގެ އެމްބެސެޑަރަކަށް ”ޓޫ އޮފް އަސް“ ބޭންޑް ހަމަޖެއްސުމަށް، މާލެ ސިޓީ ކައުންސިލުން ބުދަ ދުވަހު ފާސްކޮށްފިއެވެ. މިނިންމުން ފާސްކޮށްފައި ވަނީ، ބުދަ ދުވަހު ބޭއްވި، މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 194 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ކަމަށް ކައުންސިލް އިދާރާއިން ވަނީ ވިދާޅުވެފައެވެ. މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެ ސިޓީ […]

ޓެރަރިސްޓް ހަމަލާދިން މީހުން ޗައިނާގެ ޓެކްނޮލޮޖީ ބޭނުންކުރި: ދަ ވީކް

ޖައްމޫ އަދި ކަޝްމީރުގެ ޕަހަލްގާމްގެ ބޭތާބް ވާދީގައި ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަކާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވެއެވެ. މި ހަމަލާގެ ސަބަބުން ލައިން އޮފް ކޮންޓްރޯލްގައި ކޮންމެ ދުވަހަކުވެސް ބަޑިޖެހުމުގެ ހާދިސާތައް ހިނގަމުންދެއެވެ. މިކަމުގެ ސަބަބުން އެ ސަރަޙައްދު އިތުރަށް ހަލަބޮލިވެފައިވެއެވެ. ޖައްމޫ އަދި ކަޝްމީރަކީ ދިގު މުއްދަތެއް ވަންދެން މައްސަލަ އުފެދިފައިވާ ސަރަޙައްދެއް ކަމުގައިވާތީ، ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ އަވަށްޓެރި މި ދެ ޤައުމުގެ ދެމެދުގައި ފިތުނަވެރިކަން އިތުރުވަމުން […]

އެއްވެސް ނުފޫޒަކަށް ބޯލަނބައިފައި ނުވާނެ: މަހާޒު

ސުޕްރީމް ކޯޓުގައި ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހާ ކަމަށް މިއަދު މަގާމުން ވަކިކުރި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގައި ކުރި ހުރިހާ މަސައްކަތެއް ކޮށްފައިވާނީ ކުރާ ހިތުން ކަމަށެވެ. ”ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މި ހިސާބަށް އާދެވުމުން އުފާކުރަން،“ މަހާޒު ވިދާޅުވެފައިވެއެވެ. ﷲގެ އިރާދަފުޅާއެކު ކުރިއަށްއޮތީ މާއުފާވެރި ދުވަސްތަކެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ”ކީރިތި الله އިރާދަ […]

މޫނަކަށް ކަނދުރާއަކަށް ނުބަލާ ދެ ފަނޑިޔާރުން ވަކިކޮށްފި

ސުޕްރީމްކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފޮއެވެ. އެދެބޭފުޅުން މަގާމުން ވަކި ކުރީ ޖަވާބުދާރީވުމުގެ ފުރުސަތެއް ވެސް ނުދީއެވެ. އެ ބޭފުޅުން ވަކިކުރުމުގެ މަސައްކަތް ކުރިއަށްދިޔައިރު ރާއްޖެއާއި ރާއްޖެއިން ބާރުން ދިޔައީ އެބޭފުޅުން ވަކިކުރާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ކައުންސެލަރ ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ މިމައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ ވިދާޅުވެފައިވަނީ ޖޭއެސްސީން މިމައްސަލަ ނިންމާފައިވަނީ ގާނޫނާ ޚިލާފަށް […]