ޕާކިސްތާނުން ފޮޓޯއެއް ބަދަލު ކުރިކަމުގެ ތުހުމަތު

ޕާކިސްތާނުގެ ކަނޑުސިފައިން ވަނީ ޑިޖިޓަލީ ބަދަލުކޮށްފައިވާ، ކުރީގެ ފޮޓޯއެއް ބޭނުންކޮށްގެން އިންޑިއާއާއެކު އުޅޭ ހަމަޖުހެނުމުގެ ތެރޭގައި އަވަހަށް ޕާކިސްތާނަށް ރައްދު ދެވުނު ކަމަށް ބުނެ، ދޮގު ދަޢުވާއެއް ކޮށްފައެވެ. 13 މެއިގައި، ނޫސްވެރިންނާ ބައްދަލުކުރުމެއްގައި، ވާހަކަ ދައްކަވަމުން ވައިސް އެޑްމިރަލް ރާޖާ ރަބް ނަވާޒް ދެއްކި ފޮޓޯއެއްގައި ހަނގުރާމައިގެ އުޅަނދުތަކާއި، ސެބްމެރިން އުޅަނދެއް، އަދި މަތިންދާބޯޓުތަކެއް ޚިދުމަތުގައި އުޅޭ ތަން ދައްކުވައިދެއެވެ. ނަމަވެސް، އިންޑިއާ ޓުޑޭގައި ޝާއިއުކޮށްފައިވާ ތަޙުޤީޤުން ހާމަވީ މި ފޮޓޯއަކީ 2023 ވަނަ އަހަރު […]
އިންޑިއާ ބޭރުގައި ތިބެގެންވެސް އަސްކަރީ އޮޕަރޭޝަނަށް ހިތްވަރުދިން

ބޭރުގައި އުޅޭ އިންޑިއާ މީހުންވެސް ވަނީ އިންޑިއާ އިން ހިންގި ހަރަކާތްތަކަށް ސަޕޯޓުކޮށް އަޑު އުފުލާފައެވެ. އިޓަލީގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުން ވަނީ ރޯމްގެ ޕިއާޒާ ސެއިންތް އެޕޯސްޓޮލީގައި ސުލްޙަވެރި އެއްވުމެއް ބާއްވައި އިހުތިޖާޖު ކޮށްފައެވެ. އެމީހުން ވަނީ 22 އޭޕްރިލްގައި ކަޝްމީރުގެ ޕަހަލްގާމްގައި ހިނގި ޓެރަރިސްޓު ހަމަލާ ވެސް ކުށްވެރި ކޮށްފައެވެ. ބައިވެރިން ބުނީ ހަމަލަ ދިން ދ ރެސިސްޓަންސް ފްރަންޓް އިން ހިންގި ގަތުލުއާންމަށް އެމީހުން ދެކޮޅު ހަދާކަމަށެވެ. ޔޫރަޕިއަން ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި […]
އިންޑިއާއިން ޕާކިސްތާންގެ މަރުކަޒުތަކަށް ގެއްލުންތައް ދިން

ސެޓެލައިޓް ފޮޓޯ ނަގައިދޭ މެކްސަރ އަދި މީޒަރވިޝަންގެ ސެޓެލައިޓް މަންޒަރުތަކުން ދައްކާގޮތުގައި ޕާކިސްތާންގޖެކޮބްއާބާދުގެ ޝަހްބާޒް އެއަރ ބޭސްއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މި ހަމަލާތަކުގައި އިންޑިއާއިން ވަނީ ބްރަހްމޯސް ކްރޫޒް މިސައިލްތައް ފަދަ އަމާޒަށް ހަމަލަދޭ ޕްރެސިޝަން ހަތިޔާރުތައް ބޭނުންކޮށްފަ އެވެ. ބޭތާބް ވާދީގައި ދިން ޓެރަރިސްޓް ހަމަލައަށް ރައްދެއްގެ ގޮތުގައި އިންޑިއާގެ ވައިގެ ސިފައިން 10 މެއި ގައި ”އޮޕަރޭޝަން ސިންދޫރު“ ފެށިއެވެ. މި އޮޕަރޭޝަންގައި ޕާކިސްތާން ވައިގެ ސިފައިން ގެ ޑަޒަނަކަށްވުރެ ގިނަ ބޭސްތަކަށް […]
ސިފައިންގެ ކޮންމެ މަސައްކަތަކުން ހާމަވަނީ ރައްޔިތުންނަށް އޮންނަ ލޯބި: ރައީސް

މޯލްޑިވްސް ބްލަޑް ސަރވިސަސް، ”އޮރެންޖު ހިޔާ“ އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ކުރި ސިފައިންނާ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ސިފައިންނާ މުޚާޠަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ މި މަސައްކަތްކޮށްދެއްވި ސިފައިންނަށް ޝުކުރު އަދާކުރައްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހި ސިފައިންނަކީ، ގައުމު އެދި ގޮވާލާ ކޮންމެ ކަމެއްގައި، ފަސްޖެހުމެއްނެތި، ހުޝިޔާރުކަމާއި، ޝައުޤުވެރިކަމާ އެކީގައި މަސައްކަތްކުރާ ބައެއްކަމަށެވެ. ސިފައިންނާ ހަވާލުކުރައްވާ […]
ރައުދަށް ދުލެއް ދިނުމުގެ ވިސްނުމެއް ފުލުހުންގެ އަދިނެތް

އެޕްރީލް އަށާރަވަނަދުވަހު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނިފައިވާ ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ފުލުހުންގެ ބަންދުގައި މިހާރު ހުރި ރައުދު އަހުމަދު ޒިލާލް ދޫކޮށްލުމުގެ ވިސްނުމެއް ފުލުހުން އަދި ނުގެންގުޅޭކަން ކަށަވަރު ވެއްޖެއެވެ. މިކަން ކަށަވަރު ވެފައިވަނީ އޭނާގެ ބަންދުގެ މުއްދަތު ހަތަރުވަނަ ފަހަރަށް މިއަދު އިތުރު ކުރުމުންނެވެ. މިއަދު އިތުރުކުރި މުއްދަތު އެހެން ފަހަރުތަކަށްވުރެ ގިނަވެސް މެއެވެ. މިފަހަރު އެ ޖަހައިދިނީ ވިހި ދުވަހެވެ. މީގެ ކުރިން ޖަހައިދީފައިވަނީ ފަސް ދުވަހެވެ. އެފަހުން ދިހަ […]
ހެނބަދުއާއި ކުޑަފަރީގައި އޭޓީއެމް ޚިދުމަތް ފަށައިފި

ނ.ހެނބަދުއާއި، އެއަތޮޅު ކުޑަފަރީގައި އެޓީއެމް މެޝިން ބަހައްޓައި ޚިދުމަތް ދޭން ފަށައިފިއެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ މިއީ މި ދެރަށުގެ ރައްޔިތުންނަށް އޭޓީއެމްގެ ޚިދުމަތް ރަށުންލިބޭނެގޮތް ހައްދަވައިދެއްވުމަށް ރައީސް ޑރ. މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ފުއްދެވުން ކަމަށެވެ. އެ ”ވަޢުދު މިއަދުމިވަނީ ފުއްދިފައި،“ މިނިސްޓަރ ވިދާޅުވެފައިވެއެވެ. ރައްޔިތުންނާ ގާތުން ބޭންކިންގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ރަށުގައި ދިރިއުޅޭ ފަރާތްތަކާއި ވިޔަފާރިވެރިންނަށް ލިބިގެންދާ ބޮޑުލުޔެއް ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ”މިކަމަށް […]
ދީން އެންމެބޮޑު އިސްކަމެއްދެނީ އާއިލީ ގުޅުން ހަރުދަނާ ކުރަން: ރައީސް

މާތްވެގެންވާ އިސްލާމްދީން އެންމެ ބޮޑު އިސްކަމެއް ދެނީ ޢާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އާއިލާތަކުގެ ބައިނަލް އަގުވާމީ ދުވަހާ ގުޅިގެން އެކްސްގައި އެމަނިކުފާނު ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ”ޢާއިލާތަކުގެ ބައިނަލްއަޤްވާމީ ދުވަހު، ދިވެހި ކޮންމެ ޢާއިލާއަކަށް އަޅުގަނޑު އެދެނީ ފަހިކަމާއި ފާގަތިކަމަށް،“ ކަމަށެވެ. ރައީސް ވިދަޅުވެފައިވަނީ ދިވެހި ޢާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ޤައުމުގެ ކުރިއެރުން ހަލުއިވެ، ކުރިމަގު އުޖާލާ ވާނޭ ކަމަށެވެ. […]
މަގު ހުރަސްކުރި އަންހެނެއްގެ ގައިގައިޖެހި މީހެއްގެ ކޮނޑުހުޅު ބިނދިއްޖެ

ކުޑަކުއްޖަކު އުރައިގެން މަގުހުރަސް ކުރަން އުޅުނު އަންހެނެއްގެ ގައިގައި ސައިކަލަކުންޖެހި ތިން މީހުންނަށް ވެސް އަނިޔާވެއްޖެއެވެ. މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 9.23 އެހައިކަންހާއިރު ހުޅުމާލޭ ނިރޮޅުމަގުގައެވެ. ސައިކަލުން ޖެހުމާއެކު އެ އަންހެން މީހާ ވެއްޓުނީއެވެ. އޭނާ ނެގީ އެވަގުތު އެމަގުން ދަތުރުކުރި އާންމުގެ މީހުންނެވެ. މިހާދިސާގައި ސައިކަލު ދުއްވި މީހާގެ ވާތު ކޮނޑުހުޅު ވަނީ ބިންދައިގެން ގޮސްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އަންހެން މީހާގެ ކާނާތު ފައިތިލަ މަތިން މަށައިގެން ގޮސްފައިވާ ކަމަށް ވެސް […]
ބްރިޖް ނުބެލެހެއްޓޭ ނަމަ ކައުންސިލާ ހަވާލުކޮށްދެއްވާ: ސައިފު

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ނުބެލެހެއްޓޭ ނަމަ ”ސިނަމާލެ ބްރިޖް“ މާލެ ސިޓީ ކައުންސިލާ ހަވާލު ކުރުމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިހު ގޮވާލައިފި ކަމަށް ސޓީކައުންސިލުން ބުނެފިއެވެ. ސިނަމާލެ ބްރިޖް މިހާރު ބަލަހައްޓަމުން އަންނަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ. ބްރިޖު މާލޭސިޓީ ކައުންސިލާ ހަވާލުކުރުމަށް ސައިފް ގޮވާލެއްވީ ބުދަ ދުވަހު ބޭއްވި، މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 194 ވަނަ ޖަލްސާގައި ކަމަށް ސިޓީކައުންސިލުން ވަނީ ބުނެފައެވެ. […]
ފަނޑިޔާރުން ވަކިކުރީ ސަރުކާރާއެކު ޑީލް ނުހަދާނޭތީ: އުމަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ކުރިން ތިއްބެވި ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރުމުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރި ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ. އުމަރު ވިދާޅުވެފައިވަނީ އަޒްމިރަލްދާއާއި، މަހާޒު ވަކިކުރީ ސަރުކާރާއެކު ޑީލް ނުހަދާނެކަން ސަރުކާރަށް ކަށަވަރުވުމުން ކަމަށެވެ. ”މިއަދު މި ބޭފުޅުން ފަޑިޔާރު ކަމުން ވަކިކުރެވުނީ ސަރުކާރާ އެކު ޑީލް ނުހަދާ، އިންސާފާއި ހަމަ ހިފަހައްޓާނެ ކަން ސަރުކާރަށް ކަށަވަރު ވުމުން،“ އުމަރު ވިދާޅުވިއެވެ. އިއްޔެ […]
